Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިތުރު އީދު ފާހަގަކުރުން

''އީދު ހަވީރު 1446'' ނަމުގައި ޚާއްސަ ބޮޑު ހަރަކާތެއް މާލޭގައި

26 މާރިޗު 2025 | ބުދަ 07:23

އީދު ހަވީރު ކުރިއަށްދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4ން 6ށް

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2025 | ބުދަ 07:23
އީދު ދުވަހެއްގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގެ ތެރެއިން- ފައިލް ފޮޓޯ

އީދު ދުވަހެއްގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގެ ތެރެއިން- ފައިލް ފޮޓޯ

ފިތުރު އީދު ދުވަހާ ގުޅިގެން ''އީދު ހަވީރު 1446'' ނަމުގައި ޚާއްސަ ބޮޑު ހަރާކާތެއް މާލޭގައި ބާއްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ބުދަ ދުވަހު އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އީދު ހަވީރު 1446 އަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ އީދު ހަވީރު 1446 އޮންނާނީ މާލޭ ސަލްޓަންޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަމުގެ ސަހަރައްހަދު ހިމެނޭހެން އެކަމަށް ތައްޔާރު ކުރެވިފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށެވެ. މިސަރަހައްދުގައި އީދު ހަވީރަށް ޒިޔާރަތް ކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި، އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި، އަދި އީދު ހަދިޔާ ދިނުން ވެސް އީދު ހަވީރުގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އިންތިޒާމް ކުރާ އީދު ހަވީރުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ އާއިލާތަކަށް ވަނީ ދީފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މާލޭގައި މިފަދަ އީދު ހަވީރެއް ސަރުކާރުގެ އިދާރާތައް ގުޅިގެން އިންތިޒާމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ މި މުހިންމު މުނާސަބާގެ އުފަލުގައި ވީހައި ގިނަ ދިވެހި އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ އިޖުތިމާއީ ރޫހު އާލާކުރުން ކަމަށާއި، އަދި ވަކީން ޚާއްސަކޮށް ކުޑަކުދީންނަށް އީދުގެ ހާ އުފާވެރިކަން ބޮޑަށް އިހްސާސް ކޮށްދިނުން ކަމަށެވެ. ޒަމާނުއްސުރެ ކޮންމެ އީދެއްގައި ދިވެހީންގެ މެދުގައި އޮތް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާންގަލާންކޮށް މުނިފޫހިފިލުވައި ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތަކަށް ދިރުން ގެނެސްދިނުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މިފަހަރު އީދު ހަވީރު ކުރިއަށްދާނީ ކުޑަކުދީންގެ ގަޔާވާނެ ވަރަށް ގިނަ ކަންކަން ހިމަނައިގެން ކަމަށާއި، އަދި އެކި ފަންނުވެރީންގެ ރީތި ހުށަހެޅުންތަކުގެ އިތުރުން ކުޅިވަރު ކުޅުމާއި، ޚާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅުތަކާ ވެސް އެކު ކަމަށެވެ.

އީދު ހަވީރު ކުރިއަށްދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4ން 6ށެވެ. އީދު ހަވީރުގައި ބައިވެރިވުމަށް ޒިޔާރާތް ކުރާ އާއިލާތަކުން ސަލްޓަންޕާކުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ސަރަހައްދަށް ވަނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް