Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެމިލިއަން ޕައުންޑް ތޮޅިއަށް، އިޝްތިހާރުވީ ލިވަރޕޫލް

ރައީސް މިދަތުރުފުޅަށްފަހު، މުޅި ރާއްޖޭގައި ދައްކަނީ ލިވަޕޫލްގެ ވާހަކައެވެ. ލިވަޕޫލްގެ މެޗްތައް ބަލާ މީހުން ގިނަވެއްޖެއެވެ. އެތައް ބަޔަކަށް އަލަށް ލިވަޕޫލް ދަސްވެއްޖެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2025 | ބުދަ 14:52
ލިވަޕޫލްގައި ރާއްޖެ އިޝްތިހާރުކުރަން 2 މިލިއަން ޑޮލަރު ހޭދަކުރި

ލިވަޕޫލްގައި ރާއްޖެ އިޝްތިހާރުކުރަން 2 މިލިއަން ޑޮލަރު ހޭދަކުރި

ކުރައްވާ ކޮންމެ ކަމެއް، އިދިކޮޅަށް ދިއުމާއި ވިދާޅުވާ ކޮންމެ އެއްޗެއް ދިމާ އިދިކޮޅަށް ދިއުން އެއީ ރައީސް ޑރ. މުޢިއްޒުއަށް ނިސްބަތްކުރާއިރު، އެހާ އައު ކަމެއް ނޫނެއެވެ. އެއީ ގިނަ ރައްޔިތުން ރައީސް މުޢިއްޒުއާއި މެދު ގަބޫލުކުރާ ގޮތްވެސްމެއެވެ. ނަމަވެސް މިފަހަރު ދިމާވެގެން މިއުޅެނީ އަދި ތަފާތު ކަމަކާއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ، އެންމެ އުހުގައި އޮތް ލިވަޕޫލްއާއި އެކު އެމްއެމްޕީއާރްސީން އެއްބަސްވުމެއް ހެދި ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފިތުރު އީދުގެ ބަންދު ފެށުމާއި އެކު ރައީސް މުޢިއްޒު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ. ފުރާވަޑައިގަންނަވަމުން ވިދާޅުވީ މިވަޑައިގަންނަވަނީ ރާއްޖެ އިޝްތިހާރު ކުރައްވަން ކަމަށެވެ. ލިވަޕޫލްއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ދަނޑުގައި ވިޒިޓް މޯލްޑިވްސްގެ އިޝްތިހާރު ދައްކަން ފެށުން ކިކްއޮފް ކުރައްވަން ކަމަށެވެ. އެމަސްދަރުތަކުން މައުލޫމާތު ލިބުނުގޮތުގައި މިކަމަށްޓަކައި ދިވެހި ސަރުކާރުން ލިވަރޕޫލްއަށް ދެމިލިއަނަށް ހައި ޕައުންޑް ވަނީ ދައްކާފައެވެ. އިޤްތިޞާދު މިހާދަށްވެފައި އޮތް ދަނޑިވަޅެއްގައި މިހާ ބޮޑު ޚަރަދެއް ކުރައްވައިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފެށުމާއި ޚާއްސަކޮށް މިކަން ފެށުމަށް ރައީސް ސީދާ ވަޑައިގެންނެވުމުން، އެންމެނަށްވެސް ހީވީ މިއީ ލައްކަ ބޮޑު ކަމެއް ކަމަށެވެ. މިފަހަރު މުޅި އިނގިރޭސިވިލާތުގައި ރާއްޖެ ވިދާލާނެ ކަމަށެވެ. ވިޒިޓް މޯލްޑިވްސް އަޑު ގުގުމާލާނެ ކަމަށެވެ. އެކަމަކު ކަން ހިނގާދިޔަ ގޮތް ބައްލަވާށެވެ.

ރާއްޖޭގެ ރައީސް ލިވަޕޫލް ދަނޑަށް ވަޑައިގެން އުޅުއްވީ ވިޒިޓާ ފާހެއް ބައްލަވައިގަނެގެންނެއެވެ. ފަސްދޮޅަހަކަށް ޕައުންޑަށް ލިބޭ މިފާހަކީ އެތަނަށް ވަންނަން ބޭނުން ކޮންމެ މީހަކަށްވެސް ގަނެވޭނެ ފާހެކެވެ. ރައީސް ރިސީވް ކުރާކަށް ލިވަޕޫލްގެ އިސް މީހަކު ނެތެއެވެ. ލިވަޕޫލްގެ ސޯޝަލް މީޑިއާ އަކު ރައީސް ޒިޔާރަތުގެ ވާހަކައެއް ނެތެއެވެ. އިށީނދެ ވަޑައިގެން އިންނެވީވެސް ވިޒިޓަރުން ތިބޭ ތަނުގައެވެ. އެއަށްވުރެ ހިތާމަވެރި އަނެއް ވާހަކައަކީ ބޮޑު ޓީމެއް ގޮވައިގެން ބޮޑު ހަރަދުކުރައްވާފައި، އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ވަޑައިގެން ލިވަޕޫލް ފުޓްބޯޅަ ކްލަބަށް ދެމިލިއަން ޕައުންޑް ހަރަދުކުރައްވައިގެން މިކުރެއްވި ކަންތަކުގެ ނަތީޖާއެވެ. ރައީސް މިދަތުރުފުޅަށްފަހު، މުޅި ރާއްޖޭގައި ދައްކަނީ ލިވަޕޫލްގެ ވާހަކައެވެ. ލިވަޕޫލްގެ މެޗްތައް ބަލާ މީހުން ގިނަވެއްޖެއެވެ. އެތައް ބަޔަކަށް އަލަށް ލިވަޕޫލް ދަސްވެއްޖެއެވެ. އެޓީމުގެ ކުޅުންތެރިންނާއި ޓީމުގެ ކުޅުންތެރިންގެ މައުލޫމާތާއި ޓީމްގެ ހިސްޓްރީ ސަރޗްކުރާ މީހުން ގިނަވެއްޖެއެވެ. މިއަދު ރަށްރަށުގައިވެސް ދައްކަނީ ލިވަޕޫލްގެ ވާހަކައެވެ. މަގު ކުނިކަހަން ނިކު އުޅޭ އަންހެން ވެރިންވެސް، ދޮށި އަޅަންތިބޭ މަސްވެރިންވެސް ދައްކާތީ އަޑުއިވެނީ ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުން ބަލިވި ވާހަކައެވެ.

މިވީ ކިހިއްނެއްތޯއެވެ. ރާއްޖެއަށް މިކުރި ޚަރަދުގެ ނަތީޖާ މިނިކުތީ ކިހިއްނެއްތޯއެވެ. މަޝްހޫރުކުރައްވަން ވަޑައިގެންނެވީ ކޮންތަނެއްތޯއެވެ. މަޝްހޫރުމިވީ ކޮން އެއްޗެއްތޯއެވެ. ޓެކްސް ޕޭޔަރުންގެ ފާއިސާ ޚަރަދުކުރައްވައިގެން އިނގިރޭސި ފުޓްބޯޅަ ކްލަބެއް ރާއްޖޭގައި އިޝްތިހާރުކުރުމުގެ މެންޑޭޑް ރައީސްއަށް ދިނީ ކޮން ބައެއްތޯއެވެ. އެއަށްވުރެ ދެރަ އަނެއް ޚަބަރަކީ ރައީސްގެ ޒިޔާރަތައްފަހު ލިވަޕޫލު ކުޅުނު ފުރަތަމަ މެޗުންވެސް އެޓީމް ބަލިވި ކަމެއެވެ.

ޤަބޫލުފުޅުކުރައްވާށެވެ. ވަޑައިގެންނެވީ ރާއްޖެ އިޝްތިހާރުކުރައްވަން ނޫންތޯއެވެ. އެކަމަކު ދެމިލިއަން ޕައުންޑް ހަރަދުކުރައްވައިގެން އިޝްތިހާރު ތިޔަ ކުރެއްވުނީ ލިވަޕޫލް ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

04 އެޕްރީލު 2025
އެމެރިކާއިން އިސްރާއީލަށް 2000 ޕައުންޑްގެ ބޮން ދިނުން މަޑުޖައްސާލީ ކީއްވެ؟

އެމެރިކާއިން އިސްރާއީލަށް 2000 ޕައުންޑްގެ ބޮން ދިނުން މަޑުޖައްސާލީ ކީއްވެ؟

10 މެއި 2024
އޭޖީގެ ޖަވާބު ތަކާއެކު އިދިކޮޅުގެ "ޗާގޯސް ޗަރުކޭސް" ތޮޅިއަށް

އޭޖީގެ ޖަވާބު ތަކާއެކު އިދިކޮޅުގެ "ޗާގޯސް ޗަރުކޭސް" ތޮޅިއަށް

05 ޖޫން 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު