Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގައްޒާ ހަނގުރާމަ

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން އިއާދަކުރަން މިސްރުން އާ ހުށަހެޅުމެއް ހުށަހަޅައިފި

ހަމާސްގެ އޮފިޝަލަކު ހުށަހެޅުއްވި ހުށަހެޅުން ކަށަވަރު ކޮށްނުދިން ނަމަވެސް ރޮއިޓާސްއަށް ވިދާޅުވީ "މި ފަރަގު ނައްތާލުމަށާއި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފެށުމަށް މަގު ފަހިވެގެންދާނެ ގޮތަށް މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިއެއްގެ މެދުގައި ގިނަ ހުށަހެޅުންތަކަކާ މެދު މަޝްވަރާ ކުރަމުން އަންނަ" ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 19:19
އިސްރާއިލުގެ އުދުވާނީ ހަމަލާއެއްގައި ބިމާ ހަމަވެފައިވާ ގެއެއް ކައިރީގައި ގައްޒާގެ ރައްޔިތުން މަޑުކޮށްލައިގެން - 24 މާޗް 2025

އިސްރާއިލުގެ އުދުވާނީ ހަމަލާއެއްގައި ބިމާ ހަމަވެފައިވާ ގެއެއް ކައިރީގައި ގައްޒާގެ ރައްޔިތުން މަޑުކޮށްލައިގެން - 24 މާޗް 2025

އިސްރާއީލާއި ހަމާސްއާ ދެމެދު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން އިއާދަކުރަން މިސްރުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި 65 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން ބުނެފައި ވާދަނޑިވަޅެއްގައި ކަމަށް ޣައްޒާގެ ސަލާމަތީ ބާރުތަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުން ހަމާސްއާ ދެކޮޅަށް ވައިގެ މަގުންނާއި އެއްގަމު މަގުން އޮޕަރޭޝަންތައް ފަށާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން މިދިޔަ ހަފުތާގައި މި ހުށަހެޅުން ވަނީ ބަދަލުކޮށްފަ އެވެ.

އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 700 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން 400 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. ހަމާސް އިން ބުނީ އެ ޖަމާއަތުގެ ސިޔާސީ އަދި ސަލާމަތީ ބައެއް އިސް އޮފިޝަލުން ވެސް ޝަހީދުކޮށްފައިވާ ކަމަށެވެ.

މިސްރުގެ ޕްލޭނުގައި ކޮންމެ ހަފުތާއަކު ވެސް އިސްރާއީލުގެ ފަސް މީހުން ދޫކޮށްލުމަށް ހަމާސް އިން ގޮވާލާފައިވާއިރު، ފުރަތަމަ ހަފުތާއަށްފަހު އިޒްރޭލުން ދެވަނަ ފިޔަވަހީގެ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާ ތަންފީޒު ކުރަމުންދާ ކަމަށް ސަލާމަތީ ދެ އޮފިޝަލަކު ވިދާޅުވި އެވެ.

ހަމާސް ޖަމާއަތުން އަދިވެސް 59 މީހަކު ހިފަހައްޓައިގެން ތިބިއިރު އޭގެ ތެރެއިން 24 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ހަމާސް އިން ވެސް އެ ހުށަހެޅުމަށް އެއްބަސްވި ނަމަވެސް އިޒްރޭލުން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

ހަމާސްގެ އޮފިޝަލަކު ހުށަހެޅުއްވި ހުށަހެޅުން ކަށަވަރު ކޮށްނުދިން ނަމަވެސް ރޮއިޓާސްއަށް ވިދާޅުވީ "މި ފަރަގު ނައްތާލުމަށާއި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފެށުމަށް މަގު ފަހިވެގެންދާނެ ގޮތަށް މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިއެއްގެ މެދުގައި ގިނަ ހުށަހެޅުންތަކަކާ މެދު މަޝްވަރާ ކުރަމުން އަންނަ" ކަމަށެވެ.

އަދި މިސްރުގެ ހުށަހެޅުއްވުމުގައި އިސްރާއީލުން ޣައްޒާއިން މުޅިން ފޭބުމުގެ ޓައިމްލައިނެއް ވެސް ހިމަނާފައިވާ ކަމަށާއި، އޭގެ ބަދަލުގައި އެމެރިކާގެ ގެރެންޓީތަކުގެ އެހީގައި އިސްރާއީލުން ޣައްޒާއިން މުޅިން ފޭބުމުގެ ޓައިމްލައިނެއް ވެސް ހިމަނާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހަމާސް ޖަމާއަތުން ވަނީ ޖެނުއަރީ މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައި ވީ ނަމަވެސް، އެ ގައުމުން ވަނީ ހަނގުރާމައިގެ އެއްބަސްވުމާ މެދު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްގެ ހުށަހެޅުންތައް ދިރާސާ ކުރަމުންނެވެ.

އިސްރާއީލުން ބުނީ ޣައްޒާގައި ހަމާސް ޖަމާއަތުން ބާކީ ތިބި މީހުން ދޫކޮށްލުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އަސްކަރީ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށެވެ.

ފަލަސްތީނުގެ އޮފިޝަލުން އާދީއްތަ ދުވަހު ވަނީ ގާތްގަނޑަކަށް 18 މަސް ދުވަހުގެ ހަމަނުޖެހުންތަކުގައި ޝަހީދުވި މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބުނެފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ވަދެ، 1،200 މީހުން މަރާލާފައިވާ ކަމަށް ބުނެއެވެ.

ރަފާގެ ލޯކަލް މުނިސިޕަލްޓީން ބުނީ އިޒްރޭލުގެ އަސްކަރިއްޔާއިން ބައެއް ސިފައިން ފޮނުވި ތެލް އަލް ސުލްތާން ސަރަހައްދުގެ ތެރޭގައި އެތައް ހާސް ބަޔަކު ތާށިވެފައިވާ ކަމަށާއި، އެ ސަރަހައްދުގެ ހަލާކުގެ ތެރޭގައި އާއިލާތައް ތާށިވެފައިވާ ކަމަށާއި ފެނާއި ކާބޯތަކެއްޗާއި ބޭހެއް ވެސް ނެތް ކަމަށެވެ.

ފަލަސްތީނުގެ ސިވިލް އިމަޖެންސީ ސާވިސް އިން ބުނީ ރަފާގައި 50،000 މީހުން އަދިވެސް ތާށިވެފައިވާ ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ތާލް- އަލް ސުލްތާން ވަށާލީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗާ ސައިޓްތައް ނައްތާލައި އެ ސަރަހައްދުން ޓެރަރިސްޓުން ނައްތާލުމަށް" ކަމަށެވެ.

އދ.ގެ ފަލަސްތީނުގެ ރިލީފް އެޖެންސީ ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ފާއިތުވި ދުވަސްތަކުގައި ޣައްޒާގައި 124،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު