Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ މަގާމުތައް އިތުރުވުން

އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހަރުކަށި އުސޫލު، ނަމަވެސް ސަރުކާރުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އަވަދިނެތި!

އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ބުނެ، ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅައި، ތަންފީޒު ކުރަމުންދާ ކަމަށް ސަރުކާރުން ބުނޭ. ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ކުރަމުގެ ނަމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދިނުން ދަނީ ހަރުކަށި ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2025 | ބުދަ 14:02
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރު ކުރުން އަދިވެސް ކުރިއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރު ކުރުން އަދިވެސް ކުރިއަށް

ދިވެހިން ނުކުމެ، ދިވެހިންގެ ރާއްޖެއެއް ގެނައީ، އިތުރަށް ތަރައްގީއާއި، އުފާވެރިކަން ބޭނުންވާތީއެވެ. ނަމަވެސް ދިވެހިންގެ ރާއްޖޭއާއެކު، ގިނަ ރައްޔިތުން މިއަދު ވަނީ މާޔޫސްވެފަ އެވެ. ހުރިހާ ދާއިރާއަކުން ރާއްޖެ ދަނީ ދަށަށެވެ. ރައްޔިތުންގެ އަތްމަތިވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންނެވެ.

ތަކެތީގެ އަގުތައް އުފުލި، ރައްޔިތުންނަށް ދަތިވަމުންދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅައި، ތަންފީޒު ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ކުރަމުގެ ނަމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދިނުން ދަނީ ހަރުކަށި ކުރަމުންނެވެ.

އެގޮތުން މިހާރު ބައެއް ކުންފުނިތަކުގައި ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ، އިތުރުގަޑީގައި މަސައްކަތް ނުކުރެވޭނެކަން ވަނީ އަންގާފައެވެ. އަދި ބައެއް ކުންފުނިތަކުން ދެމުންދާ އަހަރީ ބޯނަސް ދިނުން ވަނީ ލަސްކޮށްފައިވެއެވެ. އަހަރީ ބޯނަސްގެ ގޮތުގައި ވެސް މީގެ އެއްވެސް އަހަރެއްގެ ނުލިބޭ މިންވަރަށް މަދުން ފައިސާ ލިބުނުކަމުގެ ޝަކުވާ ވެސް މުވައްޒަފުން ކޮށްފައިވެ އެވެ.

ފާހަގަކުރެވޭ ކުންފުނިތަކުގެ ތެރޭގައި އެމްޑަބްލިޔުއެސްސީ، އެމްޕީއެލް، އެމްއޭސީއެލް ހިމެނެއެވެ.

ކަންމިހެން އޮތް ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ނިމުމެއް ނެތެވެ. ބޮޑެތި މުސާރަ ތަކުގައި ބޭފުޅުން އައްޔަން ކުރައްވުމުގައި ސަރުކާރުން އުޅެނީ އަވަދިނެތި އެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި 40،000ށް ވުރެ ބޮޑު މުސާރައާއެކު އެމްޑީޕީ އިން ޕީއެންސީ އަށް ބަދަލުވި ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރަކަށް ވަނީ އައްޔަން ކުރައްވާފައެވެ. އަދި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްގަނީ އަބްދުއްހަކީމް އެގުރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

އެގްރޯނެޓް އަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެއީ ބޭކާރު ހަރަދު ބޮޑު ކުންފުންޏެއް ކަމަށް ބުނެ، މިސަރުކާރުން އެ ކުންފުނި އުވާލަން ވެސް ނިންމިއެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ކުންފުނި ހިންގަން އަލުން ހިންގަން ނިންމި ސަބަބުން ހާމަކޮށްފައިނުވެ އެވެ.

ހުއްޓުމެއް ނެތި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވާއިރު، ރައީސް މުއިއްޒުގެ ވެރިކަމެއްގައި 700ށް ވުރެ ގިނަ ސިޔާސީ މަގާމުތައް ނުފުއްދާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރުގެ އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 3000ށް ވުރެ އިތުރެއެވެ.

އެހެންކަމުން ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ފަހަތުގައި އޮތީ އެހެން އެޖެންޑާއެއް ކަމާމެދު ޝައްކަތްނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު