Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

ފުލުހުން މުޒާހަރާގެ އަންހެން ބައިވެރިންނަށް އަނިޔާކޮށްފި

9 މާރިޗު 2025 | އާދީއްތަ 05:43

ކުއްލިއަކަށް ޕެޕަރ ސްޕްރޭ ޖެހުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރީ އަންހެނުންނަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 މާރިޗު 2025 | އާދީއްތަ 05:43

އެމްޑީޕީ ކުއްލި އެއްވުން - ފުލުހުން މުޒާހަރާގެ އަންހެން ބައިވެރިންނަށް އަނިޔާކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ދަނީ ފާޅުކުރަމުން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގައި ބައިވެރިވި ބައެއް އަންހެނުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވަނީ އިހުތިޖާޖު ކުރިޔަ ނުދިނުމަށް އެމްޑީޕީ ހަރުގެ ސަރަހައްދު ދެ ފަރާތުން ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އަދި އާއްމުން ފަހަތަށް ކޮއްޕާ، އާއްމުންގެ ސަފުތައް ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި އިރު ހަރުކަށިކަން އިސްކުރުމުގެ ސަބަބުން ބައެއް އަންހެނުންނަށް ވަނީ އަނިޔާވެފައެވެ.

Advertisement - newsAdvertisement

އެގޮތުން މުޒާހަަރާގެ ބައިވެރިން މަޖީދީ މަގަށް ދިއުމަަށް ހިނގައިގަތުމުން ފުލުހުން ވަނީ ކުއްލި ގޮތަކަށް ބާރުގެ ބޭނުންކޮަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ. ޕެޕަރސްޕްރޭ ޖެހުމުގެ ކުރިން އާއްމުން ހުއްޓިލައިގެން ސުލްހަވެރިކަމާއި އެކު އަޑު އުފުލަމުން ދިޔަ އިރު، ކުރީ ސަފުގައި ގިނަ އަންހެނުން ތިއްބެވެ.

އެހެންކަމުން ކުއްލިއަކަށް ޕެޕަރ ސްޕްރޭ ޖެހުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރީ އަންހެނުންނަށެވެ. އެގޮތުން އެތަނުގައި ތިބި ހަރު އުމުރު ފުރާގެ ދެ އަންހެނަކަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް ނޭވާލާން ވަރަށް ބޮަޑަށް އުނދަނގޫވިކަން ފާހަގަކޮށްލެވެއެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުން ބިން މައްޗަަށް ވެއްޓި ހާނިއްކަ ވި މަންޒަރު އެތަނުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަަށް ވަނީ ފެނިފައެވެ.

މީގެ އިތުރުން، ބާރުގެ ބޭނުންކޮށް ކޮައްޕުމުގެ ސަބަބުން މުޒާހަރާގަ ބައެއް އަންހެން ބައިވެރިންނަަަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ. އަދި މުޒާހަރާގަ ބައިވެރިވި ރާއްޖެޓީވީގެ އަންހެން ނޫސްވެރިޔާ އަށް ވެސް ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވެއެވެ. އަދި ފިރިހެން ފުލުހުން މެދުވެރިކޮަށް މީޑިއާ ފަހަތަަށް ޖެއްސުމުގެ ތެރޭގައި އޭނާގެ ކަނާއަތު ތަނބިކަށްޓަށް އަނިޔާވެފައިވެއެވެ.

ހަމައެހެންމެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އަންހެން ފުލުހުން ތިބި ނަމަވެސް ފިރިހެން ފުލުހުން މެދުވެރިކޮށް އަންހެނުން ފަހަތަށް ޖައްސަން މަސައްކަތް ކުރުމުން އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ބައެއް މީހުން ފާހަގަކުރި ގޮތުގައި، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ފުލުހުން އަންހެނުންނާ މެދު މިފަދަ ޢަމަލުތައް ހިންގުމަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ކަމެކެވެ. މިކަމަކީ އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ މުޖުތަމަޢުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަކުރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް