Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކުއްލި އެއްވުން

މުޒާހަރާ ތަކާއި ގުޅިގެން ޝިއުނާ ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުކޮށްފި

އެންމެ ފުރަތަމަ ޝިއުނާ ފުލުހަށް ހާޒިރު ކޮށްފައި މިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވީ ހޯމަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 12:30
އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން ޝިއުނާ މާފަންނު ޕޮލިހަށް ހާޒިރުކުރުމުގެ ތެރެއިން: މިއީ ޝިއުނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާ ދެވަނަ ފަހަރު 19-03-2025

އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން ޝިއުނާ މާފަންނު ޕޮލިހަށް ހާޒިރުކުރުމުގެ ތެރެއިން: މިއީ ޝިއުނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާ ދެވަނަ ފަހަރު 19-03-2025

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފާތިމަތު ޝިއުނާ ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުކޮށްފި އެވެ.

އެންމެ ފުރަތަމަ ޝިއުނާ ފުލުހަށް ހާޒިރު ކޮށްފައި މިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވީ ހޯމަ ދުވަހުގައެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އޭނާ ފުލުހަށް ހާޒިރު ކޮށް ފައި މިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 19 އަށް ވީ ބުދަ ދުވަހުގައެވެ.

Advertisement - newsAdvertisement

2025 ވަނަ އަހަރުގެ 19 ވީ ބުދަ ދުވަހު ޝިއުނާ ފުލުހަށް ހާޒިރު ކޮށްފައި ވާއިރު، މިއީ މުޒާހަރާތަކާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާ ދެވަނަ ފަހަރުކަން ފާހަގަކޮށްކޮށްލަން ޖެހެއެވެ.

ޝިއުނާ ދެ ފަހަރުވެސް ފުލުހަށް ހާޒިރު ކޮށްފައި މިވަނީ ހަމަ އެއް ތުހުމަތެއްގައެވެ. އެގޮތުން އޭނާއަށް ފުލުހަށް ހާޒިރު ވުމަށް ފޮނުވި ޗިޓުތަކުގައި ބުނެފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ތުހުމަތުގައި ޝިއުނާ ޙާޒިރު ކޮށްފައި މިވަނީ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ. ބަޔާން ނެގުމަށް އެއް ގަޑިއިރާއި ތިރީސް މިނިޓް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

ފުލުހަށް ހާޒިރު ވުމަށް ގޮސް ރާއްޖެ އެމްވީއަށް ޝިއުނާ ވިދާޅުވީ އެމްޑީޕީން ކޮންމެ ރެއަކު މުޒާހަރާއަށް މި ނުކުންނަނީ ޖިނާއީ ބޮޑު ކުށެއް ކުރަން ނޫން ކަމަށާއި މި ނުކުންނަނީ މި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން އަޑުއުފުލަން ކަމަށެވެ.

އަދި ރައްޔިތުންގެ ހައްޤުތަކެއް ގެއްލިފައިވާތީ އެ އަޑުއުފުލަން ނުކުތީމައި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިތައް އަރާ އަޅުގަނޑުމެން ރައްޔިތުންގެ ހައްޤުތަކުގެ ވާހަކަ ސަރުކާރަށް އަޑުއިއްވަން ނުކުންނަ ކޮންމެ ރެއަކު، މި އަޅުގަނޑުމެން ކުށްވެރިވެގެން ކޮންމެ ރެއަކު ފުލުހަށް ހާޒިރުވުމަކުން މިކަން މި ނިމިދަނީ. އަޅުގަނޑު ހިތައް އަރާ އަޅުގަނޑުމެން މި ނުކުންނަނީ ޖިނާއީ ކުށެއް ކުރާކަށް ނޫނޭ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ކޮންމެ ރެއަކު މުޒާހަރާއަށް މި ނުކުންނަނީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް. ޖިނާއީ ކުށެއް ކުރާކަށް ނޫން.
ފާތިމަތު ޝިއުނާ

މުޒާހަރާތަކާއި ގުޅިގެން ދެފަހަރެއްގެ މަތިން ޝިއުނާ ފުލުހަށް ހާޒިރު ކުރިއިރު، އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން ގިނަ ބައަކު ވަނީ އެކި ފަހަރުމަތިން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ނުހައްޤު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުރުމަށެވެ.

އިހުތިޖާޖުމާލެބަޔާން ނެގުންމޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެއްޑީޕީ ކުއްލި އެއްވުންފާތިމަތު ޝިއުނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު