Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަލަސްތީނާ އެއްކޮޅު މީހުންގެ "މަލާމާތް" ރައީސް މުއިއްޒަށް

އިސްރާއީލް ޕާސްޕޯޓް މަނާކުރެވުނީ ނަމެއްގައެވެ. އެކަމަކުން އިސްރާއީލް ސިފައިންނާއި ޚުދު ޖައްބާރު ނަތަންޔާހޫއަށްވެސް ރާއްޖެ އަންނާކަށް ހުރަހެއްނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 އެޕްރީލު 2025 | ބުރާސްފަތި 12:49
ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު އިސްރާއިލު ރައްޔިތުންނަށް ދެވަނަ ޕާސްޕޯޓް ދައްކައިގެން ރާއްޖެ އާދެވޭނެ

ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު އިސްރާއިލު ރައްޔިތުންނަށް ދެވަނަ ޕާސްޕޯޓް ދައްކައިގެން ރާއްޖެ އާދެވޭނެ

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތް ހެދުމާއެކު ޝުކުރުގެ ޖިޒީތައް ދިވެހިރާއްޖެއަށާއި ރައީސް މުއިއްޒަށް އޮހެން ފެށިއެވެ. ތައުރީފްގެ ބަސްތައް އިންތިހާއަށް ލިބުނެވެ. ސަރުކާރުން ފައިސާ ދީގެން ގެންގުޅޭ ސޯޝަލް މީޑިޔާ ކުދިންކޮޅާ ގައުމީ ޓީވީންވެސް ދެނެކާ ދެނެއް ނެތެވެ. ރައީސް މުއިއްޒުގެ ހިތްވަރުފުޅާއި ކުޅަދާނަފުޅާއި ހިކުމަތުފުޅު ގަދަކަމުގެ ވާހަކައެވެ. އެމަނިކުފާނު ފަލަސްތީނަށްޓަކައި ކުރައްވާ ބުރަމަސައްކަތްޕުޅާއި ފަލަސްތީނަށްޓަކައި ކުރައްވާ ޖިހާދުފުޅުގެ ވާހަކައެވެ. އެމަނިކުފާނުގެ އެހުރިހާފުޅުތަކާއެކު މުޅިދުނިޔެއަށްވެސް ބަތޮލަކަށް ވެވަޑައިގެންނެވި ވާހަކައެވެ. އެހެންގައުމުތަކަށް ނަމޫނާއަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ވާހަކައެވެ.

މަވެސް އެރޭ ނިދީ ވަރަށް އުފަލުންނެވެ. އަހަރެންވެސް ނިސްބަތްވާ ޤައުމެއްގެ ރައީސަކަށް އެވަރުގެ ޝަރަފެއް ލިބުނީތީއެވެ. ބޭރުދުނިޔެއިންވެސް އެހާވަރުގަދަ ތައުރީފެއް ކުރީތީއެވެ.

އީރާންގެ ރޫހާނީ ލީޑަރު ޢަލީ ޚާމަނާއީގެ ފޯނު ކޯލެއް އައީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށެވެ.

"ތިޔައީ ދެން ކޮން ކަމެއްހެއްޔެވެ. ތިޔަވަރަށް ތިޔަ ފޮންޏެއް ތިޔަކަނޑަނީ ކޮންބަޔަކަށް އޮޅުވާލަން ހެއްޔެވެ. ތިޔަގަންނަ ގަނޑު ނޭނގޭ މީހަކު އަހަރެމެންގެ ތެރެއަކު ނޫޅެއެވެ. ފަލަސްތީނަށް ހެޔޮއެދިގެން، މާ ފަލަސްތީނުވެގެން މެޑެއްޔެއް ޖަހަން ތިޔަކުރި ކަމެއްގެ ފޮރުވިފައިވާ ސިއްރު އަހަރެމެންނަށް އެނގެއެވެ. ތި ގައުމުގެ މީހުން އެގޮވާހެން ނޫނޭވާ ބަހުލޫލުކަން ބޮޑެވެ. ރައީސް މުއިއްޒު އެއްޗެއް ވިދާޅުވާން ފުރުސަތެއްވެސް ނުދީ ޚާމަނާއީ ގޮވާނެ އެއްޗެއް ގޮވާފައި ފޯނު ކަނޑާލިއެވެ.

އެފޯނު ނުބޭއްވެއެވެ. އަނެއްކާވެސް އެއައީ އަނެއް ކޯލެވެ. މިފަހަރު ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲއެވެ.

"އާން މޮޅު ކަމެއް ތިޔަކުރެވުނީ. މާދަމާ އިސްރާއީލުން ހަނގުރާމަ ހުއްޓާލާނެ. އެމީހުން އެކަން ނުކޮށް އެތިބީ ތިޔަކަމެއް ނުކޮށްގެން. ނޫނޭވާ ހީލަތްތެރި. ކައްޒާބޭ ގޮވަނީވެސް ހަމަ ގޮވަންވެގެން" އޭނާވެސް ކިޔާނެ އެއްޗެއް ކިޔާފައި ޕައްކިޔާފައި ފޯނު ޖެހީ ތިޔަގަންނަ ގަނޑު އެގޭ ކަމަށާއި ފޮރުވިފައިވާ ހަގީގަތް ނޯޅޭކަމަށް ބުނަމުންނެވެ.

ފޯނު ނިމުމާއެކު ރައީސަށް އެބުރި ވަޑައިނުގަނެވެއެވެ. އަނެއްކާ އަނެއް ކޯލެވެ. މިފަހަރު ޔަމަންގެ ޚޫތީންގެ ލީޑަރު އަބްދުލް މަލިކު އަލްހޫތީއެވެ.

"އަހަރެން ތިޔަކަންތައް ބަލައެއް ނުގަންނަން. ތިޔައީ އެހެން އެޖެންޑާއެއް. ތިޔަ ހިޔަޅުކަމެއް ނުފޮރުވޭނެ. އެމެރިކާ މީހުންނަކީ ޔަހޫދީން. އެމީހުންގެ ބާރުގަ އިސްރާއީލުން އެކަން އެކުރަނީ. ތިޔަތިބީ އެ އެމެރިކާއަށް ބައިއަތު ހިފައިގެން އެމީހުން ބުނިއްޔާ ބުނިހާކަމެއް ކުރަން. ތިޔަކުރިކަމަކީ އަޅުވާލި އަނދުނެއް" އޭނާވެސް ފޯނު ކަނޑާލީ ރައީސް އެއްޗެއް ވިދާޅުވާނެ ފުރުސަތުވެސް ނުދީއެވެ.

ރައީސް ވަރަށް ބޮޑަށް ހިތުގައި ޖެހިވަޑައިގެންނެވިއެވެ. ވަރަށް ދެރަފުޅުވިއެވެ. ރަނގަޅު ޕަބްލިސިޓީއެއް ހޯދަން އެހާމެ ރޭވުންތެރިކާއެކު އެހާ ރަނގަޅަށް އެކަން ކުރީމާވެސް ލިބުނު ރީތިނަމެއް ނުލިބުނީތީ ފެންކަޅިވިއެވެ. އެ މޮޅިވެރިކަމުގައި ރައީސް ފޯނު ނެންގެވިއެވެ. އަދި ޣައްޒާގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސްގެ ލީޑަރަކަށް ގުޅުއްވިއެވެ. ރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކުރި ވާހަކަ ވަރަށް ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ.

"އާން ދެން ތިކަންވެސް ފާޑަކަށް ތިޔަކުރެއްވީތާ. ޝުކުރު ދަންނަވަން ތިޔަކަމަށް. އެކަމަކު ތިޔަ ހުރިހާ ބާރެއް ލިބިފައި އޮވެމެ ތިޔަހާ ލަސްނުކޮށް ތިޔަކަން ކުރެއްވުނީސް ދެއްތޯ. އެއްކަލަ ގުނޫތުވެސް ހުއްޓާލިގޮތައް އަދިވެސް ފެށޭވަރެއް ނުވޭ ދެއްތޯ. އޭ އަދި އެއްވާހަކަ އެބައޮތޭ. ގާތްގަނޑަކަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް އިޒްރާއީލާ ދެކޮޅަށް މުޒާހަރާ ކުރިއިރު ތިކޮޅުގެ ހިލަމެއް ނުވީ އަނެއްކާ ކިހިނެއްވީބާ. ބަޔަކު ދެކޮޅުހެދީ ދެއްތޯ. އަޑުއެހިން އަމިއްލަ ބަޔަކު ފަހުން ރޭވި ވެހިކަލް ރެލީއަކަށްވެސް ބައިހަރު ބޯކަން ފެނިދާނެތީ ކާރުތައް ބައިވެރިކުރުން މަނަލޭ. އެމީހުން ބައިވެރިވާކަށް ފުރުސަތެއް ނުދިނޭ. އެމެރިކާއާ ސައުދީދެކެ ކުޑަކޮށް ޖެހިލުންވީ ދެއްތޯ" ވަރަށް ބިޒީއޭ ބުނެ އިތުރު އެއްޗެއް ބުނާން ފުރުސަތުވެސް ރައީސަށް ނުދީ ފޯނު ބޭއްވިއެވެ.

ހޭލެވުނީ އެހާހިސާބުންނެވެ. ނުތެދުވެ އެނދުގައި އޮވެ ވިސާނާލީ އެ ހުވަފެނަށެވެ. ހިތަށް އެރިއެވެ. އަނެއްކާ އެއީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ. ވިސްނާލެވުނެވެ. މީހުން ބުނެ އުޅެނީ ހުވަފެނަކީ ބިލާހެއް ކަމަށެވެ. އެކަމަކުވެސް ހިތަށް އެރިއެވެ. އެހުވަފެނުގައި އެވާގޮތައް ކަންނުވިއަސް އެފަދަ ހަގީގަތްތަކެއް ހުރެދާނެއެވެ. އިސްރާއީލް ޕާސްޕޯޓް މަނާކުރީ ބަރާބަރު 300 އަށްވުރެ ގިނަ ދުވަސް ކޮމެޓީގައި ބާއްވާފައެވެ. އެބިލު ހުށަހެޅިފަހުން ރެއަކާދުވާލުން ގާނޫން އަސާސީވެސް ބަދަލުކޮށްފިއެވެ. އެއްދުވަސްމަތިން ގާނޫން ހަދާ އެގާނޫންތައް ތަސްދީގްވެސް ކޮށްފިއެވެ. އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލް އޮތްގޮތައް ބާއްވާފައެވެ. އަމުދުން މުޅި ގައުމުގެ ޕްރެޝަރަށް ދެންވާ ކެތްނުކުރެވިގެން އެބިލް ފާސްކުރިއިރު އެފާސްކުރީ ބިލުގެ މަގްސަދާ މުޅިން ޚިލާފަށެވެ. އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި އިސްރާއީލް ސިފައިންނާ ޚުދު ޖައްބާރު ނަތަންޔާހޫއަށްވެސް ދަތިކަމެއްނެތި ރާއްޖެ އާދެވޭ ގޮތަށެވެ. ވަގުތުން ވަގުތައް އެބިލް ތަސްދީގް ކުރެއްވީ ފަލަސްތީނުގެ ތުއްތު ކުދީން ޝަހީދުކޮށް ލެޔާ ތަތްތެޅިގެން މި ރީތި ގޮނޑުދޮށްތަކުގައި އޮވެ އުފާފާޅުކޮށްލެވޭގޮތައް ފުރުސަތު ދީގެންނެވެ. ބޯތަޅުވާލެވި ހިތަށް އެރިއެވެ. އެހެންކަމަށްވާނަމަ މީގެ ކިތައްމެ ހުވަފެނެއްވެސް ފެނިދާނެއެވެ. އަދި ކުރިއަށް އޮތީއެވެ.

މުހައްމަދު މުއިއްޒުޢަލީ ޚަމަނާއީޙަސަން އަބްދުﷲއަބްދުލް މަލިކު އަލްހޫތީފަލަސްތީނުއިޒްރޭލްހަމާސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު