Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާޒިރީ އިނާޔަތް

ރޯދަ މަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިތުރު އިނާޔަތް ދެނީ

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި 7 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ޝާއިއުކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 20 މާރިޗު 2025 | ބުރާސްފަތި 12:27
ރޯދަ މަހުގެ ފަހު 10ގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަސްތަކަށް އިތުރު އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި

ރޯދަ މަހުގެ ފަހު 10ގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަސްތަކަށް އިތުރު އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި

ރޯދަ މަހުގެ ފަހު 10ގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަސްތަކަށް އިތުރު އެލަވަންސް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި 7 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ޝާއިއުކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައި މާރިޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަންދު ކޮށްފައިވާއިރު، މި ދުވަސްތަކުގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސް ޕޭކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.

އިސްލާހުގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރޯދަ މަހުގެ ފަހު ދިހައެއްގައި ދައުލަތުގެ އިދާރާތަކުގައި އާންމުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ރޯދަ މަހުގެ ފަހު ދިހައެއްގައި ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ފަހު 10 އަށް އިތުރުގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެން؛ މިހާރު ކަނޑައެޅިފައިވާ %10 ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ވަނީ ނިންމާފަ އެވެ.

ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ލިބޭނޭ ކަމަށް އުސޫލުގައިވެ އެވެ.

މިދިޔަ ރޯދަ މަހުން ފެށިގެން ފަހު 10 ގައި ސަރުކާރު އަންނަނީ ބަންދު ކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހުގެ ފަހު 10 ގައި އޮފީހަށް ކޮންމެހެން ނިކުންނަން ޖެހުނު މުވައްޒަފުންނަށް އިނާޔަތެއް ސަރުކާރުން ދީފައިވެ އެވެ.

ފަހު 10ގެ ބަންދު ދުވަސްތަކާއި އީދު ޗުއްޓީއަށް ފަހު ދެން ސަރުކާރު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު