Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ ބަލިމީހުންގެ ފަރުވާ

ތެލަސީމިއާ ސެންޓަރުގެ ހާލަތު ރައީސްއަށް އެނގިވަޑައިނުގަތް ކަމަށް ވިދާޅުވުމުން ދޭހަވަނީ އެއީ ރައީސްގެ ވެސް ހާލަތުކަން - މައުރޫފް

24 މާރިޗު 2025 | ހޯމަ 04:23

ތެލެސީމިއާ ސެންޓަރަށް ބޭނުންވެގެން އުޅެނީ ޑިރެކްޓަރ ޖެނެރަލްއެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 މާރިޗު 2025 | ހޯމަ 04:23

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ތެލަސީމިއާ ސެންޓަރުގެ ހާލަތު ރައީސްއަށް އެނގިވަޑައިނުގަތްކަމަށް ވިދާޅުވުމުން ދޭހަވަނީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ހާލަތު ހުންނެވި ގޮތް ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން އެއިން އެނގިވަޑައިގަންނަވަނީ އެމަނިކުފާނު ހާލަތު ކަމަށެވެ. މައުރޫފް ވިދާޅުވީ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް އެވަރުގެ ކަމެއް ހިނގިކަމަށް އެނގިވަޑައިނުގެން އޮތްކަމަށް ވިދާޅުވުމުން އެއީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ މުޒާހަރާގައި ތިބި ބައެއް ފަރާތްތަކުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވާ އެ ވާހަކަތައް ހިއްސާކުރެއްވި ކަމަށް ބުނެފައިވާ ކަމަށާއި، ފޯނާއި މެސެޖުން ވެސް އެވާހަކަތައް ރައީސް އާއި ހިއްސާކުރެއްވި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވާ ކަމަށެވެ.

ކަނޑައެޅިގެން އިތުރުފުޅެއް ހެއްދެވިތަން އަނެއްކާވެސް ފެނިގެން މިިދިޔައީ. އަޅުގަނޑުވެސް ބަލާލިން އިންޓަރވިއު. ވިދާޅުވި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރަކު ނެތިއޭ ދަނީ. އެހެންވީމާ އެކަން ހައްލު ކޮށްދެއްވާނަމޭ. ރޭގައި އެތަނުގައި މުޒާހަރާކުރި އެއްވެސް ބެލެނިވެރިއަކު، ތެލެސީމިއާ ޕޭޝަންޓަކު މުޒާހަރާކުރި އިރުގައި ވާހަކަ ދެއްކި އަޑު އަޅުގަނޑު ނާހަން ޑިރެކްޓަރ ޖެނެރެލްއެއް އައްޔަންކޮށްދެއްވާށޭ ކިޔާފައި. އެތަނުގައި ފަރުވާ ނުލިބޭތީ އެތަނުގައި މުޒާހަރާ ކުރީ.
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް ވިދާޅުވީ ފަރުވާދޭން ހަދާފައި އިންނަތަނަކާއި ގުޅިގެން މުޒާހަރާކުރުމަށްޓަކައި ބަޔަކު އެއްވާނި އެތަނުން ފަރުވާ ނުލިބިގެން ކަމަށާއި، މަގާމެއްގައި މީހަކު ނެތިގެން ނޫން ކަމަށެވެ. މައުރޫފް ވިދާޅުވީ މަގާމެއްގައި މީހަކު ނެތަސް އެތަން ހިންގާ މީގެ ކުރިން ވެސް އެތަނުން ފަރުވާ ދީފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެތަނުގައި ޑިރެކްޓަރ ޖެނެރަލްއެއް ނެތްކަމަށް ރައީސް ވިދާޅުވި އިރު، އެތަނަށް އެތައް ސިޔާސީ ބޭފުޅުންނެއް ރައީސް އައްޔަން ކުރައްވާފައިވާ ކަމަށާއި، ޑިރެކްޓަރ ޖެނެރަލްއެއް އައްޔަން ނުކުރައްވާ ސިޔާސީ މީހުން އައްޔަން ކުރެއްވުމުން އެކަމުން ދޭހަވަނީ ރައީސް މުއިއްޒުއަށް ވެސް އެކަން މުހިންމު ވެވަޑައިނުގަތުން ކަމަށެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

23 މެއި 2017

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

23 މެއި 2017
ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި
01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް