Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުެއެމްބީއޭ ޗެމްޕިއަންޝިޕް

އެމްބީއޭ ޗެމްޕިއަންޝިޕް ޓީރެކްސް އިން ކާމިޔާބު ކުރިއިރު، ޔޫއެން ފްރެންޑްސް އިން ޝީލްޑް ކާމިޔާބު ކޮށްފި

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ޓީރެކްސް އިން ކާމިޔާބު ކުރީ 62-54 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2025 | އާދީއްތަ 03:34
ޝީލްޑް ކާމިޔާބު ކުރި ޔޫއެން ފްރެންޑްސް އަށް ޝީލްޑް ހަވާލު ކުރަނީ

ޝީލްޑް ކާމިޔާބު ކުރި ޔޫއެން ފްރެންޑްސް އަށް ޝީލްޑް ހަވާލު ކުރަނީ

މޯލްޑިވްސް ބާސްކެޓު ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެމްބީއޭ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓުބޯޅަ ކުލަބުން ހޯދައިފި އެވެ.

މިއަހަރު ކުރިއަށް ގެންދިޔަ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ޓީރެކްސް ބައްދަލު ކޮށްފައި ވަނީ ކިންގްސް ބާސްކެޓު ބޯޅަ ކުލަބާ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ޓީރެކްސް އިން ކާމިޔާބު ކުރީ 62-54 އިންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ދެ ކުއާޓަރު ވެސް ޓީރެކްސް އިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު އެ ޓީމު ލީޑުގައި އޮތީ 16-11 އިންނެވެ. އަދި ދެ ވަނަ ކުއާޓަރު ނިމުނުއިރު އެ ޓީމު ލީޑުގައި އޮތީ 17-14 އިންނެވެ.

މެޗުގެ ތިން ވަނަ ކުއާޓަރާއި، ހަތަރު ވަނަ ކުއާޓަރު ނިމުނީ އެއްވަރުގެ ނަތީޖާ އަކުންނެވެ. އެގޮތުން ތިން ވަނަ ކުއާޓަރު 11-11 އިން އެއްވަރުވީއިރު، ހަތަރު ވަނަ ކުއާޓަރު ނިމުނީ 18-18 އިންނެވެ. މެޗުގައި ޓީރެކްސް ކުރި ހޯދީ ފުރަތަމަ ދެ ކުއާޓަރުގައި އެ ޓީމުން ނެގި ލީޑުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން ޓީރެކްސްގެ އިސްމާއީލް ވިލްދާން ޔޫސުފް އެވެ. ފައިނަލް މެޗުގައި ޓީރެކްސް އިން އެންމެ ރަނގަޅަށް ސްކޯ ކުރީ ވެސް އޭނާ އެވެ.

މީގެ އިތުރުން އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑު ކާމިޔާބު ކޮށްފައި ވަނީ ޔޫއެން ފްރެންޑްސް އިންނެވެ. އެއީ ފައިނަލް މެޗުގައި ސްޓިންގާސް ބީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު ޔޫއެން ފްރެންޑްސް އިން ކާމިޔާބު ކޮށްފައި ވަނީ 99-92 އިންނެވެ.

މި މެޗުގެ ހަތަރު ކުއާޓަރުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. އެހެންވެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތު ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު