Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް

ސައިކަލު ބުރަކުން ގައުމިއްޔަތު އަލާކޮށްފި!

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ހަމަޖެއްސެވީ 3 ޖަނަވަރީ 2018 ގައި.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 މާރިޗު 2025 | ހުކުރު 14:08
ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފިނިބުރެއް - 06-03-2025

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފިނިބުރެއް - 06-03-2025

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހަކީ ދިވެހިންގެ މެދުގައި ޤައުމީ ލޯބި އާލާކޮށް، އަޅުގަނޑުމެންގެ ތާރީޚާއި ސަގާފަތް ދިރުވުމަށް ފާހަގަކުރެވޭ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމަށް ލޯބިކުރުމުގެ ރޫޙު އަށަގެންނެވުމާއި، ދިވެހި ބަހާއި އާދަކާދަތައް ދިރުވައި އާލާކުރުމެވެ.

ނަމަވެސް މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ގޮތުން، ގައުމިއްޔަތު ދިރުވައި އާލާކުރުމަށް އުފައްދަވާފައިވާ މިނިސްޓްރީން ވަނީ "އެކުވެރިކަމުގެ ފިނިބުރު 2025" ނަމުގައި ފިނިބުރެއް ބާއްވާފައެވެ. ހިތަށް އަރާ ސުވާލަކީ މިއީ ކޮން ކަމެއް ހާސިލް ކުރަން ކުރި ކަމެއް ބާވައެވެ؟ ހަމަ ދުވަހެއް ފާހަގަ ކުރީމޭ ބުނަން ނަމަކަށް ކުރި ކަމެއް ބާއެވެ؟

މިފިނިބުރުގައި އެވުޒާރާގެ މިނިސްޓަރު ހިމެނިވެޑައިގަންނާހެން، ބައިވެރިވީ 50 މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހާސިލްކުރަން ބޭނުންވި ކަމަކީ ކޮބައިތޯއެވެ. ގައުމިއްޔަށް ރައްޔިތުންވާ ލޯބި ދައްކާލުންތޯއެވެ. ނުވަތަ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދައްކާލުންތޯއެވެ. މިއިން އެއްވެސް ކަމެއް މިފިނިބުރުން ހާސިލްވިތަނެއް ނުފެނުނެއެވެ.

މިއަދު ކޮންމެ ދިމާލަކުންވެސް ފެންނަނީ ސިޔާސީ ވާދަވެރިކަމެވެ. ގައުމުގެ ވަލިއްޔުލްއަމްރަކަށް ހުންނެވި ބޭފުޅާ، މުޅި ގައުމުގެ ހުރިހާ ބާރަކާއި އާރެއް މުށުތެރެއަށް ލައްވަމުން ގެންދަވާ މަންޒަރު ބަލަން ރައްޔިތުންވެސް ހަމަ މަޑުން ތިބެނީއެވެ. ހަދާނެ އެއްޗެއް ހަދަން ސަރުކާރަށް ވަގުތުދެނީ ކަމަށްވެސް ވެދާނެއެވެ. މިއަދު މަޖިލީހާއި ކުޑިޝިއަރީ ކޮންޓްރޯލް ކުރަމުންދަނީ ރައީސް ޔާމިން ވިދާޅުވާ ފަދައިން ދިމްޔާތުންނެއެވެ.

ކޮންމެއަކަށް ޤައުމިއްޔަތު ދުވަހެއް އައި އިރު، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ ގޮތުން ކުރެވުނު ކަމެއް ނެތެވެ. ތެދެކެވެ، ސައިކަލްބުރެއް ބާއްވައިފިއެވެ. ސައިކަލު ގައުމިއްޔަތާ ގުޅުން ހުރިނަމަ މިކަމުން ދިވެހިންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާ ކުރެވިއްޖެ ކަމަށް ބަލާ ނިންމާލަމާތޯއެވެ.

މިފަދަ ދުވަހެއް ފާހަގަކުރި އިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތުގެ މުހިންމުކަން އަންގައިދިނުން މުހިއްމެވެ. މީގެ އިތުރުން، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން ހަނދާންކޮށްދީ، ޤައުމީ އެއްބައިވަންތަކަން އިތުރުކުރުމަށް މަގުފަހިކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ކަން މިހެން ހުރިއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހަކީ އަޅުގަނޑުމެންގެ ޤައުމީ ވަނަވަރު ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިދުވަސް ރަނގަޅު ގޮތުގައި ފާހަގަކުރުމަކީ ދިވެހިންގެ މެދުގައި ޤައުމީ ލޯބި އާލާކޮށް، އަޅުގަނޑުމެންގެ ތާރީޚާއި ސަގާފަތް ދިރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮންމެ ދިވެއްސަކުވެސް މި ދުވަހުގެ މުހިންމުކަން ދެނެގަނެ، އަމިއްލަ ދައުރު އަދާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ދިވެހި ބަސް ދިރުވައި އާލާކުރުމާއި، ދިވެހި އާދަކާދަތައް ދަމަހައްޓައި، ޤައުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެކެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ހަމަޖެއްސެވީ 3 ޖަނަވަރީ 2018 ގައެވެ.

މި ދުވަސް ފާހަގަކުރުމަށް ނިންމެވީ މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް ކަމަށް ވެފައި، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ އެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2025

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

10 ޖޫން 2025
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
25 ޖޫން 2024

ރައީސް މުއިއްޒު އެންމެ ގިނައިން ވިއްކަވާ "ގައުމިއްޔަތު"، ކުރީގެ ރައީސް ޔާމީންގެ ނަޒަރުން!

25 ޖޫން 2024
ރައީސް މުއިއްޒު އެންމެ ގިނައިން ވިއްކަވާ "ގައުމިއްޔަތު"، ކުރީގެ ރައީސް ޔާމީންގެ ނަޒަރުން!
23 ޑިސެމްބަރު 2023

އިސްކުރަނީ ގައުމިއްޔަތު، ބިމާއި ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް!

23 ޑިސެމްބަރު 2023
އިސްކުރަނީ ގައުމިއްޔަތު، ބިމާއި ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް!
20 ޖޫން 2021

ފުލުހުންގެ އިލްތިމާސް: ސައިކަލުން ތަޅުދަނޑި ނަގަން ސަމާލުވޭ!

20 ޖޫން 2021
ފުލުހުންގެ އިލްތިމާސް: ސައިކަލުން ތަޅުދަނޑި ނަގަން ސަމާލުވޭ!
09 ފެބުރުއަރީ 2018

ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!

09 ފެބުރުއަރީ 2018
ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު