ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 23:23
ގާސިމްގެ ކޯޓު ރޫމަށް ވެއްޓުނު ފަހުން ހޮސްޕިޓަލަށް ގެންދަނީ
ގާސިމްގެ ކޯޓު ރޫމަށް ވެއްޓުނު ފަހުން ހޮސްޕިޓަލަށް ގެންދަނީ
މުހައްމަދު ޝަރުހާން
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތުގެ އަޑު އެހުމެއް މިރެއަށް ތާވަލްކޮށްފި
 
އޭނާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން
 
ކޯޓު ތެރެއަށް މިއަދު ގާސިމް ވެއްޓުނު
 
ގާސިމްގެ ޝަރީއަތް މިއަދު މެންދުރަށް ތާވަލްކޮށްފައިވޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ޝަރީއަތް މިރޭ 11:00 އަށް ތާވަލް ކޮށްފި އެވެ.

ގާސިމް އިބްރާހިމްގެ މައްސަލައިގެ ޝަރީއަތް   ބުރާސްފަތި ދުވަހުގެ ރޭ ތާވަލް ކޮށްފައިވާ އިރު ބުރާސްފަތި ދުވަހުގެ މެންދުރުގަޑީގައި  ޝަރީއަތް ކުރިއަށް  ދަނިކޮށް އެމަނިކުފާނު ވަނީ ކޯޓް ރޫމް ތެރެއަށް ވެއްޓިފަ އެވެ.

އެހެން ކަމުން މިރޭގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.

ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި ދެން އޮތީ  ހުލާސާގޮތެއްގައި ވާހަކަދެއްކުމާ ނިންމުމެވެ.

ގާސިމަށް ފަރުވާ ދެމުންގެންދަނީ އައިޖީއެމްއެޗްގަ އެވެ.

ގާސިމްގެ ޝަރީއަތްތައް ތާވަލު ކުރަމުންދާ ގޮތާއި، އޭނާގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން އޭނާގެ ދިފާއީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ހާލުސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއުމުން ވެސް ވަކީލުން ކޯޓުގެ ތެރޭގައި މަޑު ކުރުވާފައިވާ ކަމަށެވެ. ނަމަވެސް ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް އިންކާރުކޮށް، ގާސިމް ނެތް ޝަރީއަތުގެ މަޖީލިހެއްގައި ވަކީލުންގެ ހަސިއްޔަތުން ނުތިބޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަޑުއެހުމެއް 24 ވަނަ ދުވަހު ބޭއްވި ނަމަވެސް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ ކުރިއަށް އޮތް ހަފްތާގައި ކަމަށް ކޯޓުން ބުނި ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށް ޗިޓް ފޮނުވީ 23 ވަނަ ދުވަހުގެ ރޭ 11.00 ހާއިރު ކަމަށްވެސް ބުނެފައިވެ އެވެ. ހަމަ އެހެންމެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އަޑުއެހުން ނިންމާލީ 12.05ގައި ކަމަށްވާއިރު ވަކީލުންނަށް ކޯޓުން ނިކުތުމުގެ ހުއްދަ ލިބުނީ 12.45ހާއިރު ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

 ގާސިމްގެ މައްސަލައިގައި ނުވަ އަޑު އެހުމެއް މިހާތަނަށް ބާއްވާފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް