Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ޗާޕުކުރުން

ޖެހުނު މަގަކުން ސަރުކާރުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާއެއް ނުލިބުމުން - ޝާހިދު

10 މާރިޗު 2025 | ހޯމަ 19:31

ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމް.އެމް.އޭ ގެ ޤާނޫނާއި ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި ހިލާފުކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 މާރިޗު 2025 | ހޯމަ 19:31
ސަރުކާރުން ފައިސާ ޗާޕްކުރަނީ ބޭރު ގައުުމުތަކުގެ އެހީތެރިކަން ނުލިބުމުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައި - ފައިލް

ސަރުކާރުން ފައިސާ ޗާޕްކުރަނީ ބޭރު ގައުުމުތަކުގެ އެހީތެރިކަން ނުލިބުމުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައި - ފައިލް

ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ ސަރުކާރުން މަރުކަޒީ ބޭންކް އެމް.އެމް.އޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފައިވަނިކޮށް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ، އަދި އައި.އެމް.އެފް އާއި ވާރލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ. މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިޤްތިޞާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިޤްތިޞާދަށް ލޮޅުން އަންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތު މީހާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކާނާޔާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރުވެސް ދަތިއިރު އިހުނަށްވުރެ އެކަންވެސް ދަތިވެ، ދިގުރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ޚިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބިން ގަންނަން އުޅޭ މައްސަލައަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވީ އެމް.އެމް.އޭ އަކީ ބިން ބޭނުންވާ ތަނެއް ނޫންކަމަށާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓް ވެސް އޮތް ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރަށް ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމް.އެމް.އޭ ގެ ޤާނޫނާއި ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއިވެސް ޚިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް