Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަގޭ ރިޕޯޓް

17 ދުވަސް ވަންދެން ގައުމު ބަންދު!

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 2 އެޕްރީލު 2025 | ބުދަ 14:38
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ފޮނި ހުވަފެން ދައްކަމުންނެވެ. ތިމަންމެން މިތިބީ ރެޔާ ދުވާލު ރައްޔިތުންނާއި އެކީގައި ކަމަށް ބުނެއެވެ. ކެއުމެއް ނިދުމެއް އަރާމްކުރުމެއްވެސް އޮންނާނީ ރައްޔިތުންނަށް ޙިދުމަތްކޮށްފައި އެއަށް ފަހު ވިދާޅުވަމުންނެއެވެ. އެއްކަލަ ރައްޔިތުންނަށް ހީވި، ވެރިކަމަށް ގެންނަވަން މިއީ ފިސާރި ގަދަ ބޭފުޅަކަށްވާނެއެވެ. އެހެންތާ ވާނީވެސް، އެހެންނޫންތޯއެވެ. ޕީއެޗްޑީ ހާސިކުރައްވައިގެން ހުންނެވުމުން ރައްޔިތުން ބުނީ އާނ ހޭއްވައްލާ ތައްޔާރުއެވެ. ވެރިކަން މިއޮތީ އެވެ. އިސާހިތަކު ވެރިކަމުގެ ހުވާ ކުރައްވާ ވިދާޅުވީ އަޅުގަނޑު މިއައީ 24 ގަޑި އިރު ރައްޔިތުންނަށް ޚިދުމަތްކޮށްދޭންށެ އެވެ. ފިސާރި ފޯރިއާއި އެކު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ވަޑައިގެންނެވި މިނިސްޓަރުންވެސް ބުނާތީ އަޑު އިވެން ފެއްޓިއެވެ. ފޯނުގެ ޑޭޓާ އޮފްވެސް ކޮށްލަން ރައީސް ވަނީ މަނާކޮށްފައެވެ. އެވެސް ރައްޔިތެއްގެ އެއްވެސް ކަމެއް ލަސްނުވެ ރައްޔިތު މީހާއަށް ޚިދުމަތްކޮށްދިނުމަށެވެ.

ނަމަވެސް ވެރިކަން ފެށިގެން މިހާތަނަށް އައި އިރު ގިނައިން ފެނިގެންދަނީ ކޮންމެވެސް ކަމެއް ދިމާވެގެން ނުވަތަ ކޮންމެވެސް ކަމަކާއި ހުރެމެ، ސަރުކާރު ބަންދުކުރާ ދުވަސްތައް ގިނަވާ ތަނެއެވެ.

Advertisement - newsAdvertisement

އަދި ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި، ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް، ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށް ކަމުގައި ފާހަގަކުރައްވައި އެކަންކަން ކޮށްދެއްވުމަކީ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވަމުންނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން ކުޑަކުދިންނަށް ޚާއްޞަކޮށް، އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަ މިހެން ހުންނެވިއިރު ސުވާލަކީ އީދު ބަންދާއި ގުޅިގެން އުފާ ފަޅުކުރަން ޖެހެނީ ވަކި ބައެއްތޯއެވެ. ސްޓެލްކޯ، އެޗްޑީސީ ފަދަ ކުންފުނިތަކުގައި ރެޔާއި ދުވާލު ލައިޓް ޖެހުމުގައި ބުރަކޮށް އުޅުނު މުވައްޒަފުން ކޮބައިތޯއެވެ. ސަރުކާރުގެ ބިޔަ ބޮޑު މަޝްރޫއުތައް ކުންފުނިތަކާއި ހަވާލުކުރަން އަވިދިނެތި މަސައްކަތުގައި ތިބި ސީޓީސް މިނިސްޓްރީގެ މުވައްޒުން ކޮބައިތޯއެވެ. އީދުގެ ކަންކަމުގައި މިދެންނެވި މުވައްޒަފުން އުޅުނީ ވަރަށް ބުރަކޮށެއެވެ.

އެއްބަޔަކަށް އީދުގެ އުފާ ނުލިބި އަނެއް ބަޔަކަށް އީދުގެ އުފާ ލިބުން މިއީ އިންސާފެއްތޯއެވެ. ދެން އޮތީ އަނެއް ވާހަކައެވެ. 17 ދުވަސް މުޅި ގައުމު ބަންދުކޮށްލީއެވެ. މީގެ ކުރިންވެސް މިގައުމުގައި ރައްޔިތުން ރޯދަ މަހު ރޯދަ ހިފައި ސްކޫލު އަދި އޮފީސްތަކަށްވެސް ގޮސްހެދިއެވެ. ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅުވީ ރަމަޟާން މަހުގެ ފަހު ދިހަ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ގޮތުން އެކަން މަގުފަހިކޮށްދިނުމަށް ސަރުކާރު ބަންދުކުރާށެވެ. އެކަންވެސް ކޮށްފިއެވެ. ރޯދަ މަސް ނިމި ޝައްވާލުމަސް ފެށުމުން، އީދު ބަންދުގެ ނަމުގައި ޝައްވާލުމަގުގެ ފުރަތަމަ 6 ދުވަސް ބަންކުރީއެވެ.

މިއަދު ބޭންކް ބަންދު، ސަރުކާރުގެ އޮފީސްތައް ބަންދު، ސަރުކާރުގެ އެތައް މަސައްކަތެއް ހުއްޓި ގައުމު މިއޮތީ ބަންދުވެފައެވެ. އެއްކަލަ 24 ގަޑިއިރު ޚިދުމަތްދޭންބުނި ސަރުކާރުގެ ވެރިން ކޮބައިތޯއެވެ. އާރަށުގައާއި ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރައްވަނީއެވެ.

މިގޮތަށް ގައުމު ހުއްޓުމަކަށް ގެނެސްގެންވެސް ތިބެނީ ދުނިޔޭގެ ވަރަށް މުއްސަނދި ގައުމުތަކެއެވެ. ރާއްޖެ ހަމަ އެދަރައަށް ދިއައީތޯއެވެ. މިއަދު ރައްޔިތު މީހާ މިއުޅެނީ، އަސާސީ ޚިދުމަތެއް ކަމަށްވާ ކަރަންޓްގެ ޚިދުމަތް 24 ގަޑި އިރު ނުލިބިއެވެ. ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ނުލިބި ތަކުލީފްތަކާއި ކުރިމަތިލާންޖެހެނީ ރައްޔިތުމީހާއެވެ. ބޭސް ސިޓީއަށް ބޭސް ނުލިބިގެން ދެކޮޅަށް ދުވެ ނަގަނީއެވެ. އަދިވެސް ގައުމު ބަންދުކޮށްފައި ބާއްވަނީތޯއެވެ.

ގައުމުގެ އިންޖީނު ހުއްޓާލައިގެން ގައުމު ކުރިއަށްދާނެ ގޮތަކަށް ދޫކޮށްލައިގެން ރައީސް މުއިއްޒު ހުންނަވަނީ އަރިހުގައި ތިއްބަވާ ބަޔަކު ވިދާޅުވާތީތޯއެވެ. ފަހަރުގައި ވެދާނެ ޕާރސަނަލް ކޮންމެވެސް ކަމެއްގައި، ބަޔަކު ބުނީމަ އެކަމެއް އެގޮތަށް ނިންމަވަނީ ކަމަށް ބަޔަކު ބުނާތީ އަޑު އިވެއެވެ. ކޮންމެއަކަށް 24 ގަޑި އިރު މަސައްކަތްކުރަން އައި ސަރުކާރުން މިއަދު މުޅި ގައުމު ބަންދުކޮށް އީދު ފާހަގަކުރަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު