Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދު

ފާޑުކިޔުން ބޮޑުވުމުން ސޯޝަލް މީޑިއާ ގައި ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ބުނެފި

1 މާރިޗު 2025 | ހޮނިހިރު 20:04

ރެސްޓޯރެންޓް ފަދަ ތަންތަނުގައި ބޭނުން ކުރާ މެނޫ އަދި ކާބޯތަކެތީގެ ޚިދުމަތް އަދި ވަކި ކާބޯއެއްޗެއް ލިބެން ހުރި ކަމަށް ބުނެ، އާމްދަނީ ހޯދުމަށް ގޭގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކުން ނުވަތަ މިނޫންވެސް މިފަދަ އެހެން ފަރާތަކުން ވާޗުއަލް ޕްލެޓްފޯމް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގާކަށް ނުޖެހޭ ކަމަށް މިހާރު ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2025 | ހޮނިހިރު 20:04
ބާގަރ

ބާގަރ

ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދަށް އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ސޯޝަލް މީޑިއާ ގައި ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ނުބެލެވޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

1 މާރިޗްގެ ތާރީޚުގައި އެމްއެފްޑިއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދުގައި އެ އޮތޯރިޓީ އަށް ހުށަހަޅައިގެން ހުއްދަ ހޯދަން ބަޔާން ކޮށްފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުން ކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލު ކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ހަރަކާތަށް ކަމަށެވެ.

"ރެސްޓޯރެންޓް ފަދަ ތަންތަނުގައި ބޭނުން ކުރާ މެނޫ އަދި ކާބޯތަކެތީގެ ޚިދުމަތް އަދި ވަކި ކާބޯއެއްޗެއް ލިބެން ހުރި ކަމަށް ބުނެ، އާމްދަނީ ހޯދުމަށް ގޭގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކުން ނުވަތަ މިނޫންވެސް މިފަދަ އެހެން ފަރާތަކުން ވާޗުއަލް ޕްލެޓްފޯމް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގާކަށް ނުޖެހޭނެ؛" ކަމަށް ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް މިގޮތައް ކޮށްފައިވާ ޕޯސްޓްގައި ހިމެނޭ ކާބޯތަކެއްޗަކީ ދެވަނަ އެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯ އެއް ބޭނުން ކުރާ ނަމަ ހުއްދަ ނުނަގާ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ގަވައިދު މާނަކޮށްދީ ބަޔާނެއް ނެރުނު އިރު، "އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އިޝްތިހާރު ކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީ އަށް ހުށަހަޅާ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެ؛" ކަމަށް ގަވައިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގަވައިދުގައި ބުނެފައިވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުދެއްދުމަށް ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ވިޔަފާރި ކުރުމުގެ މަގްސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތު ކުރުމަކީ ކާބޯތަކެތި އިޝްތިހާރު ކުރުން ކަމުގައެވެ.

ގަވައިދު ބުނާ ގޮތުން މުއާސަލާތް ކުރުމަކީ އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ނުވަތަ ވިޝުއަލް ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުން ކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެނޫންވެސް މީޑިއަމް އެއް މެދުވެރިކޮށް ވަކި ބާވަތެއްގެ ނުވަތަ އެއްޗެއްގެ މަގްބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތް ކަމަށެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުން މާނަ ކޮށްފައިވާ ގޮތަށް އެއްވެސް އިސްތިސްނާއެއް ގަވައިދުގައި ދީފައި ނުވުމާއެކު އޮޅުން ބޮޅުން އުފެދި ގިނަ ބައެއްގެ ފާޑުކިޔުން ގަވައިދަށް ވަނީ އަމާޒު ވެފައެވެ.

މިހާރު ގަވައިދު އޮތް ގޮތުން ކާބޯތަކެތީގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރެވޭނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް ވުމާއެކު ކޮންމެ ހުއްދަ އަކަށް ފީ އެއް ދައްކަން ޖެހޭނެއެވެ. އަދި އިޝްތިހާރަކަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކުވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް