Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އާއި އެމެރިކާގެ މަންދޫބުން ސައުދީގައި ބައްދަލު ކުރަނީ

ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ރަޝިޔާ އަދި އެމެރިކާގެ މަންދޫބުން ވަނީ ކަޅު ކަނޑުގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2025 | އަންގާރަ 13:00
އެމެރިކާ އަދި ޔުކްރެއިންގެ ދިދަ ކުރަހާފައިވާ މަންޒަރެއް

އެމެރިކާ އަދި ޔުކްރެއިންގެ ދިދަ ކުރަހާފައިވާ މަންޒަރެއް

ޔުކްރެއިންގެ މަންދޫބުން އަދި އެމެރިކާގެ މަންދޫބުން، ކަޅު ކަނޑުގެ ހަނގުރާމައާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގައި ބައްދަލު ކުރުމަށް ނިންމައިފި އެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި ރަޝިޔާ އަދި އެމެރިކާގެ މަންދޫބުން ވަނީ ކަޅު ކަނޑުގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކައި ފައެވެ.

އެއަށްފަހު، އަންގާރަ ދުވަހު ޔުކްރެއިންގެ ވަފުދާ އެކު މަޝްވަރާ ކުރުމަށް މިހާރު ވަނީ ނިންމައި ފައެވެ.

ހޯމަ ދުވަހު ރިޔާދުގައި ބޭއްވުނު ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތަކަކީ، އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ތިން އަހަރަށް ދެމިގެން ދިޔަ ހަނގުރާމަ ނިންމުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ.

ވައިޓް ހައުސްގެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ވަނީ ލިބިފައެވެ. 

ރަޝިޔާގެ މަސްދަރަކުން ރޮއިޓަރސް އަށް މަޢުލޫމާތު ދިން ގޮތުގައި، ރިޔާދު ގައި ކުރިއަށް ދިޔަ މަޝްވަރާތައް ނިމި، ދެ ގައުމުން އެއްބަސްވާ ޑްރާފްޓް ބަޔާނެއް ރަޝިޔާ އަދި އެެމެރިކާ އަށް ވަނީ ފޮނުވިފައި އެވެ. 

އެހެން ނަމަވެސް، ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ، އެއްވެސް ލިޔުމެއްގައި ސޮއި ނުކުރާނެ ކަމަށެވެ.

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި، އެ ގައުމުގެ މަންދޫބުން އެމެރިކާގެ ޓީމާ ބައްދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

މި މަޝްވަރާތައް ކުރިއަށް ދާއިރު، ދެ ގައުމުގެ ހަމަލާތައް ވެސް ކުރިއަށް ދެއެވެ. ރަޝިޔާގެ މިސައިލް ހަމަލާއެއްގައި މަދުވެގެން 88 މީހުންނަށް އަނިޔާވި ކަމަށް ޔުކްރެއިނުން ބުނާއިރު، ޔުކްރެއިންގެ ހަމަލާއެއްގައި ދެ ނޫސްވެރިންނާއި، ޑްރައިވަރަކު މަރުވި ކަމަށް ރަޝިޔާ އިން ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު