Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުއަރިޒަމާބެހޭ ގާނޫނު

ޓުއަރިޒަމް ޤާނޫނުގެ ބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާކޮޅެއް ދޭނެ ކަމަށް ކޮންމެވެސް ބަޔަކު ބުނެގެން ގެންނަ އިސްލާހެއް - ނާޒިލް

12 މާރިޗު 2025 | ބުދަ 08:12

10 މިލިއަން ޑޮލަރު ލިބެން އޮތްތަނަކަށް 5 މިލިއަން ޑޮލަރު މި އިސްލާހުގެ ސަބަބުން ލިބޭނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މާރިޗު 2025 | ބުދަ 08:12
އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ޓުއަރިޒަމާއ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާކޮޅެއް ދޭނެ ކަމަށް ކޮންމެވެސް ބަޔަކު ބުނެގެން ސަރުކާރުން ގެންނަ އިސްލާހެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ މިއީ މިދިޔަ އައް މަސްދުވަސް ތެރޭގައި ތިން ވަނަ ފަހަރަށް މި ގާނޫނަށް ގެނެވޭ އިސްލާހު ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ނާޒިލް ވިދާޅުވީ ބިލުގައި އޮތީ ޑިސްކައުންޓެއް އަޅުވާފައި ކަމަށެވެ. ސަރުކާރަށް ބޭނުންވެގެން ކުރު މުއްދަތެއްގެ ތެރޭގައި ފައިސާކޮޅެއް ދޭނެ ކަމަށް ކޮންމެވެސް ބަޔަކު ބުނެގެން، އެ ފައިސާކޮޅު ހޯދޭނެ ގޮތެއް ހޯދަން ވެގެން ކުރާ ކަމެއް ކަމަށެވެ.

މިއީ ފަންސާސް ޕަސެންޓް ގެ ޑިސްކައުންޓު އަޅުވައިލައި، ރޯދަމަސް އަންނާތީ ބާއްވައި، މަގުމަތީ ބާޒާރު އުސޫލުން، ހަ މަސްދުވަހުގެ ޑިސްކައުންޓެއް އަޅުވައިލައި، ލާރިކޮޅަށް ހޯދަން ކުރާ މަސައްކަތެއް ބުނެވެނީ. ދިހައެއް މިލިއަން ޑޮލަރު ދައުލަތަށް ލިބެން އަންނަ ތަނެއްގައި ފަސް މިލިއަން ޑޮލަރަށް މަދުކުރެވެނީ. ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެވޭ ގޮތަށް މި އަންނަނީ. ދައުލަތަށް ނޫނީ މާލިއްޔަތަށް ލިބެންހުރި އެތައް ފައިސާއެއް ބޮޑުތަނުން މަދުކުރެވިގެންދާ ކަމަށް މި އުސޫލުތަކުން އަޅުގަނޑުމެންނަށް މި ފާހަގަވެގެންދަނީ. އޭގެއިތުރަށް ވަރަށް ގިނަ ބޭފުޅުން ފާހަގަނުކުރާ ނުކުތާއެއްގެ ގޮތުގައި އަޅުގަނޑަށް މި ފާހަގަކުރެވުނީ، ޓްރަސްޓް ފަންޑުގެ ވާހަކަ. ޓްރަސްޓް ފަންޑަކީ މީގައި މި ބިލުގައި މި ބުނާ ގޮތުން ވެއްޖެއްޔާ ދައުލަތަށް ވަންނަންޖެހޭ ފައިސާތަކެއް ސަރުކާރަށް ވަންނާނީ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ދައުލަތަށް ފައިސާއަށް ވަދެއްޖިއްޔާ އެ ފައިސާ ބޭނުންކުރެވޭނީ ބަޖެޓުގައި ޖެހިގެން މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު ސަރުކާރަކަށް ބޭނުންކުރެވޭކަށް ނޯންނާނެ ކަމަށާއި، އެހެންނަމަވެސް، ފަންޑަށް ވަންނަ ފައިސާ ވެއްޖެއްޔާ ބަޖެޓަށް އެޕްރޫވަލްއަކާ ނުލައި ސަރުކާރަށް އެ ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ.

އަދި އެ ބޭނުންކުރެވޭނެ މަގުން އެކަން ކުރަން، ފައިސާއަށް ފަސޭހައިން އެކްސެސްވެވޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ފާހަގަކުރެވެނީ، ފައިސާކޮޅާއި ނޫނިއްޔާ ދައުލަތަށް ލިބޭ ރައްޔިތުންގެ ޚަޒާނާއަށް ވަންނަ ފައިސާ ހުސްކުރަން މަސައްކަތްކުރާތަން ކަމަށެވެ.

މިއީ ބިރުވެރިކަމޭ ޙަޤީޤަތުގައި. އަވައްޓެރި ޤައުމަކަށް ވެގެންދިޔަ ގޮތް އަޅުގަނޑުމެންނަށް ފެނޭ. އެ ޤައުމުގައި ވެސް އޭރު އޮތް ސަރުކާރަށް ނެތް ބާރެއް ނެތް. ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދިޔަ ކަންތައްތަކުގެ ނަތީޖާ ވެގެންދިޔައީ، ރައްޔިތުން މިކަމެއް ނިކަމެތިވެ ދިޔައީ އެމް.އެމް.އޭ އިން ފަނަރަ ބިލިއަން ރުފިޔާ ޗާޕުކުރަން ހުށަހެޅުނީމާ އެތާނގައި ތިބި އެކަން ރަނގަޅަށް ސާފުކޮށް އެނގޭ މެންބަރުން އެކަމާ ދެކޮޅުހެދީމަ އެ ބޭފުޅުން ވަކިކުރަން މި އިއްޒަތްތެރި މަޖިލީހަށް ފޮނުވާފަ. މި އިއްޒަތްތެރި މަޖިލީހުން ނިންމާފައި އެބޭފުޅުން ވަކިކޮށްލީމަ، އެއީ ޤައުމަށް ލިބޭ ކުރިއެރުންތޯ، ނޫނިއްޔާ ދިވެހި ރައްޔިތުންނަށް ލިބޭ ދެރައެއްތޯ ރައްޔިތުން އެބަ ވަރަށް ސާފުކޮށް ވިސްނައި ފިކުރުކުރަން އެބަޖެހޭ. އަޅުގަނޑު މިގޮތަށް މިދެންނެވީ، ނިމިދިޔަ ހާރުގައި ވެސް ބަޖެޓު ކޮމިޓީއަށް ހާޒިރުވެ، ބަޖެޓު ކޮމިޓީއަށް އައިސް، މި މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް އެ މަޢުލޫމާތު ރާއްޖޭގެ އިޤްތިޞާދީ ކުރިއަށްތޯ، ފަހަތަށްތޯ، ކިހިނެއްތޯ، ހެދީމަތޯ ރަނގަޅަށް ދާނީ، އެ މަޢުލޫމާތު ދެއްވި ބޭފުޅުންގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ އެމްއެމްއޭއިން ފައިސާ ޗާޕްކުރަން ވޯޓުނުދެއްވީތީ، ނޫނީ ސަރުކާރުން ބޭނުންވާ ކަންތައްތަކާއި ދެކޮޅަށް އެއްޗެކޭ ބުނީތީ، އެ ބޭފުޅުން ވަކިކޮށްލާފައި، ބޭރުކޮށްލާ ވާހަކަ ދައްކާ ކަމަށެވެ. އަދި ސަރުކާރުގައި ނޫނިއްޔާ ރައްޔިތުންގެ ތެރޭގައި ތިބި، މިކަހަލަ މުހިންމު މީހުންތައް، މުހިންމު ބަސް ބުނެވެން ތިބި ފަރާތްތައް މިއަދު ދާންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަންތައް ކުރާ ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަންޖެހޭ ކަމަށާއި، ސަރުކާރުން އެގޮތަށް ޢަމަލުކުރުމުން، މީގެ ދެރަ ނަތީޖާ ލިބެނީ ހުރިހާ ރައްޔިތުންނަށް ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް