Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ކަރަންޓުގެ މައްސަލަ

ކަރަންޓުގެ ހާލަތު ބޮއްސުންލުމުން އަނެއްކާވެސް އައްޑޫ އަށް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ހިފައިގެން އައްޑޫ ސިޓީއަށް ބޯޓް ދާނެ ކަމަށް ފެނަކައިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 މާރިޗު 2025 | އަންގާރަ 08:01
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވެ އާއްމުން ރުޅިގަދަވުމުން، އެ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފިއެވެ.

އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންކަމަށް ވާއިރު ރޯދަ މަހާއި ހިސާބަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް އެ ވައުދު ނުފުއްދި އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާ މިންވަރު ވަނީ އިތުރުވެފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ޕަވަރ ސްޓޭޝަންގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ކަރަންޓު ކަނޑާ ވަގުތު އިތުރުކުރުމާއި އެކު އައްޑޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާއި އެކު ފެނަކައިން ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ގެންދާނެ ކަމަށް އަނެއްކާވެސް ބުނެފައެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ހިފައިގެން އައްޑޫ ސިޓީއަށް ބޯޓް ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ކުރިން މާރޗް 13 ވަނަ ދުވަހު ވެސް އައްޑޫއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. ފެނަކައިން ބުނެފައި ވަނީ އައްޑޫގައި މިވަގުތު ހުރި ޖެން ސެޓުތަކުގެ މަރާމާތުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އާއްމުން ދަނީ މިއީ ފާޑުކިޔުންތަކުން ރެކެން ދައްކާ ދޮގު ވާހަކަތައް ކަމަށް ބުނެ މީސްމީޑިއާގައި ފެނަކަ އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން އާއްމު މީހަކު ވަނީ މިއީ މީސްމީޑިއާގައި އަމާޒުވާ ފާޑުކިޔުންތައް ކުޑަކުރުމަށް ދައްކާ މަންޒަރެއް ކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން މީސްމީޑިއާގައި އާއްމުންގެ އިތުރު މީހަކު ބުނެފައި ވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު މައްސަލަ ހައްލުވާނެކަމަށް ފެނަކައިން ކުރިން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އައްޑޫ ރައްޔިތުންނަށް ވީ އެ ވައުދު ރޯދަ މަހުގެ ފަހު 10 އަށް އައި އިރު ވެސް ނުފުއްދޭތީ އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ، މިމަހުގެ 10 ވަނަ ދުވަހު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވާފައިވެއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް އެމްޑީޕީގެ 12 މެންބަރުންނާއި ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ފިޔަވާ އިތުރު ބޭފުޅުންގެ އެއްބާރުލުމެއް ނުލިބުނެވެ. އަދި ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު