Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް

މޯލްޑިވިއަން އިން ބ. ފުޅަދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރަނީ 

ޓިކެޓް ވިއްކަން ފަށާފައިވަނީ މާރޗް 13 ވަނަ ދުވަހުން ފެށިގެން ކަމަށާއި ދަތުރުވެރިންނަށް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށްވެސް ޓިކެޓް ލިބޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 މާރިޗު 2025 | ބުރާސްފަތި 14:12
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި ޖެއްސުން- 29-10-2020

މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި ޖެއްސުން- 29-10-2020

މޯލްޑިވިއަން އިން ބ. އަތޮޅުގެ ރަށްތަކަށް ސީޕްލޭންގެ ޚިދުމަތެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ. 

މިޚިދުމަތުގެ ދަށުން ބ. ފުޅަދޫ، ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށް ދަތުރުކުރާ ފަސިންޖަރުންނަށް އަވަސް އަދި ފަސޭހައިން ދަތުރުތައް ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. 

ސީޕްލޭން ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މާރޗް 31 ވަނަ ދުވަހުއެވެ. 

މިއީ ޢީދު ދުވަސްވަރާ ދިމާކޮށް ފަށާ ޚިދުމަތަކަށްވެފައި، ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މި ދަތުރުގައި ހޭދަވާނީ 25 މިނެޓެވެ. 

ޓިކެޓް ވިއްކަން ފަށާފައިވަނީ މާރޗް 13 ވަނަ ދުވަހުން ފެށިގެން ކަމަށާއި ދަތުރުވެރިންނަށް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 24 ގަޑިއިރު ހުޅުވިފައި ހުންނަ ކޯލް ސެންޓަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. 

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ އެތެރޭގެ 16 ވައިގެ ބަނދަރަކަށް ޚިދުމަތްދޭ، އަދި ބޭރުގެ އެކި ޤައުމުތަކަށްވެސް ދަތުރުކުރާ ކުންފުންޏެކެވެ. 

މި ކުންފުނީގެ އުދުހުންތަކުގައި  އޭ320 އާއި އޭ330ގެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ޑޭޝް 8، އޭޓީއާރު އަދި ޑީއެޗްސީ-6 ޓުވިން އޮޓަރ ފަދަ އެއްގަމާއި ކަނޑުމަތީގައި ޖައްސާ މަތިންދާބޯޓުތައް ބޭނުންކުރަމުންދެ އެވެ. 

އިތުރަށް ކިޔާލަން

23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު