Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކުއްލި އެއްވުން

އިސްލާމިކް މިނިސްޓަރު ވެސް ދަނީ އަޅުގަނޑުމެންގެ މި އިސްލާހީ މަސައްކަތަށް އެއްބާރުލުން ދެމުން: ޔައުޤޫބު

ރައީސް މުއިއްޒަކީ ދޮގުހެއްދެވުމުގައި އަރާހުންނެވި ބޭފުޅެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 މާރިޗު 2025 | ހުކުރު 19:16
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ: ވިދާޅުވީ އިސްލާމިކް މިނިސްޓަރުވެސް އެމްޑީޕީގެ މި ހަރަކާތަށް އެއްބާރުލުން އެބަ ދެއްވާކަމަށް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ: ވިދާޅުވީ އިސްލާމިކް މިނިސްޓަރުވެސް އެމްޑީޕީގެ މި ހަރަކާތަށް އެއްބާރުލުން އެބަ ދެއްވާކަމަށް

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ވެސް ދަނީ އެމްޑީޕީން ކުރަމުން ގެންދާ އިސްލާހީ މަސައްކަތުގައި އެއްބާރުލުން ދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޔައުޤޫބު މިފަދައިން ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ކުއްލި އެއްވުމުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޔައުޤޫބް ވިދާޅުވީ ރައީސް މުއިއްޒަކީ ދޮގު ހެއްދެވުމުގައި އަރާހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް އަދި ކުރިއެރުމެއް ވެސް ނެތްކަމަށެވެ.

ޔައުޤޫބު ވިދާޅުވީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް މިވަގުތު އެދެނީ ފުލުހުންނާއި ހުރިހާ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށާއި އެގޮތުން އެ ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ވެރިކަން ފަސޭހަކަމާއި އެކު ނިމުކަމަށް ގެނެވޭނޭ ކަމަށެވެ.

ޔައުޤޫބު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ކުރެވެން ހުރިހާ މަސައްކަތެއްވެސް ކުރުމަށް މިތިބީ ތައްޔާރަށް ކަމަށާއި އަދި އެކަން ކޮށްފައި ނޫނީ މިކުރާ މަސައްކަތް ހުއްޓާނުލައްވާނޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ މިހާރު ނިމިފައިވާ ކަމަށާއި މިހާރު ބޭނުން ވަނީ ހަމަ އެކަނި ފުލުހުންގެ އެއްބާރުލުން ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ބައިތުލްމާލު ކައި ހުސްކޮށްލައިފި ކަމަށާއި އެހެންކަމުން މިރާއްޖެ ސަލާމަތް ވާން އޮތީ ފުލުހުންގެ އެއްބާރުލުމާއި އެކު މިހާރު މި އޮތް ވެރިކަން ނިމުކަމަށް ގެނެވިގެން ކަމަށެވެ.

ޔައުޤޫބު ވިދާޅުވީ ފުލުހުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބި ބައެއް ނޫން ކަމަށާއި އެހެން ވީމައި މި ކުރާ އިސްލާހީ މަސައްކަތުގައި ފުލުހުންގެ އެއްބާރުލުން ނުދޭންވި ސަބަބެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން އައްޔަން ކޮށްފައި ހުރި އިސްލާމިކް މިނިސްޓަރު މި އިސްލާހީ ހަރަކާތަށް ކޮންމެ ހަފްތާއަކު އެއްބާރުލުން ދެމުން އެބަ ގެންދަވާ ކަމަށާއި އެގޮތުން މިއަދުގެ ހުކުރު ޚުތުބާގެ ވެސް ޚުލާސާ އަކީ މި ރާއްޖެއާއި އިސްލާމް ދީން ދެކެ ލޯބިވާ ރައްޔިތުން ތިބިކަމަށް ވާނަމަ މިހާރު މިއޮތް ސަރުކާރު ބަދަލުކުރަން އެންމެވެސް ނުކުންނަން ޖެހޭ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ އަޅުގަނޑުމެންނަށް މިކަމުގައި ކޮންމެ ފަހްތާއަކުވެސް އެއްބާރުލުން އެބަދޭ. މިއަދުގެ ހުކުރު ޚުތުބާގައިވެސް ވިދާޅުވީ، އޭގެ ޚުލާސާ އަކީ އެމްޑީޕީ އާއި އަދި މި ރާއްޖޭގެ ރައްޔިތުން، ޚާއްސަކޮށް އިސްލާމް ދީނާއި މި ރާއްޖެ ދެކެ ލޯބިވާ ރައްޔިތުން ތިބިކަމަށް ވަންޏާމު މި ސަރުކާރު ވައްޓާލަން. މި ސަރުކާރު ބަދަލުކުރަން. މިހާރު ވެރިކަމުގައި މި ހުރި މުއިއްޒު ވެރިކަމުން ބާލަން އެންމެ ނުކުންނަން އެބަ ޖެހެޔޭ. އެކަން ވާޖިބު ވެއްޖެޔޭ. އަދި އެކަން ކުރަން އެން ރަނގަޅު ވަގުތަކީ މި ރޯދަމަހޭ. ޚާއްސަކޮށް ރޯދަ މަހުގެ 17 ވަނަ ދުވަހަކީ އެކަމަށް އޮތް އެންމެ މުހިންމު ދުވަހޭ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ

ޔައުޤޫބު ވިދާޅުވީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރުރުވެސް ރައީސް މުއިއްޒު ދޮގުހައްދަވާތީ އެކަމާއި ކުރެވޭނޭ ކަމެއް ނެތް ކަމަށް ވިދާޅުވި ކަމަށާއި އެގޮތުން އެމަނިކުފާނަށް ހަމަ އެކަނި ކުރެވެން އޮތް ކަމަކީ ދޮގުހެދުމުގެ ނުބައިކަމާއި ގުޅުވައި ހުކުރު ޚުތުބާއެއް ދިނުން ކަމަށެވެ.

އެގޮތުން ނިމުނު ހަފްތާގައިވެސް ޚާށްސަކޮށް ރައީސް މުއިޒަށް އަމާޒުކޮށް ދޮގުހެދުމުގެ ނުބައިކަމާއި ގުޅިގެން ޚުތުބާޢެއް ދެއްވިކަމަށް އިސްލާމިކް ވިދާޅުވެފައިވާ ކަމަށް ވެސް ޔައުޤޫބް ވިދާޅުވި އެވެ.

ޔައުޤޫބު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ވެސް އެގެންދަވަނީ އެމްޑީޕީގެ މި އިސްލާހީ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދެމުން ކަމަށާއި ހަމަ އެގޮތަށް ފުލުހުންގެ އެއްބާރުލުން ވެސް ނުދެއްވަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޔައުޤޫބު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު