Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރާތް ކާޑާ އެކު ބާސެލޯނާ އިން ރިއެކްޓު ކުރީ ވަރަށް ރަނގަޅަށް: ފްލިކް

ޚާއްސަކޮށް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ބާސެލޯނާ އިން މެޗުގައި ވަރަށް ފުރިހަމަ އަށް ޑިފެންސް ކުރި ކަމަށް އޭނާ ބުންޏެވެ. ޓީމުގެ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ އަކީ، އެ ޙާލަތު ރަނގަޅަށް މެނޭޖުކޮށް، މެޗުން މޮޅުވުން ކަމަށް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2025 | ހޮނިހިރު 04:52
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީ ކޮޅު، ބާސެލޯނާގެ ޕައު ސުބާސީ އަށް ދެއްކި ރަތް ކާޑާ އެކު، އެ ޓީމުގެ ކުޅުންތެރިން ރިއެކްޓު ކުރީ ވަރަށް ރަނގަޅަށް ކަމަށް، ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް ބުނެފި އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ޕައު ސުބާސީ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއީ ބާސެލޯނާގެ ގޯލު އޭރިޔާ ކައިރިން ބެންފީކާގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެންނެވެ.

އޭގެ ސަބަބުން މެޗުގެ ބޮޑު ބައި ބާސެލޯނާ އިން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނަމަވެސް، އެއާ އެކު ވެސް ބާސެލޯނާ އިން ވަނީ މެޗުގައި ރަނގަޅަށް ކުޅެ، ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ސުބާސީ ކުށްވެރި ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. ފްލިކް ބުނީ އެއީ ފުޓުބޯޅައިގައި ކަންތައް ދިމާވާނެ ގޮތެއް ކަމަށާއި، ފުޓުބޯޅައިގައި ގޯސް ނުހެދޭ މީހަކު ނުހުންނާނެ ކަމަށެވެ.

އޭގެ ބަދަލުގައި އެންމެ މުހިންމީ، ރަތް ކާޑާ އެކު ބާސެލޯނާ އިން ރިއެކްޓު ކުރި ގޮތް ކަމަށް އޭނާ ފާހަގަ ކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުގައި ބާސެލޯނާ އިން ވަރަށް ރަނގަޅަށް ރިއެކްޓު ކުރި ކަމަށާއި، މެޗުން ލިބުނު މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް އޭނާ ބުންޏެވެ.

ޚާއްސަކޮށް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ބާސެލޯނާ އިން މެޗުގައި ވަރަށް ފުރިހަމަ އަށް ޑިފެންސް ކުރި ކަމަށް އޭނާ ބުންޏެވެ. ޓީމުގެ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ އަކީ، އެ ޙާލަތު ރަނގަޅަށް މެނޭޖުކޮށް، މެޗުން މޮޅުވުން ކަމަށް ފްލިކް ބުންޏެވެ. ޚާއްސަކޮށް 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ދެ ވަނަ ލެގުގެ މެޗު ކުރިއަށް އޮތްކަން ފާހަގަކޮށް ފްލިކް ބުނީ، އެ މެޗަށް ވެސް ބާސެލޯނާ ނިކުންނާނީ ޓީމުގައި މިހާރު އޮތް އިތުބާރު ދަމަހައްޓައިގެން ކަމަށެވެ. އެކަމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ހިތްވަރު ލިބޭ ކަމުގައި ފްލިކް ބުންޏެވެ.

ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮތީ މާޗު މަހުގެ 11 ވަނަ ދުވަހުގެ ރޭ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު