Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕާއި ދެކޮޅަށް ކުރާ މުޒާހަރާ

ޓްރަމްޕާއި ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެއްޖެ

6 އެޕްރީލު 2025 | އާދީއްތަ 14:27

ޓްރަމްޕުގެ ސިޔާސަތުތަކާ ދެކޮޅު ހަދައި، ސަރުކާރުގެ މުވައްޒަފުން ކުޑަކުރުމުން ފެށިގެން ވިޔަފާރީގެ ޓެރިފްތަކާއި މަދަނީ މިނިވަންކަން ގެއްލިގެން ދިއުމާ ހަމައަށް ވޮޝިންޓަން، ނިއުޔޯކް، ހުސްޓަން، ފްލޮރިޑާ، ކޮލޮރާޑޯ އަދި ލޮސް އެންޖެލިސް ފަދަ ތަންތަނުގައި އެއްވެ މުޒާހަރާކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އެޕްރީލު 2025 | އާދީއްތަ 14:27
ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ވޮޝިންގޓަނުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - 05 އެޕްރީލް 2025

ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ވޮޝިންގޓަނުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - 05 އެޕްރީލް 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އެނބުރި ވަޑައިގެންނެވި ފަހުން ބާއްވާ އެންމެ ބޮޑު މުޒާހަރާތަކުގައި އެމެރިކާގެ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި ފުރާލާ، ޓްރަމްޕުގެ ޕޮލިސީތަކާއި ދެކޮޅަށް އަޑު އުފުލައިފި އެވެ.

އެގޮތުން ޓްރަމްޕުގެ ސިޔާސަތުތަކާ ދެކޮޅު ހަދައި، ސަރުކާރުގެ މުވައްޒަފުން ކުޑަކުރުމުން ފެށިގެން ވިޔަފާރީގެ ޓެރިފްތަކާއި މަދަނީ މިނިވަންކަން ގެއްލިގެން ދިއުމާ ހަމައަށް ވޮޝިންޓަން، ނިއުޔޯކް، ހުސްޓަން، ފްލޮރިޑާ، ކޮލޮރާޑޯ އަދި ލޮސް އެންޖެލިސް ފަދަ ތަންތަނުގައި އެއްވެ މުޒާހަރާކޮށްފައިވެ އެވެ.

ވޮޝިންޓަންގައި އެތައް ހާސް މުޒާހަރާ ކުރި އިރު އެތަނުގައި ގިނައީ އެމެރިކާގެ އެކި ހިސާބުތަކުން ދަތުރުކޮށްފައި އައި މީހުންނެވެ. އެތައް ހާސް މުޒާހަރާގެ ބައިވެރިން ނޭޝަނަލް މޯލް އަށް އެއްވެ ޓްރަމްޕާއި ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ޓްރަމްޕުގެ ސިޔާސަތުގެ ސަބަބުން އެމެރިކާއާއި ގާތް އެކުވެރި ގައުމުތަކާއި ގުޅުން ކެނޑި، އެކމަުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ސަރުކާރު ހަލާލުކޮށްލާފައިވާ ކަމަށެވެ.

ލޮސް އެންޖެލިސްގައި ޑިސްޓޯޕިއަން ނޮވެލް "ދަ ހޭންޑްމެއިޑްސް ޓޭލް" ގެ ކެރެކްޓާއެއްގެ ގޮތުގައި ހެދުން އަޅައިގެން ހުރި އަންހެނަކު ބޮޑު ދިދައެއްގައި ޓްރަމްޕް ގެ އެބޯޝަން އާ ދެކޮޅު ސިޔާސަތުތަކަށް ފާޑުކިޔާ މެސެޖުތައް ލިޔެފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ޕޯސްޓަރުތަކުގައި އެމެރިކާއަށް ރަސްކަލަކު ބޭނުން ނުވަ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގައި ކުރި މުޒާހަރާ ފުޅާވެ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ވެރިރަށްތަކުގައި ވެސް ޓްރަމްޕުގެ ޓްރޭޑް ޕޮލިސީއާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. މީގެ އިތުރުން ލަންޑަންގެ އެއްވުމުމުގައި އެމެރިކާގައި ހިނގަމުންދާ ކަންކަމަކީ އެންމެންގެ ވެސް މައްސަލައެއް ކަމަށް ބުނެ އަޑު އުފުލާފައިވާއިރު، އެމެރިކާއިން ދުނިޔޭގެ ރިސެޝަނަކަށް ވައްޓާލާނެ ކަމަށް ބައިވެރިން ވަނީ އަޑު އުފުލާފައެވެ.

ލަންޑަނުގައި މުޒާހަރާކުރަމުން ދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ، ޓްރަމްޕް އުފެއްދެވީ ދުސްތޫރީ ކާރިސާއެއް ކަމަށާއި އޭނާ އަކީ މޮޔައެއް ކަމަށެވެ.

އެމެރިކާގައި މޫވްއޮން އާއި ވިމެންސް މާޗް ފަދަ ވާތު ފިކުރުގެ ޖަމާއަތްތަކުގެ އިއްތިހާދުން 1،000 އަށް ވުރެ ގިނަ ސިޓީތަކާއި ކޮންގްރެސްގެ ކޮންމެ ޑިސްޓްރިކްޓެއްގައި "ހޭންޑްސް އޮފް" ހަރަކާތްތައް ބާއްވާފައިވާ ކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ.

ޓްރަމްޕް ވަނީ ސަރުކާރު ނިކަމެތިކޮށް، ކޮންޒަވޭޓިވް ވެލިއުސް އެއްފަރާތްކޮށް، ބޯޑަރުތަކާއި ވިޔަފާރީގެ މައްސަލާގައި ރަހުމަތްތެރި ގައުމުތަކަށް ވެސް ވަރަށް ބޮޑަށް ޕްރެޝަރު ކޮށް، ހިއްސާގެ ބާޒާރުތައް ޓޭންކް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އެމެރިކާގެ ގިނަ ބައެއްގެ ނުރުހުން ހޯއްދަވާފައެވެ.

ބޮސްޓަންގައި އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި މުޒާހަރާގެ ބައިވެރިއެއް ބުނެފައިވަނީ މުޒާހަރާއަށް ނުކުތީ ތެދުވެރިކަމާއެކު 'ފެސިޒަމް' ނުވަތަ ހަރުކަށި ފިކުރުގެ ވެރިކަމުގެ ވައްޓަފާޅިއާ އެއްގޮތަށް ގައުމުގެ ވެރިކަމުގެ ބޮޑު ބައެއް އެއް ވެރިއެއްގެ ދަށަށް ނުވަތަ މަދުބައެއްގެ އަތްދަށުގައި އޮތުން ހުއްޓުވަން ކަމަށެވެ. އަދި މިކަން ކުރަނީ އިދިކޮޅު ފަރާތްތައް ޖަލަށްލުން ހުއްޓުވުމާއި، ހިޖުރަކޮށްފައިވާ ފަރާތްތައް ޖަލަށްލުން ހުއްޓުވުމަށް ކަމަަށެވެ.

ކޮންގްރެސްގެ ދެ ގޭގެ މައިނޯރިޓީގައި އޮތް އިދިކޮޅު ޕާޓީ، ޓްރަމްޕްގެ ފިޔަވަޅުތަކާ ދެކޮޅު ހެދުމަށް ނިކަމެތިވެފައިވާ ކަމަށް ބުނުމުން ޑިމޮކްރެޓުން ތިބީ ރުޅިގަދަވެފަ އެވެ.

ވައިޓް ހައުސްއާ ތަންކޮޅެއް ދުރުގައި އޮންނަ ނޭޝަނަލް މޯލްގައި އެތައް ހާސް ބަޔަކު ވަނީ ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓްގައި އިމްޕީޗްމަންޓް މެނޭޖަރުކަން ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ރެޕްރެޒެންޓޭޓިވް ޖޭމީ ރަސްކިން ފަދަ ފަރާތްތައް ވަނީ މި އެއްވުމުގައި ވާހަކަ ދައްކާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޑުން ނުތިބޭނެ ކަމަށާއި، ހިމޭނުން ނުތިބޭނެކަމަށާއި، އަދި ފެއަށްވެސް ނުޖެހޭނެކަމަށް ގޮވާލާފައެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާތައް ދިޔައީ އަމާންކަމާއެކު ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި މުޒާހަރާތަކުގައި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވެސް ގިނަ އަދަދަކަށް ބައިވެރިވެފައިވެއެވެ. ޓްރަމްޕް ފުރަތަމަ 2016 ވަނަ އަހަރު ވެރިކަމާއި ހަވާލުވިތަނާހެން ވެސް އަންހެނުން އިސްނަގައިގެން ބޭއްވި އެއްވުމެއްގައި ބައި މިލިއަނަށްވުރެ ގިނަ މީހުން ވޮޝިންޓަނުގެ މަގުތަކަށް މުޒާހަރާއަށް ނުކުތެވެ.

އަދި ޓްރަމްޕުގެ ނުފޫޒު ގަދަވެފައިވާއިރު، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕްގެ އެޕްރޫވަލް ރޭޓިން ވަނީ އެންމެ ދަށަށް ގޮސްފައި ކަމަށް ދާދި ފަހުން ނެގި ވޯޓުތަކުން ދައްކަ އެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ޓެރިފްތަކަށް ބާރު އެޅުމާއި އެމެރިކާގެ ގިނަ ބައެއްގެ ނުރުހުން ބޮޑުވެފައިވީ ނަމަވެސް ވައިޓް ހައުސްއިން ވަނީ މުޒާހަރާތައް ދޮގުކޮށްފައެވެ.

އެމެރިކާގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެފައިވަނީ އޭނާގެ ސިޔާސަތުތަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް