Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު ޕީއެންއެފް ޖަލްސާ

ރައީސް މުއިއްޒު އެންމެ ގިނައިން ވިއްކަވާ "ގައުމިއްޔަތު"، ކުރީގެ ރައީސް ޔާމީންގެ ނަޒަރުން!

ގައުމިއްޔަތު ދިރުވަން ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް ކުރީގެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖޫން 2024 | އަންގާރަ 03:13
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެ އިޝާރާތް ކުރައްވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު، ދެއްކެވި ވާހަކަތަކަށެވެ. ދިދައަށް ކުރިމަތިލައްވާ، ވަރަށް ޖަޒުބާތުގައި އެ ދުވަހު ވާހަކަފުޅު ދެއްކެވިއެވެ. ޤައުމު ދެކެ ވާ ލޯބީގެ ވާހަކައެވެ. ޤައުމާއި މެދު ބަހައްޓަވާނެ އަހައްމިއްޔަތުކަމުގެ ވާހަކައެވެ. ޤައުމަށްޓަކާ ހިތްޕުޅުގައި އޮތް ކުލުނުގެ ވާހަކައެވެ. މިކަހަލަ ކިތަންމެ ވާހަކައެކެވެ. އެ ހުރިހާ ވާހަކައަކުން ކުރައްސަަވަން ބޭނުންފުޅުވީ ހަމައެންމެ މަންޒަރެކެވެ. ތިމަންމަނިކުފާނު ޤައުމިއްޔަތު ދަމަހައްޓަވާނެކަމެވެ.

އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އަދި އެ ބޭފުޅެއްގެ ނިވަލުގައި ސިޔާސީ މައިދާނުގައި އެންމެ ގިނަ ދުވަހު ރައީސް މުއިއްޒު ހުންނެވި ކުރީގެ ރައީސް ޔާމީން އެ ވިދާޅުވެދެއްވަނީ އެ ކުރައްސަވާ މަންޒަރުގެ ހަގީގަތް އޮތްގޮތެވެ. އެމަނިކުފާނުގެ ނަޒަރުން މުއިއްޒު ދެއްކެވި ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަވާ މިންވަރު ވަރަށް ރަނގަޅަށް އެމަނިކުފާނު ވަނީ ތަސައްވުރުކޮށްދެއްވާފައެވެ. ތެދެކެވެ. މި ވެރިކަމުގައި ނަން ރީތި ވުޒާރާ އެއް ޤައުމިއްޔަތު ދިރުވުމަށްޓަކާ އުފެއްދެވިއެވެ. ކުރީގެ ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަކީ ގައުމިއްޔަތާއި ބެހޭ ވުޒާރާ އެއް އުފެއްދުމަކުން އެއީ ގައުމިއްޔަތު ދިފާއުކުރުން ނޫންކަމުގެ ވާހަކައެވެ. އެއީ ނިކަންވެސް ބޮޑު ތެދުފުޅެކެވެ. ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ ވަކި ވުޒާރާ އެއް ނެތިގެން، ވުޒާރާ އެއްގެ މެންޑޭޓު ހަނިވެގެން ނުވެ އޮތް ކަމެއް ނޫނެވެ.

ހޯމަ ދުވަހު ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި، ކުރެއްވި ސުވާލުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ގިނަ ސުވާލުތަކެއް އަމާޒުކުރެއްވީ ރައީސް މުއިއްޒު އެ ވިދާޅުވާ "ޤައުމިއްޔަތު" ދިފާއުކުރުމުގެ ވާހަކައަށެވެ. ފުރަތަމަ ކުރެއްވި ސުވާލަކީ" އިންޑިއާ ސިފައިން ރާއްޖެއިން ބޭލިއްޖެތޯ؟" ކުރެއްވި ސުވާލެވެ. ކުރީގެ ރައީސް ޔާމީން އެ ވިދާޅުވާ ފަދައިން ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވީ ރާއްޖޭގައި ލައްކަ ގިނައިން އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ، ވަސްވާސް ދީގެންނެވެ. "އިންޑިއާ އައުޓް"ގެ ޓީޝާޓުގައި އާއި އެ ނޫން ސިޔާސީ ޕޯޑިއަމްތަކުގައި ވެސް އިންޑިއާގެ ސިފައިން ހާހުން، ހާހުން ރާއްޖޭގައި ތިބި ކަމަށް ބުނެ ދިވެހިން ބިރު ގަންނަވާލަން އޭރު ކުރެއްވި މަސައްކަތް ކާމިޔާބު ކުރެއްވީ ވެރިކަމަށް ވަޑައިގެންނެވުމާއި ހިސާބުންނެވެ. ރައްޔިތުންނަށް އޭރު އެ މަނިކުފާނު ދެއްކެވި މަންޒަރަކީ ޤައުމު ދިފާއުކުރުމަށް އެ މަނިކުފާނު ނޫން "ޗޮއިސް" އެއް ނެތްކަމެވެ.

ވެރިކަަމަށް ވަޑައިގަތުމަށް ފަހު ސުވާލުކުރުމުން އިންޑިއާ ސިފައިން ތިބި އަދަދެއް އެންމެ ފުރަތަމަ ބުނެ އެއް ނުދެވުނެވެ. "އިންޑިއާ ސިފައިން ތިބި އަދަދެއް ބުނެ ނުދެވުނު، ނުދެވޭނީ ނެތީމަތާ" މިއީ މި ކަމާއި ގުޅޭގޮތުން ޔާމީން ވިދާޅުވި ވާހަކަ ފުޅެވެ. އެހެންވީމަ އިންޑިއާ އައުޓް ޖަހައިގެން ކުރެހި ޤައުމިއްޔުތުގެ ކުލަވަރަކީ، ބަޔަކަށް ދެއްކި ދަޅައެއްކަން ޔަޤީންވޭތާއެވެ. އަދި ވެރިކަަމަށް ވަޑައިގެން ޑރ.މުއިއްޒު އިންޑިއާ ސިފައިން ބޭލުމުގެ ނަމުގައި ކުރަނީ އިޚުލާސްތެރި މަސައްކަތެއް ކަމަކަށް ކުރީގެ ރައީސް ޔާމީން ޤަބޫލުފުޅެއް ނުކުރައްވައެވެ. ވިދާޅުވަނީ "އިންޑިއާ އައުޓް މިހާރު ނުކިޔެނީ އިންޑިއާ ދަށުވީމަ" ކަމަށެވެ. އިންޑިއާއެކު ހަދާފައިވާ އެގްރިމެންޓުތައް ދައްކަން ނުކެރެނީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވިއެވެ. އެެހެންވީމަ ކުރީގެ ރައީސް ޔާމީންގެ ނަޒަރުން ބަލާ ނަމަ ޤައުމިއްޔަތު ދިފާއުކުރަން އިންޑިއާ އާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ ސަރުކާރުްނ ދައްކަނީ މުޅިން އަވާމެންދުރެވެ.

ދެން ކުރީގެ ރައީސް ޔާމީން ކުރެއްވި ސުވާލަކީ "ރާއްޖެއިން ވިއްކާލި ކަނޑު ހޯދިއްޖެތޯ؟" ކުރި ސުވާލެވެ. އެ ވިދާޅުވާ ވާހަކަ އަކީ ޗާގޯސް މައްސަލައިގެ ވާހަކައެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދެއްކި ވާހަކަތައް މިހާރު ކޮބާތޯ ކުރީގެ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. ވަރަށް ކުރު ގޮތަކަށް ޔާމީން އެ ވިދާޅުވެދެއްވީ ގައުމިއްޔަތު ދިރުވުމުގެ ނަމުގައި ސަރުކާރުން ދައްކާ ޗާލާކީ މަންޒަރުގެ ހަގީގަތެވެ. ބޭނުން ވަނީ ތިމާމެން ނޫން އެހެން މީހުންނަކީ ޤައުމުގެ އަދުއްވުން ކަމަށް ދައްކާށެވެ. ގައުމިއްޔަތުގެ ޖަޒުބާތުގައި ބަޔަކު މީހުން ޖެއްސުމަކީ ވެސް ނިކަން ކުޅަދާނަ ސިޔާސީ އުކުޅެއްތާއެވެ!

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު