Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ އަޒީޒާ މޫސާ މިސްކިތް

ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގައި އީދު ނަމާދުކުރުމަށް ހަވާލުކުރި އިމާމު އަދި ބަދަލުގައި ހަމަޖެއްސި އިމާމު ސަސްޕެންޑް ކޮށްފި

އީދު ނަމާދުކޮށްފައިވަނީ 7:05 ހާއިރު ބޭރު މީހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2025 | އާދީއްތަ 05:26
ހުޅުމާލެ އަޒީޒާ މިސްކިތް

ހުޅުމާލެ އަޒީޒާ މިސްކިތް

ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގައި ފިތުރު އީދު ނަމާދުކުރުމަށް ހަވާލުކުރި އިމާމު އަދި ބަދަލުގައި ހަމަޖެއްސި އިމާމު ސަސްޕެންޑް ކޮށްފިއެވެ.

އަޒީޒާ މިސްކިތުގައި އިމާމު ނައުމުގެ ސަބަބުން އީދު ނަމާދުކޮށްފައިވަނީ 7:05 ހާއިރު ބޭރު މީހެކެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މިސްކިތަށް ހާޒިރުނުވާތީވެ، އުސޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާ ކަމަށެވެ.

އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެ މިސްކިތަށް ނަމާދަށް ދިޔަ މީހަކު ފަށާއިރު ޕްރޮގްރާމްއަށް ކިޔައިދިން ގޮތުގައި، އީދު ނަމާދު ކޮށްފައިވަނީ ބޭރު މީހެއް ކަމަށާއި، ޚުތުބާ ކިޔާފައިވަނީ ދިވެހި ބަހުން ނޫން ކަމަށެވެ. 6:45 ގައި ތަކުބީރު ކިޔަން ފަށައި، 7:00 ގައި ތަކުބީރު ކިޔުން ހުއްޓާލި ކަމަށާއި، 7:00 ގައި ވެސް އިމާމެއް ނާންނާތީ އެކަމުގެ މަޝްވަރާތަކެއް ވެސް މިސްކިތުގެ ތެރޭގައި ކުރިއަށް ދިޔަ ކަމަށެވެ. އަދި 7:05 ހާއިރު ބޭރު މީހަކު ތެދުވެ ނަމާދު ކުރި ކަމަށް އެމީހާ ބުންޏެވެ.

އަޒީޒާ މިސްކިތަށް ގިނަ ބަޔަކު އީދު ނަމާދު ކުރުމަށް ދިޔައެވެ. މިސްކިތުގެ އެތެރެ އަދި ބޭރުގައި ވެސް ގިނަ ބަޔަކު ޖަމާއަތް ހަދައިގެން ތިއްބެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު