Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
' ވަޓް އިންޑިއާ ތިންކްސް ޓުޑޭ '

" ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނީ ގައުމުތަކުން އެއް އާއިލާ އެއްގެ ގޮތުގައި މަސައްކަތްކޮށްގެން "

އެ މަނިކުފާނު ވަނީ ކޮވިޑް-19އިގެ ދުވަސްވަރު އެހެން ޤައުމުތަކަށް އެހީވުމަށް އިންޑިއާ އިން އަދާކުރި ދައުރު ފާހަގަކޮށް އެކަމަށް ތައުރީފްކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 މާރިޗު 2025 | ހޯމަ 08:38
ޓީވީ ނައިން ނެޓްވޯކްގެ ' ވަޓް އިންޑިއާ ތިންކްސް ޓުޑޭ ' ސަމިޓްގައި އެެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެހެން ބައެއް ބޭފުޅުން އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނީ އެއް ބިމެއް، އެއް އާއިލާ އެއްގެ ގޮތުގައި ދުނިޔޭގެ ޤައުމުތަކުން މަސައްކަތްކޮށްގެން ކަމަށް އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ)އަބްދުﷲ ޝާހިދު ވިދާޅުވެއްޖައެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ޓީވީ ނައިން ނެޓްވޯކްގެ ' ވަޓް އިންޑިއާ ތިންކްސް ޓުޑޭ' ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބޮޑެތި ކަންކަން ނިންމުމުގައި ބަސްބުނުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރަން ޖެހޭ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ. ގައުމުތަކުގެ މުސްތަގްބަލް ބިނާކުރުމަށް އެކުގައި ގައުމުތަކުން މަސައްކަތްކޮށްގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މިއަދު ޤައުމުތަކުން ކުރިމަތިލާ ކަންކަމަކީ އެއް މައްސަލަ އެއްގެ ގޮތުގައި ދެކިގެން އެކުގައި ހައްލުކުރަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެކަނި އެއް ޤައުމަކަށް ނުކުމެ ކަންކަން ހައްލު ނުކުރެވޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. 

އެ ސަމިޓްގެ ހަވާސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19އިގެ ނުރައްކާތެރިކަމާއި ކުރިމަތިވި އިރު އެ ވައިރަސް ފެތުރުނީ ގުދުރަތީ ގޮތުން ދުނިޔޭގެ ޤައުމުތައް ވަކިވެފައި އޮތް އޮތުމަށް ބަލައިގެން ނޫން ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބަލީގައި އެތައް މިލިއަން ބަޔަކު މަރުވެ ދިޔަކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކޮވިޑް-19 ފަދަ ބަލިތަކުން އަރައިގަނެ، އެ ފަދަ މައްސަލަތަކަށް ހައްލު ހޯދެނީ ގައުމުތަކުން ގުޅިގެން އެކުގައި ކުރާ މަސައްކަތުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވަނީ ކޮވިޑް-19އިގެ ދުވަސްވަރު އެހެން ޤައުމުތަކަށް އެހީވުމަށް އިންޑިއާ އިން އަދާކުރި ދައުރު ފާހަގަކޮށް އެކަމަށް ތައުރީފްކުރައްވާފައެވެ. އެގޮތުން އިންޑިއާ އަކީ އަވަށްޓެރިންގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ބޭނުންވާ އިރު އެހީވާނެ ބައެއްކަން އިންޑިއާ އިން ސާބިތުކޮށްދީފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން އަދާކުރެއްވި އިރު އެކަން ވަރަށް ކައިރިން ދެކެވަޑައިގެންފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު