Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ މައްސަލަ

އާދިއްތަ ދުވަހު މަހާޒް އާއި އަޒްމިރާލްދާ ޖޭއެސްސީ އަށް ހާޒިރު ކުރަނީ

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އެޕްރީލު 2025 | ހޮނިހިރު 14:23
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)

ސަސްޕެންޝަންގައި ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށް ވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު އާދިއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

މި ދެ ބޭފުޅުން ޖޭއެސްސީ އަށް އާދިއްތަ ދުވަހު ހާޒިރު ކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އެ ދެ ފަނޑިޔާރުން ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ. މި ދެ ފަނޑިޔާރުން އާދިއްތަ ދުވަހު ހާޒިރު ކުރަނީ މި މައްސަލައިގެ ފަހު އަޑު އެހުމަށެވެ.

އަޒްމިރަލްދާ ޖޭއެސްސީ އަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ ހެނދުނު 10:00 އަށެވެ. ފަނޑިޔާރު މަހާޒް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު މެންދުރު 12:00އަށެވެ.

މި ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތަކީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބަލަމުން ދިޔަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ. މި މައްސަލަ އާއި ގުޅިގެން އަޒްމިރަލްދާ އާއި މަހާޒްގެ ބަޔާން ވަނީ ނަގާފައެވެ.

މި ދެ ފަނޑިޔާރުންގެ އިތުރު ސުލޫކީ މައްސަލަ އެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް މައްސަލަ އަކާއި ގުޅިގެން ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި އިރު އެތަނުގައި މި ދެފަނޑިޔާރުން ތިބި ކަމަށް ބުނާ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލަ ތާވަލުކޮށްފައި އޮއްވާ 3 ފަނޑިޔާރަކު ސަސްޕެންޑްކުރީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ވެސް ޖޭއެސްސީ އިން ހާމަކޮށްފައި ނުވެއެވެ. ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނަކަމަށް ބުނެފައިވާ އިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަކި މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު