Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތިން މެމްބަރަކަށް ސިފައިން ހުރަސް އެޅި މައްސަލަ ހުށަހަޅައިފި

އެ ތިން މެމްބަރުންނަށް ހުރަސް އަޅާފައިވަނީ އިޖުތިމާއީ ކޮމެޓީއަށް ވަޑައިގަންނަވަނިކޮށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 15:43
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމަށް ވަޑައިގެންނެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތިން މެމްބަރަކަށް ސިފައިން ހުރަސްއެޅި މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ސޮއި ކުރައްވާ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ބުދަ ދުވަހު 09:30 ގައި ބޭއްވުމަށް ނިންމާފައިވާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަނިކޮށް، މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެ ތިން މެމްބަރުންނަށް ހުރަސް ހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެ ސިޓީގައި ވަނީ އެ މެމްބަރުން ކޮމެޓީއަށް ވަދެވަޑައިގަތުމުގެ ފުރުސަތު ސިފައިން ދެއްވާފައިވަނީ އޭގެ 10 ވަރަކަށް މިނެޓް ފަހުން ކަމަށެވެ.

މަޖިލީހުގެ ތެރޭގައި މަޖިލިސް މެމްބަރުންނަށް ހުރަސް އަޅާފައިވަނީ ކޮން އުސޫލެއްގެ މައްޗަށް ބިނާކޮށްކަން ސާފު ކޮށްދެއްވުމަށް އެދޭ ކަމަށް ވެސް އެ ތިން މެމްބަރުން މަޖިލީހުގެ އަމީން އާންމަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

މަޖިލީހުގެ ސާފު އަޣްލަބިއްޔަތާއެކު 45 މެމްބަރުން ސޮއި ކުރައްވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލަ މަޖިލީހުގައި އެޖެންޑާ ނުކޮށް، ޖަލްސާތައް ކުރިއަށް ގެންދަވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ނުރުހުން ފާޅުކޮށް، މަޖިލީހުގައި އިހުތިޖާޖު ކުރަމުންނެވެ. އެމައްސަލަ ފެންމަތިވުމާއެކު މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ވަދެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މަސައްކަތްތައް ދަތިވާގޮތަށް ސިފައިންގެ އަމަލުތައް ބަހައްޓަމުންދާ ކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު