Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކް ބޭނުންވާ ކުޅުން ބާސެލޯނާ އިން ފެނޭ!

ސަމާލުކަން ދޭންވީ ކަންކަން ދެނެގަންނަ ކަމަށާއި، އެކަންކަމަށް ތައްޔާރުވެ ކުރިއަށް ހުރި މެޗުތަކުން ވެސް ތިން ޕޮއިންޓު ކަށަވަރު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފްލިކް ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މާރިޗު 2025 | އަންގާރަ 04:53
ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ފަރާތުން އޭނާ އެންމެ ބޭނުންވާ ކުޅުން މިހާރު ފެންނަމުން އަންނަ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ލީޑު ނަގައިފަ އެވެ.

ފްލިކް ބުނީ ސޮސިއެޑާޑާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކީ އޭނާ އެންމެ ބޭނުންވާ ވައްޓަފާޅީގެ ކުޅުމެއް ކަަމަށެވެ. ފްލިކް ބުނީ ބާސެލޯނާ އިން ރަނގަޅު ޕާސްތަކެއް ޖަހާ ކަމަށާއި، އެއާ ވިދިގެން އެޓޭކުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ކޮންްމެ ކުޅުންތެރިޔަކު ވެސް ހުންނަނީ ލަނޑު ޖަހަން ބޭނުންވެފައި ކަަމަށް އޭނާ ބުންޏެވެ.

ސޮސިއެޑާޑު މެޗަކީ ވަރަށް ރަނގަޅަށް ދިޔަ މެޗެއްކަން ފާހަގަ ކުރަމުން ފްލިކް ބުނީ، އެއީ ކުރިއަށް ދިޔުމުގައި ރަނގަޅެއް ކަމަށެވެ. އެ މެޗުގައި ބާސެލޯނާ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، މެޗުން މޮޅުވުން އުފާވާ ކަމަށް އޭނާ ބުންޏެވެ. އެއަށް ވުރެ ބޮޑަށް މެޗުން ތިން ޕޮއިންޓު ލިބި ތާވަލްގެ ކުރިއަށް ޖެހިލެވުމުކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނީ ބާސެލޯނާ އިން ކުރަން ޖެހޭ މަސައްކަތް ކުރިއަށް އޮތީ ކަމަށާއި، އެއީ ދަތުރު ކުރަން އޮތް ދިގު މަގެއް ކަމަށެވެ. ސަމާލުކަން ދޭންވީ ކަންކަން ދެނެގަންނަ ކަމަށާއި، އެކަންކަމަށް ތައްޔާރުވެ ކުރިއަށް ހުރި މެޗުތަކުން ވެސް ތިން ޕޮއިންޓު ކަށަވަރު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފްލިކް ވަނީ ފާހަގަ ކޮށްފަ އެވެ.

ސޮސިއެޑާޑު އަތުން ހޯދި މޮޅާއެެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ޕޮއިންޓެއްގެ ލީޑު ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން ބާސެލޯނާ އަށް ލިބެނީ 57 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 56 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 54 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު