Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް ބޭނުންވަ ކާބޯތަކެތި

ޣައްޒާއަށް ބޭނުންވާ ކާބޯތަކެތި ހުރީ 2 ހަފްތާއަށް ވާވަރަށް

28 މާރިޗު 2025 | ހުކުރު 08:17

ޑަބްލިއުއެފްޕީން ބުރާސްފަތި ދުވަހު ބުނީ އެ ޖަމާއަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ގައުމުތަކަށް "ޣައްޒާއަށް އާ ކާބޯތަކެތީގެ ސާމާނު ގެނައުމަށް ނުކުޅެދިފައި އޮންނަތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ"

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މާރިޗު 2025 | ހުކުރު 08:17
ފަލަސްތީނުގެ ކުޑަ ކުދިންތަކެއް، ޗެރިޓީ ބަދިގެއަކުން ކައްކާ ކާނާ ލިބުމުން ހިފައިގެންދަނީ - 9 މާޗް 2025

ފަލަސްތީނުގެ ކުޑަ ކުދިންތަކެއް، ޗެރިޓީ ބަދިގެއަކުން ކައްކާ ކާނާ ލިބުމުން ހިފައިގެންދަނީ - 9 މާޗް 2025

ޣައްޒާގައި ބާކީ ހުރީ އެންމެ ދެ ހަފުތާގެ ކާބޯތަކެތީގެ ބާވަތްތައް ކަމަށް އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމުން އިންޒާރު ދީފިއެވެ.

"ޑަބްލިއުއެފްޕީގައި ގާތްގަނޑަކަށް 5،700 ޓަނުގެ ކާބޯތަކެތީގެ ސްޓޮކް ގާޒާގައި ބާކީ އެބަހުއްޓެވެ. ޑަބްލިއުއެފްޕީގެ އޮޕަރޭޝަންތަކަށް އެންމެ ގިނަވެގެން ދެ ހަފުތާ ވަންދެން އެހީތެރިކަން ފޯރުކޮށްދިނުމަށް ފުދޭނެ ކަމަށް ރޯމްގެ އެޖެންސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ފަށާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

އިސްރާއީލުން އަލުން ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން އެންމެ ހަތް ދުވަހުގެ ތެރޭގައި 142،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި، އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އަލުން ފެށުމުން ސަޕްލައި ދަށްވާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ.

ޑަބްލިއުއެފްޕީން ބުރާސްފަތި ދުވަހު ބުނީ އެ ޖަމާއަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ގައުމުތަކަށް "ޣައްޒާއަށް އާ ކާބޯތަކެތީގެ ސާމާނު ގެނައުމަށް ނުކުޅެދިފައި އޮންނަތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ" ކަމަށެވެ.

ޣައްޒާގެ އިންސާނީ ކާބޯތަކެތީގެ ސްޓޮކް މަދުވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކު އަނެއްކާވެސް ބަނޑުހައިހޫނުކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ޑަބްލިއުއެފްޕީން ބުނީ ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފުޅާވުމުގެ ސަބަބުން ކާބޯތަކެތީގެ އެހީގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް ބުރޫ އަރާ، އެހީދޭ މީހުންގެ ފުރާނަ ކޮންމެ ދުވަހަކު ވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ ސަލާމަތީ ހާލަތު ގޯސްވި ނަމަވެސް މީހުން އަވަސް މިނެއްގައި ގެދޮރުގެއްލެމުން ދިޔުމުގެ ސަބަބުން ވީހާވެސް އަވަހަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެއީ ވަކިވަކި ކާޑުގެ ބާވަތްތައް މަދުކޮށް، އެ އެޖެންސީއަށް ޖުމްލަގޮތެއްގައި ގިނަ ބަޔަކަށް ކާންދެވޭނެ ގޮތަށެވެ. އަދި ބައި މިލިއަން މީހުންނަށް ކާބޯތަކެތީގެ ޕާރުސަލް ބެހުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އޭގެ މާނައަކީ އެ ޕެކޭޖުތަކުން ގާތްގަނޑަކަށް އެއް ހަފުތާ ވަންދެން އާއިލާއަކަށް ކާންދޭނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

އިސްރާއީލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އާ އޮޕަރޭޝަންތަކަކީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް އަށް ހަނގުރާމައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން މެދުވެރިއެއްގެ މެދުގައި ދެކެވުނު މަޝްވަރާތަކުގައި މެދުކެނޑުމަކަށް ފަހު ބާކީ ތިބި މީހުން ދޫކޮށްލުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަންތަކެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި އަތުލައިގަތް 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ޣައްޒާގައި ބަންދުކޮށްފައިވާ އިރު އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

ރަސްމީ ތަފާސް ހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިސްރާއީލަށް ދިން ހަމަލާގައި 1،218 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.

އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ދިން އަސްކަރީ ހަމަލާތަކުގައި ޣައްޒާގައި 50،208 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ އާންމުން ވެސް ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ޖޫން 2018

ރެޑް ކްރޮސްއިން ޣައްޒާއަށް ޑޮކްޓަރުން ފޮނުވަނީ

01 ޖޫން 2018
ރެޑް ކްރޮސްއިން ޣައްޒާއަށް ޑޮކްޓަރުން ފޮނުވަނީ
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
12 މާރިޗު 2018

ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ

12 މާރިޗު 2018
ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ
22 ޖެނުއަރީ 2018

ޓްރަމްޕް ބޭނުންވާ ގޮތް ނުވުމުން ސެނެޓްގެ ޤަވާޢިދުތައް ބަދަލުކުރަން އަންގަވައިފި!

22 ޖެނުއަރީ 2018
ޓްރަމްޕް ބޭނުންވާ ގޮތް ނުވުމުން ސެނެޓްގެ ޤަވާޢިދުތައް ބަދަލުކުރަން އަންގަވައިފި!
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
22 ޑިސެމްބަރު 2017

ކެޓަލޯނިއާގެ ޤަނޫނު ހަދާ މަޖިލިސް އަނެއްކާ ވެސް ވަކިވެގަންނަން ބޭނުންވާ ޕާޓީތަކަށް

22 ޑިސެމްބަރު 2017
ކެޓަލޯނިއާގެ ޤަނޫނު ހަދާ މަޖިލިސް އަނެއްކާ ވެސް ވަކިވެގަންނަން ބޭނުންވާ ޕާޓީތަކަށް
02 ނޮވެމްބަރު 2017

އުސާމާ ބިން ލާދިންގެ ކޮމްޕިއުޓަރުގައި ހުރީ ބުޅާތަކާއި ކުޑަކުދިންގެ މަޖާ ވީޑިއޯ

02 ނޮވެމްބަރު 2017
  އުސާމާ ބިން ލާދިންގެ ކޮމްޕިއުޓަރުގައި ހުރީ ބުޅާތަކާއި ކުޑަކުދިންގެ މަޖާ ވީޑިއޯ
27 ސެޕްޓެމްބަރު 2017

700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި

27 ސެޕްޓެމްބަރު 2017
700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި
04 ސެޕްޓެމްބަރު 2017

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް
12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް