Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމު ކޯޓަށް ސިޔާސީ ނުފޫޒު

ފަނޑިޔާރު މަހާޒް ޖޭއެސްސީ އަށް ހާޒިރުވާން އަންގައިފި

6 މާރިޗު 2025 | ބުރާސްފަތި 11:49

ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 މާރިޗު 2025 | ބުރާސްފަތި 11:49
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާޒު ޖޭއެސްސީ އަށް ހާޒިރުވުމަށް އެ ކޮމިޝަނުން އަންގާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ޖޭއެސްސީން މަހާޒް އަށް އަންގާފައި ވަނީ 9 މާރޗް 2025 ވާ އާދިއްތަ ދުވަހު އެ ކޮމިޝަންގެ ބިލްޑިން (ހ.ސަކީނާ މަންޒިލް - ގްރައުންޑް ފްލޯރ) އަށް ހާޒިރުވުމަށެވެ. މަހާޒު ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައި ވަނީ އެ ދުވަހުގެ މެންދުރު 01:00 ގައެވެ.

Advertisement - newsAdvertisement

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، މަހާޒު ޖޭއެސްސީ އަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓުގައި ބުނެފައިވާ ގޮތުން އޭނާ ހާޒިރުކުރަނީ 2024 ވަނަ އަހަރު ހިނގައިދިޔަ މައްސަަލަ އަކާއި ގުޅިގެންނެވެ. އެގޮތުން އޭނާ ޖޭއެސްސީ އަށް ހާޒިރު ކުރަނީ 4 ޑިސެމްބަރ 2024 ވަނަ ދުވަހު، މައްސައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ގއ. ދާންދޫ އަސަރީގެ ޑރ.އިސްމާއިލް ލަތީފްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ މައްސަލަ އާއި ގުޅުން ހުރި ތުހުމަތުތަކާއި ގުޅިގެންނެވެ.

އެނގިފައިވާ ގޮތުން، އެ މައްސަލަ އާއި ގުޅިގެން ފަނޑިޔާރު މަހާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅާ މި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ޖޭއެސްސީ އަށް އަމިއްލަ ފަރާތަކުން މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީން ވަނީ މަހާޒު އަށް އަންގާފައެވެ.

މީގެ އިތުރުން މި މައްސަލަ ބަލަމުން ދަނީ ކޮމިޝަންގެ އަމިއްލަ އިސްނެގުމާއި އެކުގައި ކަމަށް ވެސް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދުސްތޫރީ މައްސަލަ އެއް ސުޕްރީމް ކޯޓުަގައި ހިނގަމުން ދަނިކޮށް ޖޭއެސްސީން މަހާޒް ހިމެނޭހެން ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުން އެއްފަހަރާ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ފަނޑިޔާރު އަޒްމިރަލްދާ އާއި ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައެވެ. ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ފާހަގަކޮށް އަދި ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފު ވެފައިވާ ކަަމަށް ވިދާޅުވެ ހުސްނުއްސުޢޫދު މަޤާމުން އިސްތިއުފާ ދެއްވާފައިވާ އިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު އަޒްމިރަލްދާ ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަ އާއި ގުޅިގެން މަހާޒް އަށް އަމިއްލަ އަށް ނުވަތަ ވަކީލެއްގެ އެހީގައި ދިފާއު ހުށަހެޅުމާއި ހެކިން ހުށަހެޅުމަށް ވަނީ ފުރުސަތު ލިބިދީފައެވެ.

ޖޭއެސްސީގެ އެންގުމާއި އެއްގޮތަށް ފަނޑިޔާރު މަހާޒް ހާޒިރު ނުވެއްޖެ ނަމަ ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުން ނުވާ ކަމަށް ބެލުމަށް ފަހު މައްސަލަ އާއި މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ޖޭއެސްސީ އަށް ލިބިގެންވެއެވެ. އަދި ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އެ ކޮމިޝަނަށް ވަނީ ލިބިދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް