Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯ އިން ކޭޑު ވަކިކުރުން

މިފްކޯ އިން ވަކިކުރި ކޭޑްގެ ބޮޑެތި ތުހުމަތުތަކެއް ބޯޑު މެމްބަރު ސޮލާހު އަށް - "ރައީސަށް 7 މިލިއަން ރުފިޔާ ދިން ކަމަށް ބުނެ މުޅި މިފްކޯ އަކީ އޭނާގެ ވަތްގަނޑަށް ހަދައިފި"

މިފްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ހާލަތު އެންމެ ގޯސް އެއް ކުންފުނި ކަމަށް ވާއިރު އެތަނުގެ ހަޑި ތާރީހު ރަނގަޅުކުަން އޭނާ ކުރި މަސައްކަތަށް އެއްބާރުލުން ނުލިބުނު ކަމަށް ކޭޑު ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އެޕްރީލު 2025 | އާދީއްތަ 14:30
Your browser does not support the video tag.
0:00 / 0:00

މިފްކޯގެ ކުރީގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިބްރާހިމް ސައީދު (ކޭޑު) އަދި މިފްކޯގެ ބޯޑު މެމްބަރު ސޮލާހު

މިފްކޯގެ ބޯޑު މެމްބަރު ސޮލާހު ޝަރީފް، މިހާރުގެ ރައީސް ޑރ.މުއިއްޒު އަށް 7 މިލިއަން ރުފިޔާ ދިން ކަމަށް ބުނެ އޭނާ ވަނީ މުޅި މިފްކޯ އަކީ އޭނާގެ ވަތްގަނޑަށް ހަދާފައި ކަމަށް މިފްކޯގެ ކުރީގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިބްރާހިމް ސައީދު (ކޭޑު) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އޭނާ މަޤާމުން ވަކިކުރުމުން އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އޭނާ ރާއްޖެއެމްވީ އަށް ވިދާޅުވީ މަޤާމުގައި އަދާކުރެއްވި ދުވަސްތަކުގައި އޭނާ އަށް އެކަށީގެންވާ ވަސީލަތްތަކެއް ފޯރުކޮށްދީފައި ނުވާ ކަަމަށެވެ. ނަމަވެސް އޭނާ ވާނީ އޭނާގެ ޒިންމާތައް އިޚުލާސްތެރިކަމާއި އެކު އަދާކޮށްފައި ކަމަށް ކޭޑް ވިދާޅުވިއެވެ.

އޭނާ ވަނީ ކޮންޓްރެކްޓު އައު ނުކޮށް އޭނާ ވަޒީފާއިން ވަކިކުރީ ވައްކަމާ ދެކޮޅަށް ވާހަކަދައްކާތީ ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކުންފުނީގެ ބޯޑު މެމްބަރު ސޮލާހު ޝަރީފްގެ ނުފޫޒު އެ ކުންފުނީގައި ވަރަށް ބޮޑު ކަމަށް ކޭޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސޮލާހު ދަނީ އޭނާ ރައީސް މުއިއްޒު އަށް 7 މިލިއަން ރުފިޔާ ދެއްވާފައިވާނެ ކަމަށާއި، ރައީސް މުއިއްޒު އަށް ޖެހިވަޑައިގަންނަވާނީ އޭނާ ގުޅުމުން ފޯނަށް ޖަވާބުދެއްވަން ކަމަށް ތަކުރާރުކޮށް މިފްކޯގެ ތެރޭގައި ވިދާޅުވަމުންނެވެ.

ހަމައެހެންމެ ސޮލާހު އާއި އޭނާގެ ގާތް މީހުންނަށް މަންފާވާ ގޮތަށް އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި ކުންފުނީގެ މަޤާމުތަކަށް ވެސް އައްޔަން ކުރަނީ އޭނާ ރުހޭ އޭނާގެ ގާތް މީހުން ކަމަށް ކޭޑު ވިދާޅުވިއެވެ.

މީގެ އިތުރުން އެތަނަށް މަސައްކަތަށް ގެންނަ ބިދޭސީންގެ އަތުން ސޮލާހު އާއި އޭނާގެ ގާތް ބައެއް މީހުން ފައިސާ ނަގަމުންދާ ކަމަށް ކޭޑު ތުހުމަތުކުރެއްވިއެވެ. އެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަންކަން މިހާރު ހިނގަނީ ރައީސަށް ވެސް އެނގިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް ކޭޑު ވަނީ ވިދާޅުވެފަ އެވެ.

މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރުންނަށް ވެސް މިދިޔަ މަހު އަލުން ވަޒީފާ ދީފައިވާ ކަމަށް ކޭޑު ވިދާޅުވިއެވެ. ކޭޑު ވަނީ އޭނާ ވަކި ކުރީ އެފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލާތީ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިފްކޯ އަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ހާލަތު އެންމެ ގޯސް އެއް ކުންފުނި ކަމަށް ވާއިރު އެތަނުގެ ހަޑި ތާރީހު ރަނގަޅުކުަން އޭނާ ކުރި މަސައްކަތަށް އެއްބާރުލުން ނުލިބުނު ކަމަށް ކޭޑު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު