Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސޫރިއާ ގުޅުން

ސޫރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތުރުކީން ގޮވާލައިފި 

17 މާރިޗު 2025 | ހޯމަ 08:14

ތުރުކީން އިތުރަށް ގޮވާލީ، ސޫރިއާގެ އިގްތިސާދީ މިނިވަން ކަމަކީ އެ ގައުމުގެ ސުލްހަ މަސަލަސް ކަމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 08:14
ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން, ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއުއާ އެ ޤައުމުގެ ވެރި ރަށް ދިމިޝްކުގައި ބައްދަލު ކުރައްވަނީ

ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން, ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއުއާ އެ ޤައުމުގެ ވެރި ރަށް ދިމިޝްކުގައި ބައްދަލު ކުރައްވަނީ

ޔޫރަޕިއަން ޔޫނިއަން އިން ސޫރިއާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތުރުކީން ގޮވާލައިފި އެވެ. 

ތުރުކީން މިފަދައިން ގޮވާލާފައި ވަނީ ބެލްޖިއަމްގެ ވެރި ރަށް، ބްރަސެލްސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެހީގެ ޖަލްސާގެ ކުރިންނެވެ. 

މި ޖަލްސާއަކީ ސޫރިއާގެ އައު ވެރިކަމުގެ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ދައުވަތު ދެވުނު ޖަލްސާއެކެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޫރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދު ވެރިކަމުން ވައްޓާލުމަށް ފަހު، ބާރު ހޯދި އައު ވެރިކަމާ ތުރުކީން ވަނީ ގުޅުން ބަދަހިކޮށްފަ އެވެ.

ތުރުކީން ބުނީ، ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އެ ގައުމުގައި "އަމާން އިންތިގާލީ މަރުހަލާއެއް" ގެނައުމަށް މުހިންމު ކަމެއް ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަނުން ކުރިން ވަނީ ސޫރިއާގެ އިގްތިސާދީ ދަތިތައް ލުއި ކުރުމަށްޓަކައި ހަކަތަ، ދަތުރު ފަތުރު އަދި ބޭންކިން ދާއިރާ ތަކުން ދަތި ކުރުންތައް ލުއިކޮށްދީފަ އެވެ.

އެހެން ނަމަވެސް، ތުރުކީގެ ފޮރިން މިނިސްޓްރީ އިން ބުނީ ދަތި ކުރުންތައް ވަކި ޝަރުތަކާ ނުލައި، އަދި ވަކި މުއްދަތެއް ނެތި އުވާލަން ޖެހޭ ކަމަށެވެ.

ތިން މިލިއަނާ ގާތް ކުރާ އަދަދެއްގެ ސޫރިއާގެ ރެފިއުޖީން ބަލަހައްޓަމުންދާ ތުރުކީން އިތުރަށް ގޮވާލީ، ސޫރިއާގެ އިގްތިސާދީ މިނިވަން ކަމަކީ އެ ގައުމުގެ ސުލްހަ މަސަލަސް ކަމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

އަދި ރެފިއުޖީން އަނބުރާ ގެންދިއުމަށް މަގުފަހި ކުރުމަށް ސޫރިއާ އަލުން ބިނާކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ބްރަސެލްސް ގައި ބޭއްވޭ މި ޖަލްސާގައި ތުރުކީ ތަމްސީލު ކުރައްވާނީ ޑެޕިއުޓީ ފޮރިން މިނިސްޓަރު ނޫހު ޔިލްމަޒެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް