Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް

އެފްޑީއެސް ވޮލީބޯޅަ މުބާރާތް: ފައިނަލްގައި ޑްރީމަރސް އަދި ފަރުކަން

މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗުގައި ޑްރީމަރސް އިން ވަނީ ފަރުކަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2025 | އާދީއްތަ 15:56
މުބާރާތުގެ ލީގު ބުރުގައި ޑްރީމަރސް ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގެ ލީގު ބުރުގައި ޑްރީމަރސް ކުޅުނު މެޗެއްގެ ތެރެއިން

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ފައިނަލްގައި، ޑްރީމަރސް އަދި ފަރުކަން ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ހަތަރު ޓީމު ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށްފަހު، އެއް ވަނަ ޓީމު އަދި ދެ ވަނަ ޓީމު މުބާރާތުގެ ފައިނަލަށްދާ ގޮތަށެވެ.

ލީގު ބުރުގެ އެއް ވަނަ ހޯދައި ފައިނަލަށް ދިޔައީ ޑްރީމަރސް އެވެ. އެ ޓީމު ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ދެ ވަނައިގައި ފައިނަލްގެ ފުރުސަތު ހޯދީ، ފަރުކަން އެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފަ އެވެ.

މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗުގައި ޑްރީމަރސް އިން ވަނީ ފަރުކަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އެފްޑީއެސް އިން ކުރިއަށް ގެންދާ އަންހެން ވޮލީ މުބާރާތުގެ ފައިނަލް އޮންނާނީ ހޯމަ ދުވަަހުގެ ރޭ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު