Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅ. ނައިފަރު

ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން: ކައުންސިލް

2 އޯގަސްޓު 2018 | ބުރާސްފަތި 16:16

ގެދޮރުގެ ދަތިކަމަށް ރައީސް ޔާމިންގެ ފަސް ދައުރުގައި ވެސް މިމައްސަލައަށް ހައްލު ހޯދިފައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2018 | ބުރާސްފަތި 16:16
ނައިފަރު ކައުންސިލް ރައީސް ކާރިމް ވާހަކަދައްކަވަނީ: ފޮޓޯ: ރާއްޖެއެމްވީ

ނައިފަރު ކައުންސިލް ރައީސް ކާރިމް ވާހަކަދައްކަވަނީ: ފޮޓޯ: ރާއްޖެއެމްވީ

ޅ. ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން ކަމަށް ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ދާއިރާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކާރިމް ވިދާޅުވީ ނައިފަރަކީ 5،378 މީހުންގެ އާބާދީއެއް އޮތް ރަށެއް ކަމަށާއި، މިހާރު އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަން ކަމަށެވެ. ގެދޮރުގެ ދަތިކަމަކީ ޒަމާންވީ މައްސަލައެއް ކަމަށާއި، ރައީސް އަބްދުﷲ ޔާމިންގެ ދައުރުގައި ވެސް މިމައްސަލައަށް ހައްލު ހޯދައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކާރިމް ވިދާޅުވީ ނައިފަރު ރައްޔިތުން ތާއީދު ކުރާނީ ގޯތިގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދޭނެ ބަޔަކަށް ކަމަށާއި، މިސަރުކާރަށް ރައްޔިތުންގެ މެޖޯރިޓީ ތާއީދު ނުލިބޭނެ ކަމަށެވެ. އެއީ މިސަރުކާރުން 100 ހައުސިން ޔުނިޓް އަޅައިދޭނެ ކަމުގެ ހުވަފެން ރައްޔިތުންނަށް ދެއްކި ކަމަށާއި، މިއަހަރުގެ ބަޖެޓްގައި 14.6 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު މިމަޝްރޫއުގެ އެއްވެސް ޚަބަރެއް ވެފައިނުވާ ކަމަށެވެ.

"މިދިޔަ ނޮވެންބަރުގައި ހައުސިން މިނިސްޓްރީން މިފޮނުވަނީ ތިމަންނަމެން 100 ހައުސިން ޔުނިޓް އަޅަން ބޭނުންވޭ އެބަ. އެހެންވީމަ ތިބޭފުޅުން ބިން ދައްކާށޭ. ފަނަރަވަރަކަށް ދުވަސް ވެސް އަޅުގަނޑުމެން ނުވާނެ މުޅި ލޮކޭޝަން އާއި ހުރިހާ ތަނެއް ކުރެހުމުން ދައްކާފައި އަޅުގަނޑުމެން ވަނީ ފޮނުވާފަ. އަދިއަދަށް ދަން ވެސް އަޅުގަނޑުމެންނަށް ޖަވާބެއް ނުލިބޭ،" ކާރިމް ވިދާޅުވިއެވެ.

ނައިފަރުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވަމުން ކާރިމް ވިދާޅުވީ ބަނދަރުގެ ހެދުމުގެ މަޝްރޫއު ނިމިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ކާރިމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ 18 މަސްދުވަހުން ނިންމަން ކަމަށާއި، ނަމަވެސް 14 މަސް ފާއިތުވެގެން ދިޔައިރު ވެސް މަސައްކަތުގެ 10 އިންސައްތަ ކުރިއަށް ނުދާ ކަމަށެވެ.

މީގެ އިތުރުން ކާރިމް ވިދާޅުވީ ނައިފަރު ހޮސްޕިޓަލުން އެކަށީގެންވާ ޙިދުމަތް ނުލިބޭ ކަމަށާއި، ހުރީ ފަސް ފަންގިފިލާ ހިމެނޭ ބޮޑު އިމާރާތެއް ކަމަށެވެ. އޭނަ ވިދާޅުވީ އެތެރެ ހަށީގެ ޑޮކްޓަރެއް ނެތްތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރާއި، ކުޑަ ކުދިންނަށް ޚާއްސަ ޑޮކްޓަރު ނުހުންނަ ފަހަރު ގިނަ ކަމަށެވެ. އަދި ހޭނައްތާ ޑޮކްޓަރެއް ނެތުމުން އަންހެނަކު ސިޒޭރިއަންއަކަށް ދާންޖެހޭ ހާލަތްތަކުގައި ރަށުން ބޭރުން ފުރަން ޖެހޭ ކަމަށެވެ.

"ޑޮކްޓަރުން ނެތް ހާލެއްތަކުގައި އާސަންދައިން ފޮނުވާލަދޭން ވެސް އެތައް ފަހަރަކު ހޮސްޕިޓަލް ތެރޭގައި އެތައް ހައިޖާނެއް ހިންގަންޖެހޭ. އެތައް ގަނޑުބަނޑުތަކެއް ހަދަންޖެހޭ. ހެދިގެން ގިނަ ފަހަރަށް ޓްރާންސްފާރއެއް ޕޭޝަންޓަށް ލިބިގެން މިދަނީ. މަދު ހާލަތެއް މިހެން ދެންނެވިއަސް ފަސޭހައިން ނުދެވޭ ވާހަކައެއް ނޫން،" ކާރިމް ވިދާޅުވިއެވެ.

ނައިފަރަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރަށެއް ކަން ފާހަގަކުރައްވައި ކާރިމް ވިދާޅުވީ ރައީސް ޔާމިން އެރަށުގެ މަސްވެރިންނަށް ވީ ވައުދު ވެސް މި ސަރުކާރުން ނުފުއްދާ ކަމަށާއި، މަސްވެރިން މިއަދު މަސައްކަތް ކުރަނީ ވަރަށް ދަތި އުނދަގޫކޮށް ކަމަށެވެ. އެގޮތުން މަސްވެރިން ކިރުވާ މަސްކޮޅަށް އެކަށީގެންވާ އަގު ނުލިބޭ ކަމަށާއި، އަގު ލިބެނީ ވެސް ދެހަފްތާ ނުވަތަ ތިން ހަފްތާ ފަހުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް