Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި އަތުލައިގަތުން

އިންޑިއާގެ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

9 މާރިޗު 2025 | އާދީއްތަ 08:30

މަސްތުވާތަކެއްޗާއެކު 9 މީހުން ވަނީ ހައްޔަރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 މާރިޗު 2025 | އާދީއްތަ 08:30
އިންޑިއާގެ ކޯސްޓުގާޑުން ކަނޑުގައި ހަރަކާތްތެރިވަނީ

އިންޑިއާގެ ކޯސްޓުގާޑުން ކަނޑުގައި ހަރަކާތްތެރިވަނީ

އިންޑިއާގެ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާގެ ކޯސްޓްގާޑުން އަތުލައިގެންފިއެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ ކޯސްޓް ގާޑާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ދިވެހިރާއްޖެއަށް ދަތުރުކުރަމުންދިޔަ އުޅަނދަކުން 58 މިލިއަން ރުފިޔާގެ ހަޝީޝް އޮއިލް ހިފަހައްޓާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މާރިޗު 5 ވަނަ ދުވަހު، ޓުޓިކޯރިންއިން މާލެއަށް ދަތުރުކުރަމުންދިޔަ އުޅަނދެއްގައި މަސްތުވާތަކެތި އުފުލަމުންދާ ކަމުގެ މައުލޫމާތު ޑީއާރްއައި އިން ހިއްސާކުރުމާ ގުޅިގެން، އިންޑިއާ ކޯސްޓްގާޑުގެ ދެ އުޅަނދު އެ ސަރަހައްދަށް ފޮނުވައި، ގަލްފް އޮފް މަނާރުގެ ދެކުނުން އެ އުޅަނދު ހުއްޓުވައިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

40 ގަޑިއިރު ވަންދެން ކަނޑުމަތީގައި އެ އުޅަނދު ބެލެހެއްޓުމަށްފަހު، މާރިޗު 7 ވަނަ ދުވަހުގެ 11:30 ގައި، 9 ފަޅުވެރިންނާއެކު މި އުޅަނދު ޓުޓިކޮރިން ބަނދަރަށް ވަނީ ގެންގޮސްފައެވެ. އަދި މަސްތުވާތަކެއްޗާއެކު 9 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަންއާ ގުޅިގެން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދުން  ފެނިފައިވަނީ 30 ކިލޯގެ ހަޝިޝް އޮއިލް ކަމަށާއި އެތަކެތީގެ އަގަކީ އިންޑިއާގެ 30.95 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) ކަމަށެވެ. 

މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތައް އިތުރަށް ތަހުގީގު  ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ. 

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް