Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

ހަނިމާދޫ-ބެންގަލޫރު ސީދާ ވައިގެ ދަތުރުތައް ފަށަން މޯލްޑިވިއަނުން ނިންމައިފި

އަލަށް މިފަށާ ދަތުރުތަކުގައި ހަފްތާއަކު ދެ ދަތުރު، އާދީއްތަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 މާރިޗު 2025 | އާދީއްތަ 16:26
މޯލްޑިވިއަން؛ ރާއްޖޭގެ ގައުމީ އެއަރލައިން، ރާއްޖޭގެ 16 ވައިގެ ބަނދަރަށް ދަތުރުކުރޭ

މޯލްޑިވިއަން؛ ރާއްޖޭގެ ގައުމީ އެއަރލައިން، ރާއްޖޭގެ 16 ވައިގެ ބަނދަރަށް ދަތުރުކުރޭ

މޯލްޑިވިއަން އިން ހަނިމާދޫ އާއި ބެންގަލޫރު އާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށަން ނިންމައިފި އެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި، 2025 މެއި 15 އިން ފެށިގެން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ބެންގަލޫރު އާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގެ އުތުރާއި، އިންޑިއާގެ މުހިންމު ވައިގެ ބަނދަރުތަކާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މޯލްޑިވިއަނުން ހާމަކުރެ އެވެ.

އަލަށް މިފަށާ ދަތުރުތަކުގައި ހަފްތާއަކު ދެ ދަތުރު، އާދީއްތަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މޯލްޑިވިއަންގެ ހަނިމާދޫ - ތިރުވަނަންތަޕޫރަމް ރޫޓަށް ފަހު، ރާއްޖޭގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ އިތުރު ފަސޭހައެކެވެ. މި ރޫޓު ތަޢާރަފު ކުރުމުގެ މަޤްޞަދަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ޘަޤާފީ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ.މި ރޫޓަށް ޓިކެޓް ވިއްކަން ފެށުމަށް ހަމަޖެހިފައި ވަނީ 2025 މާރިޗު 16 އިން ފެށިގެންނެވެ. ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީސްތަކުން ޚިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. މޯލްޑިވިއަނުން މިހާރު ރާއްޖޭގެ އެތެރޭގެ 16 ވައިގެ ބަނދަރަކަށް ޚިދުމަތްދޭ، އަދި ބޭރުގެ އެކި ޤައުމުތަކަށްވެސް ދަތުރުކުރާ ކުންފުންޏެކެވެ.

މި ކުންފުނީގެ އުދުހުންތަކުގައި އޭ320 އާއި އޭ330ގެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ޑޭޝް 8، އޭޓީއާރު އަދި ޑީއެޗްސީ-6 ޓުވިން އޮޓަރ ފަދަ އެއްގަމާއި ކަނޑުމަތީގައި ޖައްސާ މަތިންދާބޯޓުތައް ބޭނުންކުރަމުންދެ އެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

11 އޯގަސްޓު 2017
ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
28 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

28 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި
13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު