Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުން

ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށްޓަކައި އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

29 މާރިޗު 2025 | ހޮނިހިރު 14:17

ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 މާރިޗު 2025 | ހޮނިހިރު 14:17
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ތިލަދުންމަތީ އުތުރުބުރީ ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 7/2025 ވަނަ ޤަރާރުންނެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ.

ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

25 ފެބްރުއަރީ 2024 ގައި ކެލާއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިޒޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާރުން ކަނޑައަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެންކަމަށާއި ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާންބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2017

އެހެން ރަށްރަށުގެ މީހުން ހުއްދަ ނެތި ރިނބުދޫ އަށް އެރުން މަނާ!

22 ޑިސެމްބަރު 2017
އެހެން ރަށްރަށުގެ މީހުން ހުއްދަ ނެތި ރިނބުދޫ އަށް އެރުން މަނާ!
07 ޑިސެމްބަރު 2017

ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުން ކުށްވެރިކުރަން: އަދާލަތު ޕާޓީ

07 ޑިސެމްބަރު 2017
ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުން ކުށްވެރިކުރަން: އަދާލަތު ޕާޓީ
12 ނޮވެމްބަރު 2017

އެމްޑީޕީއަކީ ރަށުގެ ތަރައްޤީއަށް އޮތް ހުރަހެން ނޫން: ކުޅުދުއްފުށީ ކައުންސިލް

12 ނޮވެމްބަރު 2017
އެމްޑީޕީއަކީ ރަށުގެ ތަރައްޤީއަށް އޮތް ހުރަހެން ނޫން: ކުޅުދުއްފުށީ ކައުންސިލް
28 އޮކްޓޯބަރު 2017

ޕީޕީއެމް އަންހެނުން ރަށްރަށުގެ ހޮޅިއަށިތަކުގައި "ޒުވާބު" ކުރަން އަބްދުއްރަހީމް ގޮވާލައްވައިފި

28 އޮކްޓޯބަރު 2017
ޕީޕީއެމް އަންހެނުން ރަށްރަށުގެ ހޮޅިއަށިތަކުގައި "ޒުވާބު" ކުރަން އަބްދުއްރަހީމް ގޮވާލައްވައިފި
26 ސެޕްޓެމްބަރު 2017

ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އިހްތިޖާޖުކުރިޔަ ނުދިނުމަށް ފަޅުގައި ހުރި ދޯނިފަހަރު ނަގައި ދަމާފައިވާ ދިދަތައް ވެސް ނަގަނީ

26 ސެޕްޓެމްބަރު 2017
ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އިހްތިޖާޖުކުރިޔަ ނުދިނުމަށް ފަޅުގައި ހުރި ދޯނިފަހަރު ނަގައި ދަމާފައިވާ ދިދަތައް ވެސް ނަގަނީ
02 ޖުލައި 2017

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!
29 ޖޫން 2017

މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ

29 ޖޫން 2017
މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ
03 ޖޫން 2017

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް