Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން އަނިޔާކުރުން

"ފުލުހުންގެ އަނިޔާގެ ސަބަބުން މުޒާހަރާގެ އަންހެން ބައިވެރިއެއްގެ ނިޔަފަތި ވަނީ ނެއްޓިފައި"

ފިރިހެން ފުލުހުން މެދުވެރިކޮށް މުޒާހަރާގެ އަންހެން ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރާތީ ތަކުރާރުކޮށް އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މާރިޗު 2025 | ބުރާސްފަތި 14:11
ބުދަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން އަންހެނުން ކޮއްޕާ ފަހަތަށް ޖެއްސުމުގެ ތެރޭގައި ބައެއް އަންހެނުންނަށް ވަނީ އަނިޔާވެފައި

ބުދަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން އަންހެނުން ކޮއްޕާ ފަހަތަށް ޖެއްސުމުގެ ތެރޭގައި ބައެއް އަންހެނުންނަށް ވަނީ އަނިޔާވެފައި

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެއްޖެއެވެ.

ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި އަނިޔާވި ގިނަ މީހުންނަކީ އަންހެނުންނެވެ. ހާލަތާއި ނުބައްދަލު މިންވަރަށް ފުލުހުން ބާރުގެ ބޭނުންކޮށް ކޮއްޕާ، އާއްމުން ބިންމައްޗަށް ވައްޓާލި މަންޒަރު ފެނުނު ކަމަށް އެތަނުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. މި މުޒާހަރާތަކުގައި ޚާއްސަކޮށް އަންހެނުންނަށް އަނިޔާވާ ގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަކުރެއެވެ.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ކުއްލިއަކަށް ބާރު ސްޕީޑުގައި އައިސް ފުލުހުން އާއްމުން ކޮއްޕުމުގެ ސަބަބުން ބައެއް މީހުންގެ އަތާއި ފަޔަށް ވެސް އެކި ވަރުގެ އަނިޔާ ވަނީ ވެފައެވެ. މީގެ އިތުރުން ފިރިހެން ފުލުހުން މެދުވެރިކޮށް މުޒާހަރާގެ އަންހެން ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރާތީ ތަކުރާރުކޮށް އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް އަންހެނުން ފަހަތަށް ޖެއްސުމުގައި ވެސް ބައެއް ފިރިހެން ފުލުހުން އުޅުނު މަންޒަރު އެ ސަރަހައްދުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ފުލުހުން ކޮއްޕުމުގެ ސަބަބުން ބައެއް އަންހެނުން ބިންމައްޗަށް ވެއްޓުނެވެ. އަދި މުޒާހަރާގެ އަންހެން ބައިވެރި އެއްގެ ފައިގެ ބޮޑުވާ އިނގިލީގެ ނިޔަފަތި ވަނީ އެއްކޮށް ނައްޓައިގެން ގޮސްފައެވެ. އަނިޔާވި އަންހެން މީހާ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ފައިގެ ބޮޑުވާ އިނގިއްޔަށް އަނިޔާވީ ފުލުހަކު ގަސްތުގައި އޭނާގެ ފަޔަށް އެރުމުން ކަމަށެވެ.

އެގޮތުން މުޒާހަރާގައި ތިބި އަންހެނުން ފަހަތަށް ޖެއްސުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވިއިރު، މަދު ބަޔަކު ފަހަތަށް ޖައްސަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވުމުން ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.

މުޒާހަރާތައް މޮނިޓަރކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހަރަކާތްތެރިވި ނަމަވެސް މިކަމާއި މެދު އެޗްއާރްސީއެމް އިން އާއްމުންނަށް އަނިޔާވުމާއި މެދު އެއްވެސް އެއްޗެއް ހާމަކޮށްފަ އެއް ނުވެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު