Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން، ހަމާސްގެ ސިޔާސީ ލީޑަރު ޝަހީދު ކޮށްލައިފި 

23 މާރިޗު 2025 | އާދީއްތަ 09:44

ހަމާސް އިން ބުނާ ގޮތުގައި، ބާދަވީލް އަދި އޭނާގެ އަނބިކަނބަލުން ޝަހީދުވީ ޚާން ޔޫނިސްގައި ހުރި ޓެންޓް ހިޔާވަހި ކަމެއްގައި ނަމާދު ކުރަމުން ދަނިކޮށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2025 | އާދީއްތަ 09:44
އިސްރާއީލުން ވައިގެ ހަމަލާގައި ޝަހީދުވީ ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުތައް އުފުލާ މަންޒަރު

އިސްރާއީލުން ވައިގެ ހަމަލާގައި ޝަހީދުވީ ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުތައް އުފުލާ މަންޒަރު

އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި، ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު ޞަލާޙު އަލް-ބާދަވީލް ޝަހީދު ކޮށްލައިފި އެވެ.

ހަމާސްގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ދެކުނު ޣައްޒާގައި ދިން ވައިގެ ހަމަލާއެއްގައި، އެ ޖަމާއަތުގެ ސިޔާސީ ލީޑަރު ވަނީ ޝަހީދުވެފަ އެވެ.

Advertisement - worldAdvertisement

މިއީ އިސްރާއީލުން މިދިޔަ ހަފްތާގައި ފެށި ހަނގުރާމައިގެ އޮޕަރޭޝަން އިތުރަށް ހަރުދަނާ ކުރަމުންދާ ވަގުތެއްގައި ހިނގި ކަމެކެވެ. ހަމާސް މީޑިއާ އިން ބުނާ ގޮތުގައި، ޚާން ޔޫނިސްގައި ދިން ވައިގެ ހަމަލާގައި ބާދަވީލް އަދި އޭނާގެ އަނބިކަނބަލުން ވަނީ ޝަހީދުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިސްރާއީލްގެ އޮފިޝަލުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ. މީގެ ކުރިން، ދެމަސް ވަންދެން އޮތް ހަމަ ހިމޭންކަމަށް ފަހު، އިސްރާއީލުން އަނެއްކާ ވެސް ވަނީ ހަނގުރާމައިގެ އޮޕަރޭޝަންތައް ފަށާފައި އެވެ.

އާދީއްތަ ދުވަހު ހެނދުނު، ޣައްޒާގެ އުތުރާއި، މެދުތެރެ އަދި ދެކުނުގައި ވަނީ ގިނަ އަދަދެއްގެ ގޮވުންތަކެއް ގޮއްވާލައިފަ އެވެ. ސިއްހީ އިދާރާ ތަކުން ބުނާ ގޮތުގައި، މިއަދު އެކަނި ރަފަހު އަދި ޚާން ޔޫނިސްގައި ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 18 ރައްޔިތުން ވަނީ ޝަހީދުވެފައި އެވެ.

ހަމާސް އިން ބުނާ ގޮތުގައި، ބާދަވީލް އަދި އޭނާގެ އަނބިކަނބަލުން ޝަހީދުވީ ޚާން ޔޫނިސްގައި ހުރި ޓެންޓް ހިޔާވަހި ކަމެއްގައި ނަމާދު ކުރަމުން ދަނިކޮށެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަނގުރާމައިގެ މައިގަނޑު މަޤްސަދަކީ ހަމާސް ނައްތާލުން ކަމުގައި ތަކުރާރުކޮށް ބުނެފައި އެވެ.

މިހާތަނަށް މި ހަނގުރާމައިގައި 49،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައި އެވެ. އަދި ސަތޭކަ ހާހަށް ވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި، ޓެންޓުތަކާއި ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދެ އެވެ.

ޢަރަބި އަދި ޔޫރަޕުގެ ޤައުމުތަކުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް