ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 23:09
އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރު ކުރުން
އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރު ކުރުން
ރާއްޖެއެމްވީ
އެމްޕީ ރިޔާޒް ފުލުސް އޮފީހަށް
ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފި!
 
ގެ ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
 
އަބްދުﷲ ރިޔާޒްގެ ގެ މިރޭ ވަނީ ބަލާ ފާސްކޮށްފަ
 
ފުލުސް އޮފީހަށް ހާޒިރު ކުރީ 10:45 ހާއިރު

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށުން ފުލުސް އޮފީހަށް ހާޒިރު ކޮށްފި އެވެ.

ރިޔާޒް ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވާ އިރު މިވަގުތު، ފުލުހުން އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ. އަބްދުﷲ ރިޔާޒްގެ އަމިއްލަފުޅު  ވެހިކަލެއްގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

މިރޭ ގާތްގަނޑަކަށް 09:30 ހާއިރު އަބްދުﷲ ރިޔާޒް އުޅުއްވާ މ.ނެކްޓަރ ވަނީ ފުލުހުން ބަލާ ފާސްކޮށްފަ އެވެ.

ކޯޓުން ނެރުނު އަމުރުގައި މައްސަލައިގެ ބާވަތް ގޮތުގައި ފާހަގަ ކޮށްފައިވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތައް ދެއްކުމާ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާ، ފުލުހުންގެ މަސައްކަތަށް ނުފޫޒުފޯރުވުމެވެ. މީގެ އިތުރުން ފުލުހުންގެ  މުއައްސަސާ ބަދުނާމް  ކުރުން ވެސް މައްސަލައިގެ ބާވަތުގެ ގޮތުގައި ބުނެފައިވެއެވެ.

މި އަމުރުގައި ރިޔާޒް ދިރިއުޅުއްވާގެ އާއި ރިޔާޒްގެ ލެޕްޓޮޕާއި މޯބައިލް ފޯނުތައް ވެސް ބަލައިފާސް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ބަލައިފާސް ކުރުމުގެ އަމުރު ނެރުއްވައިފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
13%
88%
0%
0%
ކޮމެންޓް