Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މި ސަރުކާރުގެ ޔަހޫދީކަމާއެވެ.

8 އެޕްރީލު 2025 | އަންގާރަ 14:40

މި ސަރުކާރު ވެރިކަމަށް އަންނަން ބޭނުން ކުރި އެއް ހަތިޔާރަކީ ދީނެވެ. ދީން ހަތިޔާރަކަށް ހަދައި އެއިން ބައެއްގެ ގޮތުގައި ފަލަސްތީނާއި ގައްޒާގެ ރައްޔިތުންގެ ވާހަކަތައް ހިމެނިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް ނެތްކަމަށް ދައްކަމުން ދިޔައެވެ. ބައެއްފަހަރު ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖޭގައި ރައްޔިތުކަން ދީފާނަމޭވެސް މި ސަރުކާރުން ބުނާ ކަހަލައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2025 | އަންގާރަ 14:40
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތް

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތް

ޔަހޫދީންނަކީ މިދުނިޔެ މަތީގައި އެންމެ ނުބައިވެގެންވާ މީހުންގެ ތެރެއިން އެއް ބަޔެކެވެ. އެމީހުންގެ އަމަލުތައް ހުންނަ ގޮތުން ބައެއް ފަހަރު މިސާލު ބަހެއްގެ ގޮތުގައި މި ބަސް ބޭނުންކޮށްވެސް އުޅެއެވެ. އެއީ ތިމާ މީހާގެ ނާޒުކުކަން ދައްކާ އެހެން މީހުންގެ ނުބައިކަން ދައްކަން އުޅޭތީއެވެ. ނަމަވެސް ހަގީގަތީ ނާޒުކުކަން ދައްކަނީ އަނެއް މީހާއަށް ގެއްލުމެއް ދިނުމަށްފަހު އެކަމުން ސަލާމަތްވާށެވެ. މި ސަރުކާރުވެސް އެފަދައެވެ.

މި ސަރުކާރު ވެރިކަމަށް އަންނަން ބޭނުން ކުރި އެއް ހަތިޔާރަކީ ދީނެވެ. ދީން ހަތިޔާރަކަށް ހަދައި އެއިން ބައެއްގެ ގޮތުގައި ފަލަސްތީނާއި ގައްޒާގެ ރައްޔިތުންގެ ވާހަކަތައް ހިމެނިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް ނެތްކަމަށް ދައްކަމުން ދިޔައެވެ. ބައެއްފަހަރު ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖޭގައި ރައްޔިތުކަން ދީފާނަމޭވެސް މި ސަރުކާރުން ބުނާ ކަހަލައެވެ.

މި ސަރުކާރުން އެކި ތަންތަނުގައި ދެއްކި ވާހަކައަށް ބަލާލާނަމެވެ. ދިވެހި ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެކަމުގެ ކަށަވަރުކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެއީ 28 ނޮވެމްބަރު 2023 ގައެވެ. ތުރުކީ ވިލާތަށް ޑްރޯންއެއް ހޯއްދަވަން ވަޑައިގެންނެވި ދަތުރުފުޅުގައި ތުރުކީއިން އެހީތެރިކަމެއް ހޯދަން ފަލަސްތީން ވިއްކާލާފައި ވަޑައިގަތީ ކުރީ ޒަމާނެއްގެ ޑްރޯނެކެވެ. މިއީ ފަލަސްތީނޭ ކިޔައިގެން މި ސަރުކާރުން ފުރަތަމަ ވާހަކަ ދެއްކި ފަހަރެވެ. އެފަހަރުވެސް ފަލަސްތީންގެ ނަން ބޭނުންކޮށްގެން ކޮށްލީ މުޅިން އެހެންކަމެކެވެ.

އެފަހުން ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައާއި، އެޤައުމުގެ ކުށެއްނެތް ޢާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިފަދައިން ވިދާޅުވީ މެސެޖެއްގައެވެ. ނަމަވެސް ރައްޔިތުން ގޮވާލަމުންދިޔައީ މިއަށްވުރެ ވަރުގަދަ މެސެެޖެއް އަމަލުން ދިނުމަށެވެ.

ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ނިކަން ގިނައިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މި ސަރުކާރުން ލައްކަ ކަންކަން ކޮށްދިން ކަމަށް ވަކާލާތުކުރިއެވެ. މުޅިންވެސް ސޯޝަލް މީޑިއާގައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސަރަ ނަގައިގެން ތިބި ހަކެނާއެއް ލައްވާ އެ ހިންގަން ވެގެންނެވެ. ބޭނުންވީ ކޮނޑަށް މެޑަލް ޖައްސާށެވެ. ފަލަސްތީނުގެ ރައްޔިތުންނާއެކު ކޮނޑާ ކޮނޑު މަހާލާ ތިބޭނެކަމުގެ ޔަގީންކަން ދޭކަން ދެއްކުމަށެވެ.

އޯއައިސީ ސަމިޓުގައިވެސް ދެއްކީ އެއްވާހަކައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭ ވާހަކައެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ގަތުލުކޮށް ޝަހީދުކޮށް، ގުނަވަން ވިއްކާ، ގެއްލުވާލާ، އަންހެނުންގެ އިއްފަތްތެރިކަން ނަގާލާއިރު، އޯއައިސީގެ ގައުމުތަކުން އިސްރާއިލާ އޮތް ގުޅުން ކަނޑާލަން ގޮވާލާކަށް ނުކެރުނެވެ. އަދި ހަރުދަނާ ވާހަކައެއްވެސް ނުދެއްކުނެވެ. އޯއައިސީގެ ގައުމުތަކުން ފަލަސްތީނު މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ވަކާލާތެއް ނުކުރިއެވެ. ކުރިހާވެސް ކަމަކީ މިިނިސްޓަރު ޝަހީމް ވަޑައިގެން ގޮނޑި ހޫނުކުރައްވާ ފަލަ ސުރުހީއެއް ނޫސްތަކަށް އެރުވީއެވެ.

ދެކުނު އެފްރީކާގެ މައްސަލައަށް ތަދައްހުލުވެ މި ސަރުކާރުން މަސައްކަތް ކުރާ ސްޕީޑަށް ބަލާއިރުވެސް މިވީ ދޮޅު އަހަރު ތެރޭގައި އެކަމާއި ގުޅޭ ގޮތުން ދެވުނީ އެންމެ ދެ އަޕްޑޭޓެވެ. އެއީ ވަގުތީ ފިޔަވަޅުތައް އިތުރުކޮށް އިޞްލާޙުކުރުމަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ ކުއްލި މައްސަލައަށް ތާއީދުކުރި ވާހަކައާއި. ތަދައްހުލުވި ވާހަކައެވެ. އެހިސާބުންވެސް ފަލަ ސުރުހީއެއް ހަދާލާފައި އެކަން ނިންމާލައިފިއެވެ.

ދެން އޮތީ މި ސަރުކާރުގެ އަސްލު ޔަހޫދީކަމުގެ ވާހަކައެވެ. ‎ 77ވަނަ ވަރލްޑް ހެލްތު އެސެންބްލީ"އިން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބައިވެރިވުމުގެ ފުރުޞަތުދެއްވުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔާފައި، ފަލަސްޠީނުގެ ޙާލަތާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް އައި.ސީ.ސީ.ގެ ޕްރޮސެކިއުޓަރ ހުށައެޅުއްވުމާ ގުޅިގެން ސަރުކާރުން އެކަމަށް މަރުހަބާ ކިޔާފައި، އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމަވައިފި ކަމަށް ބޮޑު ފަހަ ސުރުހީއެއް އެރުވީއެވެ. ކަޅު ދިގުކޮށް އެރުވި މި ސުރުހީ ދުނިޔޭގެ ނޫސްތަކަށް ވެސް އެރިއެވެ.

ހެޔޮހިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަމަށް ދައްކަން ވެގެންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގެ އޮތީ ކުޑަ ކުޑަ ދިވެހިރާއްޖެއިން އިސްރާއިލް ޕާސްޕޯޓް މަނާކުރި ވާހަކައެވެ. ބަޔަޖު އަޖައިބު އަންތަރީސްވާނެތާއެވެ. އާރެއް ބާރެއް ނެތް ދިވެހިރާއްޖެއިން މިފަދަ ވަރުގަދަ ނިންމުމެއް ނިންމީމަ ހަމަ އަޖައިބު އަންތަރީސްވާނެތާއެވެ. ނަމަވެސް ކަން އޮތީ މިހެންވެސް ނޫނެެވެ. މިއީވެސް ހަދާލި ކަޅު ދިގު ފަލަ ސުރުހީއެކެވެ.

މުޅި ސަރުކާރު އެކީއެކަށް ދީ، މަޖިލީހުގެ ބޮޑު ބިޔަ ސުޕަ މެޖޯރިޓީ ދިނުމުންވެސް އިސްރާއިލު ޕާސްޕޯޓު މަނާ ނުކުރެވުނެވެ. އެންމެފަހުން އެމްޑީޕީން މައްސަލައެއް ހުށަހަޅައިގެން 12 މެންބަރުން އެކަން ކުރަން އުޅުމުން، ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން ބޮޑު ކޮމިޓީއެއް ހަދާ، މަޖިލީހުގައި އޮތް މައްސަލަވެސް 241 ކޮމިޓީގައި ޕާކް ކޮށްފައި އޮންނަތާ 200 ދުވަސް މިވަނީއެވެ. އަދިވެސް އެކަން ނުކުރެވެއެވެ. އަދިވެސް ފަލަސްތީނުގެ ރައްޔިތުން ކަތިލާފައި އިސްރާއިލުގެ އަސްކަރިއްޔާގެ މީހުން ޗުއްޓީ ހޭދަކޮށްލަން އަންނަން ރާއްޖެ އޮތީ ތަން މިނަށް ހުޅުވާފައެވެ.

މިއާއެކު ބޭއްވީ ތެލެތޯނެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހޯދުމަަށެވެ. އެއިން ލިބުން ފައިސާ ވެސް ހަވާލުކުރިކަމާއި، އޭގެ ތަފްސީލެއްވެސް ހާމައެއް ނުކުރިއެވެ. ބަނޑަށް ޖެހިފައިވާ ގައްޒާގެ ރައްޔިތުންނަށް މިދިޔަ ސަރުކާރުން ހަދިޔާކުރި މަސްދަޅުކޭސް ވެސް ނުފޮނުވެއެވެ.

ދެން ފެނިގެންދިޔައީ ސުރުހީއަކަށް ފަހު ސުރުހީއެއް ހަމުންދިޔަ ތަނެވެ. އިސްރާއިލަށް ފަންޑުކުރާ ކޮސްޓާ ކޮފީ ހިއްޕަވައިގެން އދ އަށް ވަޑައިގެން ފަލަސްތީނުގެ ރައީސާއެކު ނެންގެވީ ފޮޓޯފުޅެކެވެ. އެފަހުން އެވާހަކަވެސް މަޑުމަޑުން ފަނޑުވެ ހިނގައްޖެެއެވެ.

ފަލަސްތީނުގެ މައްސަލައިގައި ކުރީ ސަރުކާރުތަކުން ކަންކަން ނުކުރާ ވަރަށް މި ސަރުކާރުން ކަންކަން ކުރާނެކަމަށް ބުނެ ދައްކަނީ ދަޅައެވެ. ދައްކާ ވާހަކައަކާއި އަމަލަކާ ދިމާނުވެއެވެ. ސަރުކާރުގެ ޕީއާރު ރަނގަޅުކުރަން ސުރުހީތައް ހެދުން ފިޔަވައި އެހެންކަމެއްވެސް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން ގައްޒާގައި ބައިތިއްބާފައި ތިބީ ތިމަންނާ މެންގެ ރަނގަޅުކަމުންނޭ ކަމަށް އިސްރާއިލުން ބުނެ ހުއްޖަތެއް ދައްކާ ފަދައިން، އިސްރާއިލާ ދެކޮޅު ކަމާއި، ގައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ކުރާ ހަނގުރާމަ ގޯސްކަމަށް ބުނެ އެ ހަނގުރާމައިގެ ބައިވެރިންނަށް މި ސަރުކާރުން މަރުހަބާ ކިޔަނީ އަތް ތައްމިނަށް ހުޅުވައިގެންނެވެ. ޔަހޫދީ ވާނި މިވަރަކަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2018

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
05 ފެބުރުއަރީ 2018

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
29 އޮކްޓޯބަރު 2017

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
15 ޖުލައި 2017

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް