Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާ އޮތީ މަޝްވަރާތަކުން ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދުގައި

ހޯމަ ދުވަހު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާގައި، ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ޤައުމުން އުންމީދު ކުރާ ކަމަށާއި، މަޝްވަރާތަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2025 | އާދީއްތަ 05:24
ރަޝިޔާ އަދި ޔުކްރެެއިންގެ ދިދަ ފެންނަ ފޮޓޯއެއް

ރަޝިޔާ އަދި ޔުކްރެެއިންގެ ދިދަ ފެންނަ ފޮޓޯއެއް

ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުން ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ތިބި ކަމަށް އެ ޤައުމުން ހާމަކޮށްފި އެވެ.

މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާގެ މަންދޫބަކު ބުނެފައިވާ ގޮތުގައި، ހޯމަ ދުވަހު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާގައި، ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ޤައުމުން އުންމީދު ކުރާ ކަމަށާއި، މަޝްވަރާތަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ.

އެ މަޝްވަރާތަކާ އެކު އެކީގައި، އެމެރިކާ އިން ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ވަކި މަޝްވަރާތަކެއް ކުރިއަށް ގެންދާނެ އެވެ.

ޔުކްރެއިން އަދި އެމެރިކާ އިން ހުށަހެޅި 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ރަޝިޔާ އިން އަދި ބަލައިގެންފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ހުށަހަޅާފައ ިވަނީ، ހަމައެކަނި ހަކަތައިގެ ވަސީލަތްތަކަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ހުއްޓާލުމަށެވެ.

ރަޝިޔާގެ ފަރާތުން މަޝްވަރާތަ ކުގައި ބައިވެރިވާ ސެނެޓަރު ގްރިގޮރީ ކަރަސިން، މިނިސްޓްރީ އޮފް ޑިފެންސްގެ ޓީވީ ޗެނަލް ޒުވެޒްދާ އަށް ވިދާޅުވީ އެބޭފުޅުންނަށް "ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް" ހޯދޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

މަޝްވަރާތަކަށް ރަޝިޔާ އިން ފޮނުވާ މަންދޫބުންގެ ގޮތުގައި ކަރަސިން އާއި އެފްއެސްބީގެ ލަފާދޭ ފަރާތެއް ކަމަށްވާ ސާގޭ ބެސެދާ ހަމަޖެއްސުމާ މެދު އޮތީ ސުވާލު އުފެދިފައި އެވެ.

އެއީ މި ދެ ފަރާތަކީ ވެސް  ފޮރިން އަދި ޑިފެންސް މިނިސްޓްރީ ތަކުން ބޭރުގެ ފަރާތްތަކެއް ކަމަށްވާތީ އެވެ.

މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. އެ މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާގެ މަންދޫބުން ސައުދީ އަށް ފުރާނީ އާދީއްތަ ދުވަހު އެވެ. އަދި މަޝްވަރާ އަށް ފަހު، އަންގާރަ ދުވަހު އެނބުރި ޤައުމަށް އަންނާނެ އެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
19 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

19 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ
08 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

08 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު