Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ ސިއްހީ މަރުކަޒު

ހޯރަފުށީ ސިއްހީ މަރުކަޒުން 9 މަހުގެ ކުޑަ ކުއްޖެއްގެ ގަޔަށް 18 މަހުގައި ޖަހަން ޖެހޭ ވެކްސިން އެއް ޖަހައިފި

އައިލާ އިން ވަނީ ނުބައި ވެކްސިން އެއް ކުއްޖާ އަށް ދިނުމަކީ އެއީ ސިއްހީ މަރުކަޒުގެ ފަރުވާ ކުޑަކަމުން ހިނގި ކަމެއް ކަމަށް ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2025 | އަންގާރަ 11:19
ހޯރަފުށީ ސިއްހީ މަރުކަޒުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހޯރަފުށީ ސިއްހީ މަރުކަޒުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހއ. ހޯރަފުށީ ސިއްހީ މަރުކަޒުން 9 މަހުގެ ކުޑަ ކުއްޖެއްގެ ގަޔަށް 18 މަހުގައި ޖަހަން ޖެހޭ ވެކްސިން އެއް ޖެހި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

އެ ކުޑަ ކުއްޖާގެ އާއިލާގެ ފަރާތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުޑަ ކުއްޖާ އަށް 9 މަހުގައި ދޭން ޖެހޭ ވެކްސިން ޖެހުމަށް، ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ މިދިޔަ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ވެކްސިން ޝެޑިއުލްކޮށްފައި ހުންނަ ގޮތަށް ބަލާ އިރު 18 މަހުގައި ޖަހަން ޖެހެނީ އެމްއެމްއާރް ވެކްސިންވެ. 9 މަހުގައި ޖަހަން ޖެހެނީ އެމްއާރް ވެކްސިންއެވެ. ދިމާވެފައިވާ މައްސަލަ އަކީ 9 މަހުގައި ކުއްޖާގެ ގަޔަށް އެމްއެމްއާރް ވެކްސިން ޖެހި މައްސަލައެކެވެ.

ކުއްޖާ އަށް ވެކްސިން ދިން ފަހުން މަހެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮށް ހޯމަ ދުވަހު ސިއްހީ މަރުކަޒުން އެ ކުއްޖާގެ މައިންބަފައިންނަށް ގުޅާ، ހޯރަފުށީ ސިއްހީ މަރުކަޒަށް އަންގާރަ ދުވަހު ހެނދުނު 09:40 ހާއިރު އައުމަށް އެދިފައިވާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފައެވެ. އަދި ސިއްހީ މަރުކަޒުގެ އެދުމާއި އެކު އަންގާރަ ދުވަހުގެ ހެނދުނު 10:00ހާއިރު ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކުރުމަށް އާއިލާ އިން ގޮސްފައިވާނެ ކަމަށް މި ނޫހަށް މައުލޫމާތު ދެމުން އެ ކުޑަކުއްޖާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

އާއިލާ އިން ބުނާ ގޮތުން ސިއްހީ މަރުކަޒުން ބުނީ ބައްދަލުކުރަން ބޭނުން ވަނީ ކުއްޖާ އަށް ދިން ވެކްސިން އާއި ގުޅޭ މައުލޫމާތެއް ދިނުމަށް ކަމަށް ބައްދަލުވުމަށް ހާޒިރުވުމަށް އެންގި އިރު ވެސް އާއިލާ އަށް ވަނީ އަންގާފަ އެވެ. އައިލާ އިން ވަނީ ނުބައި ވެކްސިން އެއް ކުއްޖާ އަށް ދިނުމަކީ އެއީ ސިއްހީ މަރުކަޒުގެ ފަރުވާ ކުޑަކަމުން ހިނގި ކަމެއް ކަމަށް ބުނެފައެވެ. އަދި ސިއްހީ މަރުކަޒުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އިހުމާލުވާ މުވައްޒަފަކު ހުރި ނަމަ އެކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އާއިލާ އަށް އަންގާފައިވާ ކަމަށް ވެސް އެ އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

މި ނޫހަށް މައުލޫމާތު ދެމުން އެ އާއިލާގެ މެމްބަރަކު ބުނީ އެ އާއިލާގެ ފަރާތުން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މިއީ މިފަދަ މައްސަލަ އެއް ދިމާވި ފުރަތަމަ ފަހަރަށް ނުވުމެވެ. އެގޮތުން ހަމަ މި ކުއްޖާ އަށް ވެކްސިން ދިނުމަށް ފަހު ވެކްސިން ރެކޯޑްކުރުމުގައި ކުރިން ވެސް އިހުމާލުވެފައިވާ މައްސަލަ އެއް ދިމާވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

އެގޮތުން ހޯރަފުށީ ސިއްހީ މަރުކަޒުން ކުއްޖާ އަށް 8 މަހުގައި ދޭން ޖެހޭ ވެކްސިން ދިން އިރު، ރަނގަޅު ވެކްސިން ޖެހުމަށް ފަހު ވެކްސިން ކާޑުގައި އެހެން ވެކްސިން އެއްގެ ނަން ޖެހި މައްސަލަ އެއް ފެންމަތިވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އަދި އެ ކުއްޖާ މާލެ ގެނެސް ބަރުދަން ބެލުމަށް މާލޭގެ ސިއްހީ ޚިދުމަތް ދޭ ތަނަކަށް ދިއުމުން، ކުއްޖާ އަށް ނުބައި ވެކްސިން އެއް ދީފައިވާ ކަމަށް އޭނާގެ ވެކްސިން ކާޑުން އެނގޭތީ އެކަން އާއިލާގެ ސަމާލުކަމަށް ގެނައި ކަމަށް ވެސް އެ އާއިލާ އިން ވަނީ ބުނެފަ އެވެ. އެ ހިސާބުން އާއިލާ އިން ސިއްހީ މަރުކަޒާއި ސުވާލުކުރުމުން އެއީ ވެކްސިން ރެކޯޑްކުރުމުގައި ދިމާވި މައްސަލަ އެއް ކަމަށް ހާމަކޮށްފައިވާ ކަމަށް އެ އާއިލާ އިން ވަނީ ހާމަކޮށްފަ އެވެ.

އެ އާއިލާ އިން ބުނީ މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަން ބޭނުންވާ ކަމަށާއި މި މައްސަލަ ގެންދެވުނު ހިސާބަކަށް ގޮސްގެން އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވަން ބޭނުންވާ ކަމަށެވެ. ސަބަބަކީ ދެން ތަކުރާރު ވުމަށް ނޭދޭތީ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

ސިއްހީ މަރުކަޒުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ގޮތުގައި ދެތިން އެ މަރުކަޒުގެ ސަމާލުކަމަށް މި މައްސަލަ އައީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. އެއީ ކުއްޖާ އަށް ވެކްސިން ދިންތާ ގަތްގަނޑަކަށް 3 ހަފްތާ ފަހުންނެވެ. އެކަން އެނގުނު ހިސާބުން އެޗްޕީއޭ އަށް އެކަން އަންގާ، އަމަލު ކުރަންވީ ގޮތުގެ އިރުޝާދަށް އެދިފައިވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެ މަރުކަޒުން ބުނީ ސިއްހީ މާހިރުންގެ ލަފާ މި ކޭސްގައި ހޯދާފައިވާ ކަމަށާއި ކުއްޖާ އަށް ނުރައްކާ ވާ ފަދަ ކަމެއް މި މައްސަލައިގައި ނެތް ކަމަށެވެ.

އަދި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ ޑރ.އަހުމަދު ފައިސަލްގެ ލަފާ ވެސް ހޯދާ، އެ ޑޮކްޓަރުގެ ލަފާ ހޯދުމަށް ފުރުސަތު ކުއްޖާގެ ދީފައިވާނެ ކަމަށް ހޯރަފުށީ ސިއްހީ މަރުކަޒުން ބުނެ އެވެ. މީހެ އިތުރުން އެޗްޕީއޭ އިން ލަފާ ދީފައި ވަނީ މިހާރު ދިން ޑޯޒް އަކީ އެމްއެމްއާރުގެ 1 ވަނަ ޑޯޒް ކަމަށް ރެކޯޑްކުރުމަށް ފަހު ޕޯޓަލް ވެސް އެއާއި އެއްގޮތަށް އަދާހަމަ ކުރުމަށް ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ. އަދި ދެން ދޭ ޑޯޒް 18 މަހުގަ، އެމްއެމްއާރްގެ 2 ވަނަ ޑޯޒްގެ ގޮތުގައި ރެކޯޑްކުރުމަށް ލަފާ ލިބިފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ޒިންމާވާން ޖެހޭ މުވައްޒަފުން އެކަހެރުކޮށްފައި ނުވާ ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެ މުވައްޒަފުންގެ މައްސަލަ އުސޫލާއި އެއް ގޮތަށް ބަލަމުންދާ ކަމަށާއި ސިވިލް ސަރވިސް ކޮންޑަކްޓާއި އެއްގޮތަށް މައްސަލަ ބަލާ، އިހުމާލުވާ ފަރާތެއް ވާނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ސިއްހީމަރުކަޒުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކުރިން ކުއްޖާ އަށް ދިން ވެކްސިން ރެކޯޑްކުރުމުގައި ދިމާވި މައްސަލަ އަކީ އެއީ ރެކޯޑް ލިޔުމުގައި ދިމާވި މައްސަލަ އެއް ކަމަށް އެ މަރުކަޒުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު