Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވުން

ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝަމްވީލާއި މެދު އިހުމާލުވެފައިވާ ކަމަށް ޤަބޫލުކުރެވޭ - އާއިލާ

23 މާރިޗު 2025 | އާދީއްތަ 16:51

މީގެ ކުރިން އޭނާ ދަންޖެހެން މަސައްކަތް ކުރިތޯ ނުވަތަ ނޫންތޯ އަދި ވަނީ ސާފުވާގޮތް ނުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 މާރިޗު 2025 | އާދީއްތަ 16:51
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވި ގައިދީ އާއި މެދު އިހުމާލުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާގެ އާއިލާ އިން ތުހުމަތުކޮށްފިއެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދިން ގޮތުގައި މަރުވެފައި ވަނީ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) އެވެ.

Advertisement - newsAdvertisement

ކަރެކްޝަންސް އިން ބުނީ، 23 މާރޗް ވީ އާދިއްތަ ދުވަހު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އާދިއްތަ ދުވަހުގެ 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ޝަމްވީލްގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު އޭނާގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނީ ޝަމްވީލް އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އެކަން އޭނާ އަށް ޙުކުމް ކުރި އިރު ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާ އާއި މެދު ބަހައްޓަން ޖެހޭ ސަމާލުކަން ކަރެކްޝަންސް އިން ނުބަހައްޓާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭނާގެ އާއިލާ މީހަކު މި ނޫހަށް ކިޔާ ދިން ގޮތުގައި އޭނާ ޖަލުހުކުމް ތަންފީޒްކުރަން ފެށި އިރު ވެސް އޭނާ އެކަހެރިކޮށްފައި ބެހެއްޓި ކަމަށް އާއިލާ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފަހުން އެހެން ގައިދީންނާއި އެކު ޝަމްވީލް ބަހައްޓާފައި ހުރުމަށް ފަހު އަނެއްކާވެސް އޭނާ އެކަހެރިކޮށްފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް އެކަން ހިނގި ތާރީހުތައް ނޭނގޭ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެއީ އޭނާ ފަދަ ނަފްސާނީ މީހަކާއި މެދު އަމަލުކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އާއިލާ އިން ބުނެއެވެ.

އާއިލާ އިން ވަނީ އޭނާ މީގެ ކުރިން ދަން ޖެހެން އުޅުނު ކަމަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އާއިލާ އަށް އަންގާފައި ނުވާ ކަމަށް ޝަމްވީލްގެ އާއިލާ އިން ބުނެއެވެ.

ޝާމިލް އެކަހެރިކޮށްފައި ވޭތޯ ބެލުމަށް ކަރެކްޝަންސް އާއި ރާއްޖެއެމްވީން ކުރި ސުވާލަށް އަދި ޖަވާބު ލިބިފަ އެއް ނުވެއެވެ. އަދި މީގެ ކުރިން އޭނާ ދަންޖެހެން މަސައްކަތް ކުރިތޯ ނުވަތަ ނޫންތޯ އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. އެހެންނަމަވެސް ޝަމްވީލް ދަންޖެހިފައި ހުއްޓާ ފެނުމުން އޮންނަ އުސޫލާއި އެއްގޮތަށް ހުރިހާ އިދާރާއަކަށް އަންގާފައި ވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.

އިބްރާހިމް ޝަމްވީލް މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި އޭނާގެ ޢާއިލާގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް