Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައްބަރޭ ހައްޔަރުކުރި މައްސަލަ

ގައްބަރޭއާއި ދެކޮޅަށް ހެކި ދިނީ އެންމެ ފުލުހެއް، އުޅުނީ 5 އަހަރުގެ ކުރީގެ ކުށަކަށް ބަލާފައި ބަންދުގައި ބެހެއްޓޭނެ ގޮތެއް އޮތްތޯ ބަލަން

ގައްބަރޭ ބަންދުގައި ބެހެއްޓުމަށް ފުލުހުން ހުށަހަޅާފައިވަނީ އޭނާއަކީ ކުށުގެ ލޮގު ގިނަ މީހެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 މާރިޗު 2025 | ބުދަ 07:25
އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާޙިމް އަބްދުﷲ (ގައްބަރޭ) ފުލުހުންގެ ބެލުމުގެ ދަށުގައި - ފައިލް

އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާޙިމް އަބްދުﷲ (ގައްބަރޭ) ފުލުހުންގެ ބެލުމުގެ ދަށުގައި - ފައިލް

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުމަށް 9 މާޗުގައި ކުރިއަށްގެންދި މުޒާހަރާ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ ރައީސް އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުކުރުމަށް ފުލުހުންގެ ތެރެއިން ހެކި ދިނީ އެންމެ ފުލުހެއް ކަމާއި، އޭނާ މުޒާހަރާއަށް ނުކުންނާތީ ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ހުއްޖަތަކަށް ދެއްކީ މީގެ 5 އަހަރު ކުރިން އޭނާ ކޮށްފައިވާ ކުށެއްކަން ހާމަވެއްޖެއެވެ.

އާދިއްތަ ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން، ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް ގައްބަރޭ ހައްޔަރުކޮށް ފަހުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ބަންދުން ދޫކޮށްލި އަމުރުގައިވާ ކަންކަމަށް ބަލާއިރު، ގައްބަރޭގެ މައްސަލައާއި ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ގަރީނާގެ ގޮތުގައި "ސީނަށް ސިޔަ ފުލުހުންގެ ބަޔާންތައް" އެގޮތަށް ބަޔާންކޮށްފައިވާ އިރު، ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފުލުހެއްގެ ބަޔާނެކެވެ. އެހެންކަމުން އެކަމާއި ގުޅިގެން ސުވާލުކުރުމުން، ހުށަހަޅާފައިވަނީ އެންމެ ބަޔާނެއްކަމަށާއި، ފޯމުގައިވަނީ ކުށެެއްކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ކޯޓުގައި ބުނެފައެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ގައްބަރޭ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބުގެ ގޮތުގައި ފުލުހުން ހަވާލާދިފައިވާ ގާނޫނީ އަސާސްތަކަކީ ގާނޫނުއަސާސީގެ 49 މައްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ބ) އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރަށް ކަމަށް ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެއެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ދެ ސުވާލެއްގެ ޖަވާބު ހޯދަންޖެހޭކަމަށް ބުނެފައިވެއެވެ.

ފުރަތަމަ ސުވާލެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މީހާއާ މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫން ކަމެވެ. އަދި ދެވަނަ ސުވާލެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތްތަކުން ހާލަތެއް ވުޖޫދުވެދާނެ ކަން ނުވަތަ ނޫން ކަމެވެ.

އަމުރުގައި ބުނެފައިވަނީ ފުރަތަމަ ސުވާލަށް ނަޒަރުކުރާއިރު، ފުލުހުން ބެރިކޭޑް ބަލައި ގޮސް ބެރިކޭޑް އަނބުރާ ގެނައުމުގެ މަސައްކަތް ކުަރަމުންދަނިކޮށް ފުލުހެއްގެ ރުހުމާއި ނުލައި އޭނާގެ އަތުގައި ހިފާ އޭނާގެ އަތަށް ދަމާ އޭނާގެ އަތުން ބެރިކޭޑް އެއްވެފައިވާ މީހުންގެ ތެރެއަށް ވައްޓާލެވޭތޯ މަސައްކަތް ކުރި މަންޒަރު ފެނުނުކަމަށް ފުލުހުންގެ ބަޔާނުގައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ގައްބަރޭ އާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމުގައި ބެލެވޭކަމަށެވެ.

ދެވަނަ ސުވާލަށް ނަޒަރުކުރާއިރު، ގައްބަރޭ ބަންދުކުރަންޖެހޭ ހާލަތު އޮތްކަމަށް ފުލުހުންގެ ފަރާތުން ދެކޭ ސަބަބަކީ އޭނާއަކީ ކުށުގެ ބަންދު ލޮގް ގިނައިން އޮންނަ މީހެއްކަމުން އެ ބާވަތުގެ ކުށަށް އަރައިގަތުން ތަކުރާރުކޮށްފާނެ ކަމުުގެ އިހުތިމާލު އޮތުމުން ކަމަށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެއެވެ.

https://raajje.mv/164023

މީގެ އިތުރުން މިކަން ހަވާލާދީފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރަށެވެ. އަމުރުގައި ބުނެފައިވަނީ އިތުރު އެއްވެސް ސަބަބެއް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައި ނުވާއިރު، މިވަގުތާ ހަމައަށް ފުލުހުންނަށް ފެންނަ މައްދާތައް ފޯމުގައި ހިމަނާފައިވާނެ ކަމަށް އައިއޯ ބުނެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި، ބަންދާމެދު ގޮތެއް ނިންމާއިރު ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި 4 ކަމެއް ބަޔާންކޮށްފައިވެއެވެ. އެއީ ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނާއި ކުށް ކޮށްފައިވާ ހާލަތާއި ކުށް ކުރުމުގެ އަނިޔާވެރިކަން ހިމެނޭނަމަ އެކަން، އޭނާއާއި ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން، އޭނާގެ ކުށުގެ ރެކޯޑް، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައިވާ ގޮތް ކަމަށެވެ. ނަމަވެސް މި ކަންކަމަށް ރިއާޔަތްކުރެވިފައިވާއިރު ކުށުގެ ރޯކޯޑް ފިޔަވައި އިތުރުކަމެއް މި މައްސަލައިގައި ފުރިހަމަ ނުވާކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

އަދި ކުށުގެ ރެކޯޑާއި ގުޅިގެން ދިފާއުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ގައްބަރޭގެ މައްޗަށް ދައުވާކުރެވުނު މައްސަލަ ސާބިތުނުވާކަމަށް ހުކުމް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށާއި، ދެން ހުރި ރެކޯޑްތަކަކީ މީގެ 5 އަހަރު ކުރީގެ ރެކޯޑްތަކެއް ކަމަށް ދިފާއުން ވަނީ ފާހަގަކޮށްފައެވެ.

އަމުރުގައި ބުނެފައިވަނީ މި ކަންކަމުގެ މައްޗަށް ބަލާއިރު، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައްބަރޭ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ހާލަތު ވުޖޫދުވެދާނެކަން ފުލުހުންގެ ފަރާތުން ހުށަހެޅި ކަންކަމުން ގަބޫލެއް ނުކުރެވޭ ކަަމަށް ބުނެފައިވެއެވެ. އެހެންކަމުން އެންމެހާ ސަބަބުތައް އެގޮތޮތުގެ މަތިން ހުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރަށް ރިއާޔަތްކޮށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ގާޒީ ނިންމެވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު