Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 އެޕްރީލު 2025 | ހޮނިހިރު 06:03
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރައްވާ ކަމަށް އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މެމްބަރު އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަޑު ފެތުރިފައިވާ ގޮތުގައި މި ގޮތަށް ރައީސް އެދިވަޑައިގެންފައި ވަނީ މުލިއާގޭގައި މެމްބަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ. އަދި މިއާއި އެކު އެމަނިކުފާނުގެ މި ވިސްނުންފުޅަށް ގިނަ ބައަކު އަންނަނީ ނުރުހުންވެ، ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އެގޮތުން އެމްޑީއޭއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާން ނިންމަވައިފިނަމަ އެކަމަށް ތާއީދު ނުކުރާނެ ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމުގެ ސިފަތައް ގެއްލޭނެ ގޮތަށް އަތޮޅު ކައުންސިލްތައް އުވާލަން ވެސް ތާއީދު ނުކުރައްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެން ނަމަވެސް އަބާދީގެ ނިސްބަތައް ބަލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ތާއީދުކުރައްވާ ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ހަދައި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ނަމަ ރައީސް މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ އެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްްގައި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެއީ ޤާނޫނުއަސާސީ އާއި ޚިލާފު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އާދައިގެ މެޖޯރިޓީ އަކުން ވެރިކަމަށް އާދެވޭނެ މަގު ފަހި ކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައަކާއި ޚިލާފުވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެއީ ޑިމޮކްރެޓިކް ނިޒާމާއި ވެސް ޚިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޑިމޮކްރެޓިކް ނިޒާމު ފުނޑާލަން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފުވާނެ ކަމެއް ކަމަށާއި އެއީ އަޒުލުކުރަން ޖެހޭ ވަރުގެ ކަމެއެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެކަން އާއްމުކޮށް އިޢުލާންކުރައްވާފައެވެ. އެކަން އެ މަނިކުފާނު ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭ ނަމަ އިންތިޚާބު ބާއްވާނީ އެއްބުރު އޮންނަ ގޮތަށް ކަމަށް ރައީސް ވަނީ އޭރު ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުމުހައްމަދު މުއިއްޒުމުހައްމަދު އައްބާސްވެލިދޫއަތޮޅު ކައުންސިލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު