Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިން މަޝްރޫއު

400 ހައުސިންގ ޔުނިޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ: ސަރުކާރު

14 އެޕްރީލު 2025 | ހޯމަ 09:45

މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފަރމްއެއް ހޮވުމުގެ މަރުހަލާ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އެޕްރީލު 2025 | ހޯމަ 09:45
ހައުސިން މަޝްރޫއު އިފްތިތާހް ކުރުން / 14.04.2025

ހައުސިން މަޝްރޫއު އިފްތިތާހް ކުރުން / 14.04.2025

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ލޯނު ފަންޑިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 އެފޯޑަބަލް ހައުސިންގ ޔުނިޓްގެ މަޝްރޫއު އިފްތިތާހް ކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ސައުދީ ފަންޑް، ސުލްތާން ބިން އަބްދުލްރަޙްމާން އަލް-މަރްޝަދް އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މުސާ ޒަމީރު ވަނީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ލޯނު ފަންޑިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 އެފޯޑަބަލް ހައުސިންގ ޔުނިޓްގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް 25 މިލިއަން ޑޮލަރުގެ ލޯނު އެހީވަނީ ދީފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފަރމްއެއް ހޮވުމުގެ މަރުހަލާއެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގެ އައު މަޝްރޫއެއްގެ އިފްތިތާހް ކުރިއިރު، ކުރީ ސަރުކާރުން ދޫކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް މިސަރުކާރުން ވަނީ ދޫނުކޮށް ހިފަހައްޓާފައެވެ. އަދި މިސަރުކާރުން އިވެލުއޭޝަން ހެދުމަށްފަހު އާއްމުކޮށްފައިވާ ލިސްޓުގައި 4،000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްބޯހިޔާވަހިކަންމުހައްމަދު މުއިއްޒުސުލްތާން ބިން އަބްދުލްރަޙްމާން އަލް-މަރްޝަދްފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2025

ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

08 ސެޕްޓެމްބަރު 2025
ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
11 ޖުލައި 2025

އިންޑިއާ އައުޓް ކެމްޕޭން ގައި އިސްކޮށް އުޅުއްވި ޚަލީލު، ބޭރު ގައުމުތަކާ ރާއްޖެ އިން އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތައް ވާހަކަ ނުދެއްކުމަށް ލެކްޗަރު ދެއްވުމަކީ ބޮޑު ޖޯކެއް!

11 ޖުލައި 2025
އިންޑިއާ އައުޓް ކެމްޕޭން ގައި އިސްކޮށް އުޅުއްވި ޚަލީލު، ބޭރު ގައުމުތަކާ ރާއްޖެ އިން އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތައް ވާހަކަ ނުދެއްކުމަށް ލެކްޗަރު ދެއްވުމަކީ ބޮޑު ޖޯކެއް!
02 ޖުލައި 2025

މި ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ކަމީނާކުރުމަށް މަސައްކަތް ކުރަމުން: ސަލީމް

02 ޖުލައި 2025
މި ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ކަމީނާކުރުމަށް މަސައްކަތް ކުރަމުން: ސަލީމް
07 ޖޫން 2025

ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅަށް ނުހިނގަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން: ވަހީދު

07 ޖޫން 2025
ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅަށް ނުހިނގަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން: ވަހީދު
05 މެއި 2025

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސް މުއިއްޒު: މެންބަރު ނާޒިލް

05 މެއި 2025
އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސް މުއިއްޒު: މެންބަރު ނާޒިލް
19 އެޕްރީލު 2025

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

19 އެޕްރީލު 2025
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
17 އެޕްރީލު 2025

ފަލަސްތީނާ އެއްކޮޅު މީހުންގެ "މަލާމާތް" ރައީސް މުއިއްޒަށް

17 އެޕްރީލު 2025
ފަލަސްތީނާ އެއްކޮޅު މީހުންގެ "މަލާމާތް" ރައީސް މުއިއްޒަށް
15 އެޕްރީލު 2025

ސުޕްރީމް ކޯޓުގެ ޝަރީއަތް ހުއްޓިވި މައްސަލަ އާއި ގުޅިގެން ޖަވާބުދާރީވާން ޔޫއެން އިން ސަރުކާރަށް އަންގައިފި

15 އެޕްރީލު 2025
ސުޕްރީމް ކޯޓުގެ ޝަރީއަތް ހުއްޓިވި މައްސަލަ އާއި ގުޅިގެން ޖަވާބުދާރީވާން ޔޫއެން އިން ސަރުކާރަށް އަންގައިފި
14 އެޕްރީލު 2025

ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

14 އެޕްރީލު 2025
ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް