Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންޑިއާގެ މާލީ އެހީ

އިންޑިއާއިން ރާއްޖެއަށް 832 ކްރޯޑް ރުޕީސްގެ އެހީ ދީފި

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސާދު ދަމަހައްޓަން ދަތިތަކެއް ކުރިމަތިވެފައިވާ އިރު، 2023 ވަނަ އަހަރު ޖީޑީޕީ ގެ ކުރިއެރުން 4 ޕަސެންޓަށް ދަށްވެފައިވާ އިރު، 2022 ވަނަ އަހަރު 13.9 ޕަސެންޓް ވަނީ ދަށްވެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2025 | ހުކުރު 08:58
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ

އިންޑިއާއިން 2023-2024 ވަނަ އަހަރު ރާއްޖެއަށް 832.83 ކްރޯޑް ރުޕީސް (1,487,971,865.36 ބިލިއަން ދިވެހި ރުފިޔާ) ބޮޑު އެހީއެއް ދީފިއެވެ.

މިއީ މި މުއްދަތުގެ ތެރޭގައި ބޭރުގެ އެއްވެސް ގައުމަކަށް ދިން އެންމެ ބޮޑު އެހީއެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

Advertisement - businessAdvertisement

ރާއްޖެ އަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމުން އިންޑިއާ އިން ވަނީ ރާއްޖެ ސަލާމަތް ކުރަން އެހީތެރިވެފައެވެ. މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިއާއިންނެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، 2023-2024 ވަނަ އަހަރުގެ ތެރޭގައި، އިންޑިއާއިން 832.83 ކްރޯޑް ރުޕީސްގެ އެހީއެއް ރާއްޖެއަށް ދީފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ނުލިބުމުން ދަރަނީގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. 2022 ވަނަ އަހަރު ޖީޑީޕީ ގެ ކުރިއެރުން 13.9 އިންސައްތައަށް އަރާފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ހަތަރު އިންސައްތައަށް ދަށަށް ގޮސްފައިވާއިރު، ޕެންޑެމިކްގެ ކުރިން ފަތުރުވެރިން ޚަރަދުކުރާ މިންވަރަށްވުރެ ދަށް ރޭޓުތަކެއްގައި ފަތުރުވެރިން ޚަރަދުކޮށްފައިވާކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާއިން ދިން މާލީ އެހީތަކުގެ ތެރޭގައި 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލާއި، 400 މިލިއަން ޑޮލަރާއި، 3000 ކްރޯޑް އިންޑިއާ ރުފިޔާގެ ކަރަންސްީ ސްވޮޕް އެގްރީމެންޓް ހިމެނެ އެވެ.

އިންޑިއާއިން ރާއްޖެއަށް އެހީ ދީފައިވާ ކަމަށް އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅަކީ އަނެއްކާވެސް ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކު ޑީލްތަކެއް ހަދަމުންދާ ދުވަސްކޮޅެކެވެ. އެގޮތުން ޗައިނާއެކު ވެފައިވާ އެއްބަސްވުމާއެކު ރާއްޖޭގެ ހައިޑްރޯގްރަފީ އެއްބަސްވުން ޗައިނާއިން ނަގާ މެރިޓައިމް ސެކިއުރިޓީއާއި މެދު އިންޑިއާއިން ވަނީ ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން މި ސަރުކާރަށް ބޭރުގެ މާލީ އެހީތައް ނުލިބި އަނެއްކާވެސް ދަރަނި ނަގަން މަޖުބޫރުވެފައިވާ ކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ރާއްޖެއިން މާލީ އެކި އިދާރާތަކުން މާލީ އެހީތެރިކަން ހޯދަން އެދުނު ނަމަވެސް މިހާތަނަށް އައި އިރު މި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް އިކޮނޮމިކް ޓައިމްސްގައި ވެސް ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ކޮންމެ ގައުމަކުން 300 މިލިއަން ޑޮލަރު ސަރުކާރުން ހޯދަން އެދިފައިވީ ނަމަވެސް ސަރުކާރުގެ މި އެދުމަށް ޖީސީސީގެ ގައުމުންތަކުން އުއްމީދީ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އިން 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އާއި ދަރަނި ދެއްކުމަށް ރީފައިނޭންސް ކުރުމާއި ފައިސާ ބަދަލުކުރުމަށް އެދުނުނަމަވެސް މިހާތަނަށް އުއްމީދީ ޖަވާބެއް ޗައިނާއިންވެސް ދީފައި ނުވެ އެވެ. އެހެންނަމަވެސް އިންޑިއާގެ 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއިއެކު ވަގުތީ ލުޔެއް ލިބި، އިމްޕޯޓަށް ހަރަދުކުރާނެ ފައިސާއާއި ސަރުކާރުގެ ހަރަދުތައް މިވަގުތަށް ދެމެހެއްޓުމަށް ރާއްޖެއަށް ވަނީ ކޮންމެވެސް ވަރެއްގެ ފުރުސަތެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން މުއިއްޒު ވަނީ އިންޑިއާއާ ދުވަހަކުވެސް ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ގައުމަށް ކުރިމަތިވެފައިވާ މާލީ ތަކުލީފު އިންޑިއާ އަށް އެނގޭ ކަމަށާއި އެހީވާން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިންޑިއާއާ މެދު މިހާރު ގެންގުޅުއްވާ ސިޔާސަތަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެ ގައުމުން އިންޑިއާ ސިފައިން ބޭލުމަށް ބާރު އެޅުއްވި ގޮތާ ޚިލާފު ސިޔާސަތެކެވެ. އަދި ޗައިނާގެ އެހީގައި އާ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އޭނާގެ ކެމްޕެއިންގެ ސަބަބުން އިންޑިއާ ކަނޑުގެ ގައުމުގެ ސްޓްރެޓެޖިކް ލޮކޭޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ދެ ބާރުގެ މެދުގައި އޮތް ވާދަވެރިކަމުގެ މައިމަރުކަޒަށް ރާއްޖެ ވައްޓާލާފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

29 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު