Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އިން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް ނޭދޭ ކަމަށް ޓްރަމްޕް ވިދާޅުވުމުން މިސުރުގެ މަރުޙަބާ

13 މާރިޗު 2025 | ބުރާސްފަތި 09:01

މިޞްރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ އެ ބަސްފުޅު ތަކުން ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ މުހިންމުކަން، އަދި ފަލަސްތީނުގެ މައްސަލަ އަށް ދެމެހެއްޓެނިވި، އިންސާފުވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ދޭހަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2025 | ބުރާސްފަތި 09:01
މީގެ ކުރިން ވައިޓް ހައުސްގެ އޯވަލް އޮފީސްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު

މީގެ ކުރިން ވައިޓް ހައުސްގެ އޯވަލް އޮފީސްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު

ޣައްޒާ އިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށް ނުވަތަ ބޭލުމަށް ނޭދޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، މިޞްރުން އެކަމަށް މަރުޙަބާ ކިޔައިފި އެވެ. 

ބުދަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ގައި އަޔަރލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިން އާއެކު ބޭއްވި ބައްދަލުވުމެއް ގައި، ޣައްޒާ އިން ފަލަސްތީނުގެ ރައްޔިތުން ބޭރު ކުރުމަށް ނޭދޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އެ ވިދާޅުވުމާ ގުޅިގެން މިޞްރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ އެ ބަސްފުޅު ތަކުން ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ މުހިންމުކަން، އަދި ފަލަސްތީނުގެ މައްސަލަ އަށް ދެމެހެއްޓެނިވި، އިންސާފުވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ދޭހަވާ ކަމަށެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭނެ ކަމަށާއި، އަދި ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދު ތަކަށް ދާއިމީކޮށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

މިއީ މިދިޔަ މާޗު މަހު، އަރަބި ލީޑަރުން ފާސްކުރި ޣައްޒާ އާރާސްތު  53 ބިލިއަން ޑޮލަރުގެ ޕްލޭނާ އިދިކޮޅު ވިސްނުމެކެވެ.

2023 ވަނަ އަހަރުގެ އޮކްޓުބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމައިގައި މިހާތަނަށް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ވަނީ ޝަހީދުވެފަ އެވެ، މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. 

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް