Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލެޓް އަތުނުލާނެކަމުގެ ވައުދު

3119 މީހުންގެ ބޯހިޔާވަހިކަން ގެއްލުވާލާފައި ރައީސް ވިދާޅުވީ އަދިވެސް ހުންނެވީ "ރައްޔިތަކަށް ލިބިފައ އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެ ކަމަށް" ވެވަޑައިގެންނެވި ވައުދުފުޅާއެއްގޮތަށް ކަމަށް

ލިސްޓުގައި ނަން ނެތްނަމަ 30 ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2025 | ހުކުރު 08:17
އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސަލާމް ކުރައްވަނީ - 27 ފެބްރުއަރީ 2025

އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސަލާމް ކުރައްވަނީ - 27 ފެބްރުއަރީ 2025

3119 މީހުން ފުލެޓް ލިސްޓުން އުނިކުރައްވާ މި ސަރުކާރުން ނެރުނު ފުލެޓް ލިސްޓާއި ގުޅިގެން އަދިވެސް ހުންނެވީ "ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެ ކަމަށް" ވެވަޑައިގެންނެވި ވައުދުފުޅާއެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާލޭގެ ރަސްމީ ފާލަން, ޢިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ފަށާފައި ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުން އިއުލާންކުރައްވާފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭސީސީއިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރުކާރުން އިޢުލާނުކުރި ޝަރުޠުތަކަށް ޕޮއިންޓް ދޭނެ އުޞޫލާއި، މި ހުރިހާ ކަމަކަށް އަލިއަޅުވާލައިގެން، އޭގައި ހުރި ގޮތަށް ބަލައި ލިސްޓު ނެރެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތީ އެ މީހަކަށް، އެ ރައްޔިތަކަށް ލިބިފައ އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލައްވާނެ ކަމަށެވެ. އެ ވަޢުދުގެ މަތީގައި އެ ދުވަހުވެސް، މިއަދުވެސް އަދި މާދަންވެސް އެމަނިކުފާނު ހުންނަވާނެ ކަމަށާއި، ލިސްޓު ނުކުތްއިރުގައި، ކުރީ ސަރުކާރުން ނެރުނު ލިސްޓުން ބަޔަކު މަދުވެއްޖެ ކަމަށެވެ. އޭގެ ސަބަބުތައް އެ ލިސްޓު އިޢުލާނު ކުރެވިފައިވާއިރުގައި، އެއިން އުނިވި، ނޫނީވިއްޔާ ނުހޮވުނު ކޮންމެ މީހެއްގެ މަޢުލޫމާތުތެރޭގައި ހިމެނިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ އިރާދަކުރެއްވިއްޔާ ދޭ ޔަޤީންކަމެއް މިއީ، އެންމެ ބޮޑު ޔަޤީންކަމަކީ، މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއްވެސް ފޯރުވާފައި، އެއްވެސް ފަރާތަކުން ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގެ އެކި ކަންތައްތަކުގެ މަޢުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއަރ ލެވެލްއިން ފެށިގެން ސަރުކާރުގެ މި ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ބެއްޔަސް، ނުފޫޒެއް ނުފޯރުވައި، ހައުސިންގ، ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު. އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، މި ލިސްޓާ ގުޅިފައިވާ ރައްޔިތުންނަށް ދެން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާއިރު، މިސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، ޑރ. އަލީ ހައިދަރު 29 ޖުލައި 2024 ގައި ޕެޓިޝަން ކޮމެޓީގައި ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށެވެ.

މިއިން އެއްވެސް މަސައްކަތެއް ނުކޮށް ދޮޅު އަހަރު ފަހުން ލިސްޓް އިއުލާން ކުރި އިރު 4939 ޝަރުތުހަމަވެ ފުލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ މިންވަރަށް މި ސަރުކާރުން ބަދަލު ގެނެސް ފުލެޓް ލިބޭނެކަމަށް ނެރުނު ލިސްޓުގައި އިނީ 1820 ފަރާތެވެ. އެހެންކަމުން މިހާރު އިއުލާންކޮށްފައިވާ ލިސްޓުން 2695 ފަރާތެއް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާއިރު 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާއެކު ލިސްޓުން އުނިވެފައިވެއެވެ.

އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެކި ސަބަބުތަކާ ހެދި ލިސްޓަށްނޭރި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އެއްވެސް ސަބަބަކާހުރެ ލިސްޓުގައި ނުހިމެނެންޏާ، އެކަން އޮޅުންފިލުއްވުމަށް، ނޫނީވިއްޔާ ޝަކުވާއެއްވިޔަސް، މައްސަލައެއް ގޮތުގައިވިޔަސް ހުށަހެޅުމުގެ ފުރުޞަތު، 30 ދުވަހުގެ ފުރުޞަތު ރަމަޟާން މަސް ނިމެންދެން އޮންނާނެ ކަމަށެވެ.

ކަމާބެހޭ ވުޒާރާއިން އެކަން އިވެލުއޭޓް ކުރުމުގެ ތެރެއިން، ބެލުމުގެ ތެރެއިން އެއްވެސް ކަމެއް އުނިވެފައިވާނަމަ، ނޫނީވިއްޔާ ބެލުމުގައި ކިރިޔާވެސް ކަމެއް ނުބެލިވާ ކަމަށް ގަބޫލުކުރެއްވޭނަމަ، އެ ބޭފުޅަކަށް ގަބޫލުކުރެއްވޭނަމަ، މައްސަލަ ހުށަހަޅުއްވައި ދެއްވާށޭ. ހަމަ ޔަޤީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓަކުން އުނިކޮށްފައެއް ނުވާނެ. މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންނަށް، އެ ރައްޔިތެއްގެ ޙައްޤުތައް އަދި އޭގެއިތުރަށްވެސް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުޤުވެރިކަން ހުރި، ލޯތްބާއި ކުލުނާއެކު ހަމަހަމަކަމާއި، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކޮންމެ ރައްޔިތަކަށް ޚިދުމަތް ކުރަން އައި ސަރުކާރެއް. އެހެންވީމާ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަދި އަމުދުން އަތުލާނެ ސަރުކާރެއް ނޫން. އެކަމުގެ ޝައުޤުވެރިކަން އޮތް ސަރުކާރެއް ނޫން. އެހެންވީމާ، ގަސްދުގައެއް ނޯންނާނެ، އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައެއް. އަދި އަމުދުން ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އިޢުލާނުކުރި ޝަރުޠުތަކާއި، ޕޮއިންޓްދޭ ގޮތާއި، އުސޫލުތަކާ އެކަނި ބަލާފައިވާނެ ކަމަށެވެ. އަދި އޭ.ސީ.ސީ.އިން އެ ކަނޑައެޅި ކަންކަމަށްވެސް ބަލާފައިވާނެ ކަމަށާއި، އެހެންކަމުން، އެއިން އުނިވެފައިވާ ފަރާތްތައް، ޝަކުވާ ހުށަހެޅުމުން، އަލުން ބަލައި، އެއްވެސް ސަބަބަކާ ހެދި އުނިވެފައިވާ ކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ނޫނީވިއްޔާ ސާބިތުވާނަމަ ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން، އަދިވެސް ސޯޅަވަރަކަށް ހާސް މީހުން، ކުރިމަތިލީ މީހުންގެ ތެރެއިން ނުހޮވި އެބަތިބި ކަމަށެވެ. އަދި މިދިޔަ ސަރުކާރުން އެ އިޢުލާނުކުރި ޝަރުޠުތަކާއި ޕޮއިންޓްދޭ ގޮތާއި، މި ހުރިހާ އެއްޗަކަށް ބަލައިގެން ޕޮއިންޓް ދީގެން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން އެ ލިސްޓުން، އެ 4000 ފުލެޓުގެ ތެރެއިން ބާކީވާ ފުލެޓެއް ހުރެއްޖިއްޔާ އެ ތަރުތީބުން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުފުލެޓް ލިސްޓްމާލެގެދޮރުވެރިޔާ ސްކީމްޑރ. އަބްދުﷲ މުއްތަލިބު

ކޮމެންޓް

އިތުރަށް ކިޔާލަން

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު